07 ސެޕްޓެމްބަރ 2024
އިއްޔެ ފެށި އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީ ޗެލެންޖް ކަޕުގައި ރޭ އަފްޣާނިސްތާން ބަލިކޮށް ރާއްޖޭން މުބާރާތުގައި ދެން ހުރި ޗެލެންޖްތައް ތައްޔާރުވެއްޖެ އެވެ.
އިއްޔެ ފެށި އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީ ޗެލެންޖް ކަޕުގައި ރޭ އަފްޣާނިސްތާން ބަލިކޮށް ރާއްޖޭން މުބާރާތުގައި ދެން ހުރި ޗެލެންޖްތައް ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގައި ކުރިއަށްދާ މުބާރާތުގައި، ސޮޝަލް ސެންޓަރުގައި ރޭ ކުޅުނު މެޗު ދިވެހި ޓީމުން ކާމިޔާބު ކުރީ އިތުބާރާ އެކު 3-0 ސެޓުންނެވެ.
ތިން ސެޓް ވެސް ރާއްޖޭން ކާމިޔާބު ކުރީ ފަސޭހަ ކަމާ އެކު 25-19، 25-12 އަދި 25-11 އިންނެވެ.
ވޮލީގެ ތަޖުރިބާކާރަކު ބުނީ އަފްޣާން ޓީމަކީ މުބާރާތުގައި އެންމެ އާދައިގެ ސްކޮޑެއް އޮތް ޓީމު ކަމަށެވެ. އެހެންވެ އަނެއް ތިން ޓީމަށް ވެސް، އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރަން ފަސޭހަ ވާނެ ކަމަށް އޭނާ ބުންޏެވެ.
"ހަގީގީ ޗެލެންޖް ރާއްޖެ އަށް ދެން މި ފެށުނީ. ދެން އޮތް ދެ ޓީމަކީ ވެސް ވަރުގަދަ ދެ އޯޕޯނަންޓުން،" އޭނާ ބުންޏެވެ.
ރާއްޖޭގެ ދެވަނަ މެޗުގައި މިރޭ ނުކުންނާނީ މިރޭ ނުކުންނާނީ ތަޖިކިސްތާނާ ދެކޮޅަށެވެ. މެޗު ފަށާނީ 8:30 ގަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު، ކިރިގިސްތާނުން ވަނީ ތަޖިކިސްތާން ބަލިކޮށްފަ އެވެ. އެ މެޗު ވެސް ނިމުނީ ސީދާ ތިން ސެޓުންނެވެ. ކިރިގިސްތާން މޮޅުވީ 25-17، 25-14 އަދި 25-21 ންނެވެ.
މިއަދު ހަވީރު ކިރިގިސްތާނާ އަފްޣާން ވާދަކުރާނެ އެވެ.
މާދަމާގެ ނިޔަލަށް ގުރޫޕް ސްޓޭޖް ނިންމާލުމަށް ފަހު ސެމީ ފައިނަލް އަންގާރަ ދުވަހު ފަށާނެ އެވެ. ފުރަތަމަ ސެމީގައި ވާދަކުރާނީ ހަތަރު ޓީމުގެ ތެރެއިން އެއްވަނަ ހޯދާ ޓީމާއި ހަތަރުވަނަ އަށް ދާ ޓީމެވެ. ދެވަނަ ސެމީ ފައިނަލުގައި ދެވަނަ އާއި ތިންވަނަ ވާދަކުރާނެ އެވެ.
ބްރޯންޒް މެޑަލް މެޗާއި ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހު އެވެ.
ނޭޕާލް އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ގައުމީ ވޮލީ ޓީމު ކުޅުނު ދެ މެޗުން ވެސް ބަލިވެއްޖެ
އަލަށްނެގި ޒުވާން ކުޅުންތެރިން ވޮލީގެ ފައިނަލް ސްކޮޑަށް
ޓީމެއްގެ ގޮތުގައި ރާއްޖޭން ތަފާތު ދައްކާނެ: ލޯންގޭ
ސެމީން ފުރުސަތު ނުލިބި ރާއްޖެ މުބާރާތުން ކަޓައިފި
ރާއްޖޭން ސެޓު ނިންމަން ދަސްކުރަން ޖެހޭ: ކޯޗު
ތިން ވަނަ އަކީ ވެސް ކާމިޔާބެއް: ބަޓިސް
ނޭޕާލް ބަލިކޮށް ރާއްޖެ ތިން ވަނަ ހޯދައިފި
ޓާގެޓް ހާސިލްނުވީ ފެށުން ގޯސްވުމުން: ލޯންގޭ
ޓީމުގެ މައްސަލަ އަކީ ޑިފެންސް: ސަޑިއްކެ