Roadha Mihaaru
ނޭޕާލް އަތުން ވެސް ރާއްޖެ ބަލިވެއްޖެ

ނޭޕާލް އަތުން ވެސް ރާއްޖެ ބަލިވެއްޖެ

26 ޑިސެމްބަރ 2021

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ޓީމު، ނޭޕާލް އަތުން ވެސް ބަލިވެއްޖެ އެވެ.

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ޓީމު، ނޭޕާލް އަތުން ވެސް ބަލިވެއްޖެ އެވެ.

މިއަދު ހަވީރު ކުޅުނު މެޗުން ރާއްޖޭގެ ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. ގައުމީ އަންހެން ވޮލީ ޓީމު ވެސް ވަނީ މިއަދު ހެނދުނު ކިރިގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެފަ އެވެ.

ފިރިހެން ޓީމުގެ މެޗުގެ ފުރަތަމަ ސެޓުގައި ނޭޕާލުން ގޭމްބޯލް ޕޮއިންޓްގައި ވަނިކޮށް ރާއްޖެއިން އެއްވަރު ވެސް ކުރި އެވެ. އަނެއްކާ ނޭޕާލުން އިތުރު ޕޮއިންޓެއް ހޯދިފަހުން ވެސް ރާއްޖެއިން އެއްވަރު ކުރި އެވެ. ނޭޕާލުން ސެޓް ކާމިޔާބު ކުރީ 26-25 އިންނެވެ.

ފުރަތަމަ ސެޓްގައި ފެނުނު ވާދަވެރި ކަމެއް ދެވަނަ ސެޓްގައި ނުފެނުނެވެ. ނާޕާލް ސެޓް ކާމިޔާބު ކުރީ 25-19 އިންނެވެ. އަނެއްކާވެސް ތިން ވަނަ ސެޓްގައި އެ ވާދަވެރިކަން ފެނުނެވެ. ނޭޕާލުން އެ ސެޓް ގެންދިޔައީ 25-23 އިންނެވެ.

ރާއްޖޭގެ އަންހެން ޓީމު ކިރިގިސްތާން އަތުން ބަލިވީ، 25-17، 25-11 އަދި 25-20 އިންނެވެ. އަންހެން ޓީމަށް ވެސް އަދި ފިރިހެން ޓީމަށް ވެސް ބާކީ އޮތީ އެއް މެޗެވެ. ފިރިހެން ޓީމަށް އޮތީ މާދަމާ ހަވީރު ލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ. އަންހެން ޓީމު މާދަމާ ހެނދުނު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝްއާ ދެކޮޅަށެވެ.