ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު މ. މުރައިދޫގެގެ މުވައްޒަފުންގެ މައުލޫމާތު ހާމަކުރެވޭނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބެލުމަށް ފަހު ކަމަށް މަޖިލިގެ އިދާރާ އިން ބުނެފި އެވެ.
08 ސެޕްޓެމްބަރ 2024
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު މ. މުރައިދޫގެގެ މުވައްޒަފުންގެ މައުލޫމާތު ހާމަކުރެވޭނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބެލުމަށް ފަހު ކަމަށް މަޖިލިގެ އިދާރާ އިން ބުނެފި އެވެ.
މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ މުރައިދޫ ގެކޮޅަށް މިދިޔަ ޖުލައި މަހު ބަދަލުވެވަޑައިގެންނެވީ އެ ތަން މަރާމާތުކޮށް ނިމުމުންނެވެ. އެހެންވެ، ރަސްމީ ގެކޮޅުގެ މަރާމާތަށް ކުރި ހަރަދުތަކާއި އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާއި އެ މީހުންގެ މުސާރައިގެ ތަފްސީލު ހޯދަން "މިހާރު" އިން މިދިޔަ ޖުލައި 28 ގައި ވަނީ އެދިފަ އެވެ.
އެ ސުވާލުތަކަށް، މަޖިލީހުގެ އިދާރާއިން މިދިޔަ މަހުގެ 19 ގައި ފުރަތަމަ ދިން ޖަވާބުގައި ބުނީ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް މުރައިދޫގެ އަށް ބަދަލުވެވަޑައިގަތުމަށް އެ އިދާރާ އިން އެއްވެސް ހަރަދެއް ނުކުރާ ކަމަށެވެ.
އެކަމަކު، ރަސްމީ ގެކޮޅުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު ހާމަކުރުމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން، އެ މައުލޫމާތު ދިނުމުގެ މުއްދަތު އިތުރު 14 ދުވަހަށް ވަނީ ދަންމާލައިފަ އެވެ.
އޭގެ ފަހުން، މަޖިލީހުގެ އިދާރާގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މާން އަސްއަދު މިދިޔަ އާދިއްތަ ދުވަހު ފޮނުއްވި ޖަވާބުގައި ވިދާޅުވީ، މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މަޖިލީހުގެ ރައީސަކީ ހިމާޔަތާއި ރައްކާތެރިކަން ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވާތީ، މުވައްޒަފުންގެ އަދަދު ހާމަކުރުމާ މެދު އިތުރަށް ބަލަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
"އެ މައްސަލަ މިހާރު ދަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބައްލަވަމުންނެވެ. ކޮމިޓީން ނިންމަވާ ގޮތެއް ތިޔަ ފަރާތާ ހިއްސާ ކުރާނެ ވާހަކަ ދެންނެވީމެވެ،" މަޖިލީހުގެ އިދާރާ އިން ލިޔުމުން ދިން ޖަވާބުގައި ވެ އެވެ.
އެ ގެކޮޅުގެ މަރާމާތުތައް ކުރީ ވެމްކޯއިން ކަމަށް އެ ކުންފުނިން ބުންޏަސް، އެކަމަށް ހަރަދުކުރީ ކޮން ބައެއް ކަމެއް އަދި ކިހާ ވަރެއް ކަމަށް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.
މުރައިދޫގޭގެ އެންމެ އިސް ވެރިޔަކީ ތަޖުރިބާކާރު ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމެވެ. އޭނާ އަށް ދީފައިވަނީ ޗީފް އޮފް ސްޓާފްގެ މަގާމެވެ. އެއީ އެ ގެކޮޅުގެ އެންމެ އިސް މަގާމެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވެސް ވަނީ އެ ގެކޮޅުގެ ޑިރެކްޓަ ޖެނެރަލަކަށް އައްޔަން ކުރައްވައިފަ އެވެ. އެކަމަކު، އެ މަގާމުތަކުގެ މުސާރައެއް އަދި ހާމައެއް ނުކުރެ އެވެ.
މުރައިދޫއަކީ މެއި 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެން މަޖިލީހުގެ ރައީސުން ދިރިއުޅުއްވުމަށް ދައުލަތުން ހާއްސަ ކުރި ގެކޮޅެކެވެ.
މުރައިދޫ ގޭގައި ތިބެނީ 4 މުވައްޒަފުން: މަޖިލިސް
މުރައިދޫގޭ މުވައްޒަފުންގެ އަދަދު ސިއްރުކުރަން ފާސްކޮށްފި
މުރައިދޫގޭ މުވައްޒަފުންގެ އަދަދާ ގުޅޭ ކޮމިޓީ ސިއްރު!
މުރައިދޫގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އާދަމް ހަލީމް
މުރައިދޫގޭގެ މަރާމާތުގެ މަސައްކަތްކުރީ ވެމްކޯއިން
އަބްދުއްރަހީމް މުރައިދޫގެއަށް ބަދަލުވެވަޑައިގެންފި
ޒަކިއްޔާގެ މަރު: ކުއްލި މައްސަލަތައް ބަލައެއް ނުގަތް
އަބްދުއްރަހީމްގެ ރައްދު: "މި އިނީ މިނިވަންކަމާ އެކު"
ރައީސާއި އަބްދުއްރަހީމް ބައްދަލުކުރައްވައިފި
އަބްދުއްރަހީމް މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ