ރާއްޖޭގެ އިގުތިސާދު ހަމަޔަކަށް ނޭޅުވިގެން އުޅެނީ ބޭކާރު ހަރަދުތައް ގިނަވެ، އިސްރާފު ބޮޑުވެގެން ކަމަށް ވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރޭ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
10 ސެޕްޓެމްބަރ 2024
ރާއްޖޭގެ އިގުތިސާދު ހަމަޔަކަށް ނޭޅުވިގެން އުޅެނީ ބޭކާރު ހަރަދުތައް ގިނަވެ، އިސްރާފު ބޮޑުވެގެން ކަމަށް ވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރޭ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ގެނެސްދެމުންދާ "ހަވަރު ބެރު ޕެނަލް ޑިސްކަޝަން"ގައި މާރިޔާ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޓޫރިޒަމްގެ ދާއިރާ އިން ލިބޭ ޓެކްސް ނުވަތަ ޓީޖީއެސްޓީ 8 ޕަސެންޓުން 16 ޕަސެންޓަށް ބަދަލުކުރީ އެ ވެރިކަމުގެ ފަހު އަހަރުގައި ކަމަށެވެ. އެހެންވެ، އޭގެ ހަގީގީ މަންފާ ލިބޭނީ މިހާރުގެ ސަރުކާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑުކުރި ޓެކްސްއާ އެކު ޓޫރިޒަމުން ސަރުކާރަށް ލިބޭ އާމްދަނީ ވެސް މިހާރު ވަރަށް ބޮޑުތަނުން އިތުރުވި ނަމަވެސް، މި ސަރުކާރަށް މެނޭޖު ނުކުރެވިގެން އުޅޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަން އޮތްއިރު އައި އަދަދަށް ވުރެ މާ ގިނައިން މިހާރު ޓޫރިސްޓުން ވެސް ރާއްޖެ އަންނައިރު، މި ސަރުކާރަށް އާމްދަނީ މެނޭޖު ނުކުރެވޭ ސަބަބާ މެދު މާރިޔާ ސުވާލު އުފެއްދެވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށް އަދި ވަކިކޮށް ހަދާއިރު، އެއީ ވެސް ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަންތައްތައް ކަމަށެވެ. ނަމަވެސް، އެ ހުރިހާ ކަމެއް ވެސް މި ސަރުކާރުން މި ކުރަނީ "މާލީ ގޮތުން ވަރަށް ދައްޗޭ" ބުނަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖެހިގެން އަޅުގަނޑުމެންނާ އަވަށްޓެރި ގައުމުތައް ހުއްޓާ، ދެން ތުރުކީންނޭ ކާޑު ގަންނާނީ. އާސަންދަ ދެން ދާނީ ބެންކޮކަށާއި ދުބާއީއަށޭ... ކީއްކުރަންތޯ ބެންކޮކަށާއި ދުބާއީއަށް ދާންވީ. ޔޫއެސް އަށާއި ޖަރުމަނަށާ ނޫންތޯ ދާންވީ،" މާރިޔާ ވިދާޅުވި އެވެ.
"އަނެއްކާ ކުވޭތު މީހުން ދެ މިލިއަން ޑޮލަރަށް ގަތް ޑްރޯނެއް އަޅުގަނޑުމެން [މި ސަރުކާރުން] ގަންނަނީ މޮޅުވާން ވެގެން ފަސް މިލިއަން ޑޮލަރަށް. މިގޮތަށް ކަންތައް ކުރައްވާފައި ނިމޭއިރު އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ބަޣާވާތެއް ކުރާ ކަމަށް."
މާރިޔާ ވިދާޅުވީ ރާއްޖޭގެ އެއްވެސް ތަނެއްގައި މިހާރު އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ ސަރުކާރުގައި ކޮވިޑްގެ ދަތި ދުވަސްވަރު ވެސް ޕްރޮޖެކްޓުތައް ހުއްޓާނުލައި ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިގުތިސާދު ހަމަޔަކަށް އަޅުވަން ހުރިހާ ގައުމަކުން ފެހި ސިގްނަލް ލިބިފައި އޮތް ކަމަށް ސަރުކާރުން ބުންޏަސް، އަދިވެސް އޭގެ ނަތީޖާއެއް ނުފެންނަ ކަމަށް މާރިޔާ އިޝާރާތްކުރެއްވި އެވެ.
[ސަރުކާރުން ހެދި ދޮގުތަކުގެ ސަބަބުން] މި ތިބީ 10 މަސްދުވަސްގެ ތެރޭގައި، ކީކޭތޯ ދަންނަވާނީ، ހަމަ ހާލުގައި ޖެހިފައި: މާރިޔާ
"[ސަރުކާރުން ހެދި ދޮގުތަކުގެ ސަބަބުން] މި ތިބީ 10 މަސްދުވަސްގެ ތެރޭގައި، ކީކޭތޯ ދަންނަވާނީ، ހަމަ ހާލުގައި ޖެހިފައި،" މާރިޔާ ވިދާޅުވި އެވެ.
ރޭގެ ޕެނަލްގައި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ދަށަށް ނުދާ ކަމަށެވެ.
އިގުތިސާދު ދަށަށް ނުދާ ސަބަބުތަކެއް ކަމަށް ޝަރީފް ފާހަގަކުރެއްވީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމާއި ޑޮލަރުން ލިބޭ އާމްދަނީ އިތުރުވުމާއި ސަރުކާރުން ބުނާ ގޮތުގައި ރިކަރަންޓު ހަރަދު ވެސް ކުޑަކޮށްފައިވުން އަދި އެމްޑީޕީގެ ސަރުކާރުގައި ފެށި ޕީއެސްއައިޕީ ހުރިހާ ޕްރޮޖެކްޓެއް ހުއްޓާލާފައިވުމެވެ. އެ ޕްރޮޖެކްޓުތަކަށް ކުރި ހަރަދު ވެސް މި ސަރުކާރަށް ސަލާމަތްކުރެވޭނެ އެވެ.
ސްޓެލްކޯގެ ކުރީގެ އެމްޑީ އަހްމަދު ޝަރީފު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ފޮޓޯއެއް ނަންގަވަނީ.
ޝަރީފް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް މައްޗަށް ދިއުމުން މަހަކު 50 މިލިއަން ޑޮލަރު ތެލަށް ހަރަދުކުރަން ޖެހުނު ކަމަށެވެ. އެކަމަކު، މިހާރު ތެލުގެ އަގު އޭރަށް ވުރެ ދަށްވެ، މަހަކު ހަރަދުކުރަން ޖެހެނީ 30 މިލިއަން ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ސަރުކާރުގައި އެންމެ ދަތިވި ދުވަސްވަރު ނުވަތަ ކޮވިޑްގެ އާލަމީ ވަބާ އާއި ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް އައި ލޮޅުންތަކާ އެކު ވެސް ގައުމުގެ އިގުތިސާދީ ހާލަތު މި ދަރަޖައަށް ނުވެއްޓެ އެވެ.
"ހަގީގަތަކީ މިކަން މެނޭޖުކުރަން ނޭނގުން... މެނޭޖުކުރަން ނޭނގުން ނުވަތަ ކައިރީގައި ތިބި މީހުން ރައީސްގެ ބޮލަށް ހުރިހާ ކަމެއް ހިންދާލަނީ، ލަގާއެއް ދެނީ،" ޝަރީފް ވިދާޅުވި އެވެ.
އެމްޑީޕީން ހީކުރީ 3މަހުން ސަރުކާރު ބަނގުރޫޓުވާނެކަމަށް
އުޅުނީ ގަސްތުގައި މާލީ ނިޒާމް އިނދަޖައްސާލަން: ސައީދު
މާލީ ނިޒާމުގެ މިނިވަންކަން ނަގާލައިފި: ފައްޔާޒް
މައްސަލައަކީ ގަވަރުނަރެއް ނޫން، މެނޭޖްކުރަން ނޭނގުން
ސަރުކާރުގެ އިގްތިސާދީ ރިފޯމް ބިލަށް ތާއީދު: އެމްޑީޕީ
"ބަނގުރޫޓް"ކޮށްލި ކަމުގެ ތުހުމަތާ އެކު ހޫނު ބަހުސެއް
އުޅެނީ އިގުތިސާދު މެނޭޖު ކުރުމުގެ މައްސަލައެއް:އެމްޑީޕީ
"ބަނގުރޫޓުވެފައި ކަމަށް ބުނެ ވަނީ ބޮޑެތި ވައުދުތައް"
އިންތިހާބު ބާތިލުވާ ވަރަށް ބާތިލްވޯޓު އެބައޮތް: މާރިޔާ
ދަރަނި ދައްކާނެ ގޮތުގެ ޕްލޭނެއް އެބައޮތް: ރައީސް