Roadha Mihaaru

10 އަހަރުންދަށުގެ މުބާރާތުގެ ފައިނަލުގައި ސަސްގެ ދެ ޓީމު؛ ޗެމްޕިއަންކަން ހޯދީ ޓީމު އޭ

ސޮކަ ވެޓަރަންސް އެސޯސިއޭޝަނުން ބޭއްވި 10 އަހަރުންދަށުގެ އެކަޑަމީ މުބާރާތުގެ ފައިނަލުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ދެ ޓީމު ވާދަކޮށްފި އެވެ.

10އަހަރުންދަށުގެ މުބާރާތުގެ ފައިނަލަށް ސަސްގެ ދެ ޓީމު
ހުސެއިން ހަބީބް
ހުސެއިން ހަބީބް

18 ފެބުރުއަރީ 2025

ސޮކަ ވެޓަރަންސް އެސޯސިއޭޝަނުން ބޭއްވި 10 އަހަރުންދަށުގެ އެކަޑަމީ މުބާރާތުގެ ފައިނަލުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ދެ ޓީމު ވާދަކޮށްފި އެވެ.

ސަސްގެ އެކަޑަމީ ޓީމުގެ 10 އަހަރުންދަށުގެ އުމުރުފުރާގެ ޓީމު، އެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދީ އެ އެކަޑަމީގެ ނުވަ އަހަރުންދަށުގެ ޓީމު ބަލި ކުރުމަށް ފަހު އެވެ. ސަސް އެކަޑަމީގެ ހެޑް ކޯޗު ފަރީދު މުހައްމަދު (ފަރިއްޓޭ) ބުނީ ސަ

ސްގެ އެކަޑަމީ ބީ ޓީމު އެ އުމުރުފުރާގައި ބައިވެރި ކުރުވީ އަންނަ އަހަރުގެ މުބާރާތަށް އެ ޓީމު ތައްޔާރުކުރުމުގެ ގޮތުންނެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސަސްގެ އޭ ޓީމު އުފާފާޅުކުރަނީ

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސަސްގެ އޭ ޓީމު އުފާފާޅުކުރަނީ

"މި މުބާރާތުގައި އަސްލު އަޅުގަނޑުމެންގެ ޓީމަކީ ޗެމްޕިއަންކަން ހޯދި ސަސްގެ (10 އަހަރުންދަށުގެ އުމުރުފުރާގެ) އޭ ޓީމު. އެކަމަކު އަންޑަ ނައިންގެ ކުދިން ބައިވެރިކުރުވީ އަންނަ އަހަރު އޮންނަ އަންޑަ 10 މުބާރާތަށް ތައްޔާރުވުމުގެ ގޮތުން،" ސަސްގެ ސިނީއާ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ވެސް އަދާކުރަމުން އަންނަ ފަރީދު ބުންޏެވެ.

"އަޅުގަނޑުމެންގެ އަންޑަ ނައިން ޓީމުން ވެސް ފައިނަލާ ހަމައަށް ދިއުމުން އެކަޑަމީގެ ކޯޗުންގެ މަސައްކަތަށް ވަރަށް ބޮޑު އިތުބާރެއް ލިބިއްޖެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އެ ޓީމު ވެސް ވާނެ އުއްމީދީ ޖީލަކަށް."

މިދިޔަ މަހު ނިމިގެންދިޔަ ދިވެހި ޔޫތު ލީގުގެ 14 އަހަރުންދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސަސްގެ ޓީމުންނެވެ.