އެކްސިޑެންޓްތަކުގައި ހިތާމަވެރި ހާދިސާތައް މި ފަހުން ހިނގާފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ދެއްވީ ވަރަށް އަސަރުގަދަ މެސެޖެކެވެ؛ އެއީ، މުޖުތަމައު މިހާރު އޮތް ހާލަތަށް ބަލައި ވަރަށް މުހިންމު ވެސް މެސެޖެކެވެ.
18 ސެޕްޓެމްބަރ 2024
އެކްސިޑެންޓްތަކުގައި ހިތާމަވެރި ހާދިސާތައް މި ފަހުން ހިނގާފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ދެއްވީ ވަރަށް އަސަރުގަދަ މެސެޖެކެވެ؛ އެއީ، މުޖުތަމައު މިހާރު އޮތް ހާލަތަށް ބަލައި ވަރަށް މުހިންމު ވެސް މެސެޖެކެވެ.
"ފުރާނައަކީ އަގުހުރި އެއްޗެއް، ރައްކާތެރިކޮށް ދުއްވާ،" ރައީސް ވިދާޅުވި އެވެ.
މި މެސެޖު ރައީސް ދެއްވީ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ހަދާފައިވާ ހާއްސަ އެނިމޭޓެޑް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފަ އެވެ.
އެ ވީޑިއޯގައި ދައްކަނީ ބައްޕައަކު އޭނާގެ ދަރިފުޅަށް ހަދިޔާއަކަށް ގަޑިއެއް ދިނުމަށް ދަރިފުޅު ދިރިއުޅޭ ގެއަށް ދިއުމަށް ސައިކަލެއްގައި ދާ ތަނެވެ. އޭނާ ސައިކަލެއްގައި އެ ގެއަށް ދަނިކޮށް ވަންވޭއެއް ފަޅައި، ވަރަށް ބާރަށް ދުއްވި ކާރަކުން ސައިކަލުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގަ އެވެ. އެ ކާރު ދުއްވަން އިނީ އޭނާގެ ދަރިފުޅެވެ. އެކްސިޑެންޓުގައި ބައްޕައަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.
"Life is Precious, Drive Safely!"
— Dr Mohamed Muizzu (@MMuizzu) September 18, 2024
Let us all put a concerted effort to make our roads safe for us! We may not get a second chance to make right what we do wrong with our own hands!
Thank you, Yamin Rasheed & cellmin Animation Studio, for this creation. pic.twitter.com/az1ILez6XH
އެ އަސަރުގަދަ ވީޑިއޯ ހިއްސާކޮށް ރައީސް ވަނީ މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފަ އެވެ.
"އަހަރެމެންގެ އަމިއްލަ އަތުން ހެދޭ ގޯހެއް ރަނގަޅުކުރަން ދެވަނަ ފުރުސަތެއް ނުލިބިދާނެ،" ރައީސް ވިދާޅުވި އެވެ.
މި ވީޑިއޯއަކީ މަޝްހޫރު "މާކަނާ" ޝޯ ގެނެސްދިން ޔާމީން ރަޝީދުގެ މަސައްކަތެކެވެ. އޭނާއަށް ވަނީ ވިޒުއަލް އާޓްސްގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމް 2015 ވަނަ އަހަރު ލިބިފަ އެވެ.
ރައީސް މި މެސެޖު މި ދެއްވީ ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން ވަރަށް އާންމުވެފައިވާ ދަނޑިވަޅެއްގަ އެވެ. މި މަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ވަނީ މީހަކު މަރުވެފަ އެވެ. އަދި އޭގެ އިތުރުން ވެސް ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގައި، އެތައް ބަޔަކު އަންނަނީ ފުރާނައާ ހަނގުރާމަކުރަމުންނެވެ.
އެކްސިޑެންޓުތައް ގިނަވުމާ ގުޅިގެން ރައީސް މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް ވެސް އަޅަން ފަށައިފަ އެވެ. ގަވާއިދާ ހިލާފަށް ދުއްވާ މީހުން ހުއްޓުވުމަށް ފުލުހުން މިހާރު އަންނަނީ 24 ގަޑިއިރު މާލެ ސަރަހައްދުގެ މަގުތަކުގައި ފޯރިމަރަމުންނެވެ.
މާލޭގެ ތޮއްޖެހުން ހައްލު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް
ރަޖިސްޓްރީނުކޮށް މަގުމަތީގައި ހުންނަ ވެހިކަލްތައް ނަގަނީ
ރޯދަމަހާ އެކު މާލޭގެ ޓްރެފިކް ބޮއްސުންލައިފި
މިިދިޔަ ހަފްތާގައި 100އަށް ވުރެ ގިނަ ވެހިކަލް ޓޯކުރި
ގިނަ މަގުތަކުގައި ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފި
ޓްރެފިކަށް ބޮޑު ލުޔެއް،މި ގޮތަށް ހިފަހައްޓާލެވިދާނެބާ؟
އޮޅުންބޮޅުން: މާލޭގެ މަގުމަތީ ޓުރެފިކް
މާލޭގައި ޕާކިން ބިލްޑިންތައް އަޅަނީ އިންޑިއާގެ އެހީގައި
މިދިޔަ އަހަރު 7،606 އުޅަނދަށް ފިޔަވަޅު އެޅި
ޓްރެފިކް ގަވާއިދާ ހިލާފުވި ވާހަކަ ބާދުޝާ ދޮގުކޮށްފި