ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކަކުން ފައިސާ ވަގަށް ނެގިކަން އެ ބޭންކުގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް ސާބިތުވެ، އޭނާ 56،000ރ. އިން ޖޫރިމަނާކޮށް އަދި 40 ގަޑިއިރު މުޖްތަމައުއަށް ހިދުމަތްކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
30 ސެޕްޓެމްބަރ 2024
ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކަކުން ފައިސާ ވަގަށް ނެގިކަން އެ ބޭންކުގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް ސާބިތުވެ، އޭނާ 56،000ރ. އިން ޖޫރިމަނާކޮށް އަދި 40 ގަޑިއިރު މުޖްތަމައުއަށް ހިދުމަތްކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ ނެގި މައްސަލާގައި ދައުލަތުން ދައުވާކުރީ ބ. އޭދަފުށީ ހިޔާވަހި، އަލީ މާޒިންގެ މައްޗަށެވެ. އޭނާގެ މައްޗަށް އެ ދައުވާކުރީ ސެޕްޓެމްބަރު، 2012 ގައި އިން ފެށިގެން އޮކްޓޯބަރު، 2021 އާ ހަމައަށް ބީއެމްއެލްގައި ވަޒީފާ އަދާ ކުރިއިރު، ކަސްޓަމަރުންގެ މައުލޫމާތު ސީއާރުއެމް ސިސްޓަމުން ބަދަލުކޮށް، ކަސްޓަމަރުގެ ހުއްދަ ނެތި އިންޓަނެޓް ބޭންކުގައި ރަޖިސްޓްރީކޮށް، އެ އެކައުންޓްތަކުން 482،000 އަށް ވުރެ ގިނަ ރުފިޔާ މާޒިންގެ ކްރެޑިޓް ކާޑު ޕޭމަންޓްތަކާއި ފޮރެކްސް ޓްރާންސްއެކްޝަންތައް ހިންގުމަށް ބޭނުން ކޮށްފައިވާތީ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން، އެ މައްސަލާގައި މާޒިންގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާއަށް އޭނާ ވަނީ ކޯޓުގައި އެއްބަސްވެފަ އެވެ. އެހެންވެ، އޭނާގެ މައްޗަށް އަދަބު ކަނޑައެޅީ ދައުލަތާ އެކު އޭނާ ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުމުގެ ދަށުންނެވެ.
އެ ކުށުގެ އަސްލު އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އިއުތިރާފްގެ އެއްބަސްވުމުގެ ކޯޓުން ވަނީ އެ 56،200ރ. ގެ ޖޫރިމަނައަކާ އެކު 40 ގަޑިއިރު މުޖުތަމައުއަށް ހިދުމަތް ކުރަން އަންގައިފަ އެވެ. އަދި ޖޫރިމަނާގެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ދައުލަތާއެކު ހެދި އިއުތިރާފް އެއްބަސްވުމުގައިވާ ގޮތުން މާޒިން ކޯޓުގައި ކުށަށް އެއްބަސްވުމާއެކު، ގެއްލުނު ފައިސާ ބޭންކަށް އަނބުރާ ދައްކަން ޖެހޭނެ އެވެ.
ބީއެމްއެލްއިން ބުނީ އެ މައްސަލަ ފެންމަތިވުމާ އެކު، އެ މީހާ ވަޒީފާއިން ވަކިކޮށް އަދި ކަސްޓަމަރުންގެ އެކައުންޓުން ގެއްލުނު ފައިސާ ކަސްޓަމަރުންނަށް އަނބުރާ ދީފައިވާނެ ކަމަށެވެ. އަދި ގަވާއިދުތަކާ ހިލާފަށް މުވައްޒަފުން ކުރާ ކަންކަމުގައި އަބަދުވެސް ފިޔަވަޅު އަޅާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް 15 ދުވަސް
ފަށް ޖަހައިގަތް މީހާގެ ބަންދަށް ހަތް ދުވަސް
އޮޅުވާލައިގެން ގެންގޮސް ފޭރުނު މައްސަލާގައި ދައުވާކޮށްފި
ބިރުދައްކައި ފޭރުނު 2 މީހުންގެ ބަންދު އިތުރުކޮށްފި
ތޫނު ހަތިޔާރުން ހަމަލާދޭމީހާ ތަހުގީގު ނިމެންދެން ބަންދު
ޑްރަގް ކޯޓުން ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރު
ވަގަށް ނެގި އަގުބޮޑު ގަޑިއެއް ވިއްކި މީހަކު ޖަލަށް
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖަލަށް
ރަހީނުކޮށް، ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރު