Roadha Mihaaru
ދެ ކޮރެއާގެ ވެރިން އަނެއްކާވެސް ބައްދަލުކޮށްފި

ދެ ކޮރެއާގެ ވެރިން އަނެއްކާވެސް ބައްދަލުކޮށްފި

26 މެއި 2018

ޕިއޮންޔަން (މެއި 26) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން މިއަދު އަނެއްކާ ވެސް ބައްދަލު ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕިއޮންޔަން (މެއި 26) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން މިއަދު އަނެއްކާ ވެސް ބައްދަލު ކުރައްވައިފި އެވެ.

ދެ ކޮރެއާގެ ބޯޑަރުގައިވާ ޑިމިލިޓަރައިޒް ޒޯންގައި ދެ ބޭފުޅުން ބައްދަލު ކުރެއްވި އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކިމްއާ އެކު އަންނަ މަހު ބާއްވާ ސަމިޓް ކެންސަލް ކުރެއްވިކަން އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް ޓްރަމްޕް ފަހުން ވަނީ އެ ސަމިޓް ބޭއްވި ދާނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި ސައުތު ކޮރެއާގެ ރައީސް މޫން މިއަދު ބައްދަލުކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި ސައުތު ކޮރެއާގެ ރައީސް މޫން މިއަދު ބައްދަލުކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ސައުތު ކޮރެއާގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ދެ ގައުމުގެ ވެރިން މިއަދު ދެ ގަޑިއިރަށް ބައްދަލުކޮށްފައިވާ ކަމަށެވެ. ބައްދަލުވުން ބާއްވާފައި ވަނީ ދެ ކޮރެއާގެ ބޯޑަރުގައިވާ ޕަންމުންޖޮމްގެ ގްރޭންޑް ބިލްޑިންގަ އެވެ.

ކިމް އާއި މޫން ޖައި-އިން މިދިޔަ މަހު ފަހުކޮޅު ވެސް ވަނީ ބައްދަލުކޮށްފަ އެވެ. ކިމް އަކީ ކޮރެއާ ހަނގުރާމަ 1953 ވަނަ އަހަރު ނިމުނު ފަހުން ދެ ކޮރެއާގެ ބޯޑަރު ހުރަސްކޮށް ސައުތު ކޮރެއާ އަށް ފުރަތަމަ ވަދެވަޑައިގެންނެވި ނޯތު ކޮރެއާގެ ލީޑަރެވެ.