Roadha Mihaaru
ދެ ކޮރެއާގެ ވެރިން އަނެއްކާވެސް ބައްދަލު ކުރައްވަނީ

ދެ ކޮރެއާގެ ވެރިން އަނެއްކާވެސް ބައްދަލު ކުރައްވަނީ

14 އޯގަސްޓް 2018

ޕިއޮންޔަން (އޮގަސްޓް 14) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައެ-އިން އަންނަ މަހު ޕިއޮންޔަންގައި ބައްދަލު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕިއޮންޔަން (އޮގަސްޓް 14) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައެ-އިން އަންނަ މަހު ޕިއޮންޔަންގައި ބައްދަލު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ދެ ކޮރެއާގެ ލީޑަރުންގެ ސަމިޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ދެ ގައުމުގެ އޮފިޝަލުން އިއްޔެ ވަނީ ދެ ގައުމު ގުޅޭ ސަރަހައްދުގެ ޑިމިލިޓަރައިޒް ޒޯންގައި އޮންނަ ޕަންމުންޖޮމް އަވަށުގައި ބައްދަލު ކޮށްފަ އެވެ. ދެ ގައުމުން ނެރުނު ތިން ޖުމްލައިގެ ބަޔާނުގައި ސަމިޓް ބާއްވާ ވަކި ތާރީޚެއް ބުނެފައެއް ނުވެ އެވެ.

ދެ ކޮރެއާގެ ވެރިން އަނެއްކާވެސް މި ބައްދަލު ކުރަނީ ކިމް އާއި މޫންގެ ސަމިޓެއް އެޕްރީލް މަހު ބާއްވާފައި ވަނިކޮށެވެ. އެއީ ކިމް އާއި މޫންގެ ފުރަތަމަ ސަމިޓެވެ. އޭގެ ފަހުން ވަނީ މެއި މަހު ވެސް ދެ ބޭފުޅުން ބައްދަލު ކުރައްވައިފަ އެވެ.

ރައީސް މޫން ވެގެންދާނީ ވޭތުވެދިޔަ 18 ވަރަކަށް އަހަރު ތެރޭ ނޯތު ކޮރެއާގެ ވެރިރަށް ޕިއޮންޔަންގަށް ވަޑައިގަންނަވާ ސައުތު ކޮރެއާގެ ފުރަތަމަ ރައީސްއަށެވެ. ނޯތު ކޮރެއާގެ ވެރިރަށަށް ވަޑައިގެންނެވި ސައުތު ކޮރެއާގެ ފުރަތަމަ ރައީސް އަކީ ކިމް ޑައެ-ޖުން އެވެ. އޭނާ ވަނީ 2000 ވަނަ އަހަރު ޕިއޮންޔަންގަށް ވަޑައިގެން މިހާރުގެ ލީޑަރު ކިމްގެ ބައްޕާފުޅު ކިމް ޖޮން-އިލްއާ ބައްދަލު ކުރައްވައިފަ އެވެ. އެއީ ސައުތު ކޮރެއާގެ ލީޑަރަކު ނޯތު ކޮރެއާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ވެސް މެ އެވެ. ދެ ކޮރެއާގެ ގުޅުން ރަނގަޅު ކުރަން ކުރެއްވި މަސައްކަތަށް ކިމް ޑައެ-ޖުން އަށް ވަނީ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފަ އެވެ.