"ދެނެއް ނުފުރޭނެ، ދެނެއް ނުވާނެ"ގެ ނަމުގައި ބޮޑުކަންނެލީގެ މަސްވެރިން މިއަދު ހެނދުނު ފެށި އިހުތިޖާޖު އަދިވެސް ކުރިއަށް އެބަގެންދެ އެވެ.
10 ޑިސެމްބަރ 2025
"ދެނެއް ނުފުރޭނެ، ދެނެއް ނުވާނެ"ގެ ނަމުގައި ބޮޑުކަންނެލީގެ މަސްވެރިން މިއަދު ހެނދުނު ފެށި އިހުތިޖާޖު އަދިވެސް ކުރިއަށް އެބަގެންދެ އެވެ.
ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގައި މިއަދު ހެނދުނު 49 އޮޑިއަކުން އިހުތިޖާޖު ފެށި އެވެ. އެކި ޝިއާރުތަކާ އެކު، އެ އޮޑިތައް މެންދުރުފަހު މާލެއާ ދިމާއަށް މިސްރާބު ޖެހި އެވެ. ނަމަވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ މީހުން ވަކި ހިސާބަކުން ހުއްޓުވައިފަ އެވެ.
މިހާރު އޮޑިފަހަރުތައް އަޅާފައި ވަނީ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގަ އެވެ. އޮޑިތަކަށް މާލެ ފަޅުތެރެއަށް ނުވަދެވޭ ގޮތަށް ކޯސްޓްގާޑުން އަދި ވެސް ތިބީ ނެރު ބަންދުކޮށްގެންނެވެ.
އޮޑިތައް އަޅައިގެން ދިއްލައިގެން ތިބުން ފިޔަވައި އެއްވެސް އިތުރު ހަރަކާތެއް މިހާރު ކުރިއަކަށް ނުދެ އެވެ.
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުން ސަރުކާރުގައި އެދެމުން އަންނަނީ މިފްކޯ އަށް ބޮޑުކަންނެލި ގަތުން ނުވަތަ މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމަށެވެ. އަދި މަސްވެރިންގެ ޑިމާންޑުތަކަށް ފުރިހަމަ ޖަވާބެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
އިހުތިޖާޖާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު. ވިދާޅުވީ، ސަރުކާރުން އަންނަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރަން ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ހަމަޖެހޭނެ އެވެ.
"މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުން ދިޔަ ގޮތަށް ރައީސްގެ ހާއްސަ އިރުޝާދުފުޅާ އެކު، މާލެ އޭރިއާ އިން ވަނީ ތެލަށް ބަދަލެއް ގެނެވި، ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު އެސްޓީއޯ މެދުވެރިކޮށް ހަމަޖައްސާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު، އޭގެ އިތުރުން ވެސް މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީ ގިނަ ކަންތައްތަކެއް ކުރަންޖެހޭކަން ޝިޔާމް ފާހަގަކުރެއްވި އެވެ.
"ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއް. މި ސަރުކާރަކީ ރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މައުނަވީ ހައްލެއް ހޯދައިދޭނެ ސަރުކާރުކަން ޔަގީން،" މިނިސްޓަރު ވިދާޅުވި އެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، މިފްކޯގެ ކަނޑުއޮތްގިރީގައި ހުރި ސްޓޯރޭޖާއި ޕެކިން ފެސިލިޓީ ބޭނުންކޮށްގެން ބޮޑުކަންނެލީގެ މަސައްކަތް ސަރުކާރަށް ކުރެވޭނެ ކަމަށެވެ.
"މީގެ ކުރީގައި ވެސް ކަނޑުއޮތްގިރީގައި އެކަން ކުރަމުން ގެންދިޔަ އަދި ކަނޑުއޮތްގިރީގައި ކަންނެލި ގަންނަން ފެށުމަށް ޓަކައި ކުރިއްސުރެ މަަސައްކަތްތަކެއް ކުރަމުން ދިޔައީ. އެހެންވީމާ މިއީކީ ސަރުކާރަށް ނުފުއްދޭނެ ޑިމާންޑުތަކެއް ނޫން، ނުފުއްދޭނެ ވައުދުތަކެއް ނޫން،" މައުރޫފް ވިދާޅުވި އެވެ.
Bodukanneli masveringe emme bodu kanboduvumakee bodukanneli ganna kunfunithakah vikkaafa huri kanneyyah faisaa nulibi dhigulaadhaa massala aa masverikan rangalhuvaa vaguthu kanneleege agu dhahvaa massala.
— Ahmed Shiyam (@Shiyamaldives) December 10, 2025
Mikan hallukurumah bodukanneli masverin propose kuravvanee sarukaarun…
ސަރުކާރުން އެގޮތަށް ވައުދުވެ، މެނިފެސްޓޯގައި އެ ވާހަކަ ލިޔެ، މަސްވެރިންގެ ވޯޓު ހޯދައިގެން ވެރިކަމަށް އައީ އެ ކަންތައްތައް ކުރެވޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑުކަންނެލީގެ މަސްވެރިން އިހުތިޖާޖަށް ނުކުމެއްޖެ
މިފްކޯ އޮތީ ހާލުގައި، މަހުގެ އަގަށް ބަދަލެއްނުގެނެވޭނެ
ދޮޅު އަހަރުގެ ތެރޭގައި މިފްކޯ އަށް ފައިދާވާނެ
ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި: ފުލުހުން
މެމްބަރު މައުރޫފް ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި
ވައުދާ އެއްގޮތަށް 900 މިލިއަން ދޫކޮށްފި: މިނިސްޓަރު
ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީގެ މަސައްކަތް ފަށަނީ
އަމާޒަކީ މަސްވެރި އާއިލާތަކުގެ އާމްދަނީ އިތުރުކުރުން
މަސްވެރިކަމުގެ ވައުދު ފުއްދޭ މިންވަރަށް މަސައްކަތްކުރަން
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި