ސަރުކާރުގެ މަސްކުންފުނި، މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ފަށަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން މިއަދު ހެނދުނު ފެށި ހުޅުމާލޭ ކަންނެލި ބަނދަރަށް ވަންނަން މިސްރާބު ހިފައިފި އެވެ.
10 ޑިސެމްބަރ 2025
ސަރުކާރުގެ މަސްކުންފުނި، މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ފަށަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން މިއަދު ހެނދުނު ފެށި ހުޅުމާލޭ ކަންނެލި ބަނދަރަށް ވަންނަން މިސްރާބު ހިފައިފި އެވެ.
ނަމަވެސް ކޯސްޓްގާޑުން ވަނީ އެ މީހުން ވަކި ހިސާބަކުން ހުއްޓުވައިފަ އެވެ.
"ދެނެއް ނުފުރޭނެ، ދެނެއް ނުވާނެ" މި ޝިއާރުގެ ދަށުން ކުރާ އިހުތިޖާޖުގައި ބައިވެރިވާ ނ. މަގޫދޫ އާރު ދޯނީގެ ފަރާތުން ވާހަކަ ދެއްކި މަަސްވެރިއަކު ބުނީ މަސްވެރިންގެ ޑިމާންޑުތަކަށް ފުރިހަމަ ޖަވާބެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަަމަށެވެ. މަސްވެރިން ތިބީ އެކަމުގައި ދެ ދުވަސް ވިޔަސް މ،ަޑުކުރާ ގޮތަށް ކަމަށް ވެސް އޭނާ ބުންޏެވެ.
މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި މަސްވެރިން ހުޅުމާލޭގެ ކަންނެލި ޖެޓީ ކައިރީގައި މިއަދު ހެނދުނު މުޒާހަރާ ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ ކެންދު ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިންގެ ޑިމާންޑަކީ މިފްކޯ އަށް ބޮޑުކަންނެލި ގަތުން ނުވަތަ ސަރުކާރުން މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުން ކަމަށެވެ. އެއީ ސަަރުކާރަށް ނުކުރެވޭ ވަރުގެ ކަންތައްތަކެއް ކަމަށް މަސްވެެރިން ގަބޫލުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި މަސްވެރިން ހުޅުމާލޭގެ ކަންނެލި ޖެޓީ ކައިރީގައި މިއަދު ހެނދުނު މުޒާހަރާ ކުރާއިރު ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިފްކޯގެ ކަނޑުއޮތްގިރީގައި ހުރި ސްޓޯރޭޖާއި ޕެކިން ފެސިލިޓީ ބޭނުންކޮށްގެން ބޮޑު އެ މަސައްކަތް ސަރުކާރަށް ކުރެވޭނެ ކަމަށް މައުރޫފު ވިދާޅުވި އެވެ.
"މީގެ ކުރީގައި ވެސް ކަނޑުއޮތްގިރީގައި އެކަން ކުރަމުން ގެންދިޔަ އަދި ކަނޑުއޮތްގިރީގައި ކަންނެލި ގަންނަން ފެށުމަށް ޓަކައި ކުރިއްސުރެ މަަސައްކަތްތަކެއް ކުރަމުން ދިޔައީ. އެހެންވީމާ މިއީކީ ސަރުކާރަށް ނުފުއްދޭނެ ޑިމާންޑުތަކެއް ނޫން، ނުފުއްދޭނެ ވައުދުތަކެއް ނޫން،" މައުރޫފް ވިދާޅުވި އެވެ.
ބޮޑުކަންނެލީގެ މަސްވެެރިންގެ އިހުތިޖާޖުގައި ބައިވެރިވާ ދޯނިތައް މާލޭ ފަޅުން ބޭރުގައި.
ސަރުކާރުން އެގޮތަށް ވައުދުވެ، މެނިފެސްޓޯގައި އެ ވާހަކަ ލިޔެ، މަސްވެރިންގެ ވޯޓު ހޯދައިގެން ވެރިކަމަށް އައީ އެ ކަންތައްތައް ކުރެވޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި މަސްވެރިން ހުޅުމާލޭގެ ކަންނެލި ޖެޓީ ކައިރީގައި މިއަދު ހެނދުނު މުޒާހަރާ ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ހުޅުމާލޭގެ ކަންނެލި ބަނދަރުގައި އިހުތިޖާޖު ނކުރުމަށް ފަހު މުޒާހާގައި ބައިވެރިވާ މަސްވެރިން ގިނަ އަދަދެއްގެ ދޯނިފަހަރުގައި މިހާރު ވަނީ މާލެއަށްް ދަތުރުފަށައިފަ އެވެ. އޭގެ ތެރެއިން ބައެއް ދޯނިފަހަރު މާލެއަށް ފޯރާފައި ވާއިރު އަދިވެސް ބައެއް ދޯނިފަހަރު ހުރީ ހުޅުމާލެއާ ހިސާބުގަ އެވެ.
މައުރޫފް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިން މި ފަހަރު ތިބީ ޑިމާންޑުތަކަށް ސަރުކާރުން އިޖާބަ ނުދެނީސް އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން ކަމަށެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖަށް މާލޭގެ ފަޅަށް ވަންނަން އުޅުނު މަސްވެރިންނަށް ކޯސްޓް ގާޑުން ހުރަސްއަޅަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ވެސް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ހުޅުމާލޭ ފަޅުގައި އިހުތިޖާޖެއް ކުރި އެވެ. އޭގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހު ކުރި އިހުތިޖާޖެއްގައި މަސްވެރިން މާލޭ ފަޅަށް ވަދެގަތެވެ. އެ ފަހަރު އިހުތިޖާޖުކުރީ ލޭނު އަޅައިގެން ކަންނެލި ނަގަން ހުއްދަ ދޭން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެ ފަހަރު ވަަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އަޑު އެއްސެވި އެވެ.
ބޮޑުކަންނެލީގެ މަސްވެރިން އަދިވެސް އިހުތިޖާޖުގައި
މިފްކޯ އޮތީ ހާލުގައި، މަހުގެ އަގަށް ބަދަލެއްނުގެނެވޭނެ
ދޮޅު އަހަރުގެ ތެރޭގައި މިފްކޯ އަށް ފައިދާވާނެ
ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި: ފުލުހުން
މެމްބަރު މައުރޫފް ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި
ވައުދާ އެއްގޮތަށް 900 މިލިއަން ދޫކޮށްފި: މިނިސްޓަރު
ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީގެ މަސައްކަތް ފަށަނީ
އަމާޒަކީ މަސްވެރި އާއިލާތަކުގެ އާމްދަނީ އިތުރުކުރުން
މަސްވެރިކަމުގެ ވައުދު ފުއްދޭ މިންވަރަށް މަސައްކަތްކުރަން
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި