އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ކަމަށް ތުހުމަތުކުރާ ދެ ޕެންޓްހައުސް އަތުލުމުން އެކަމާ ދެކޮޅަށް ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފި އެވެ.
17 އޮކްޓޯބަރ 2024
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ކަމަށް ތުހުމަތުކުރާ ދެ ޕެންޓްހައުސް އަތުލުމުން އެކަމާ ދެކޮޅަށް ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފި އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން، ހުޅުމާލޭގައި ހުންނަ ބައްސާމްގެ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން އެންގުމުން މިމަހުގެ ކުރީކޮޅު ބައްސާމް ވަނީ އެ އެންގުމާ އެއްގޮތަށް އެ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރު އިސްތިއުނާފްކުރަން ބައްސާމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ހައި ކޯޓުން ބުނީ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމަވާ ކަމަށެވެ. ނަމަވެސް އެގޮތަށް ނިންމި ސަބަބެއް ސާފެއް ނުވެ އެވެ.
ރަޖިސްޓްރާގެ އެ ނިންމެވުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
އެ ދެ ތަން ޕެންޓްހައުސް ބައްސާމް ގަތީ ކޮވިޑް-19 ގެ ދުވަސްވަރު ފީފާ އިން އެމްއޭއެމަށް ދޫކުރި ލޯނު ފައިސާއިން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.
އެ މައްސަލާގައި ކުރިން ފުލުހުން ބުނެފައިވަނީ އެ ދެ ތަން ގަތުމަށް އެފްއޭއެމްގެ ފައިސާ އިން އެއް މިލިއަން އެމެރިކާ ޑޮލަރު އަމިން ކޮންސްޓްރަކްޝަނަށް ބައްސާމް ދައްކާފައި ކަމަށެވެ. އަދި އެ ފައިސާ ދެއްކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ކަމަށް ދެއްކުމަށް ކަމަށާއި ނަމަވެސް އެ ޑޮލަރަށް ވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެ ފައިސާ ލިބުނުކަން ދެއްކުމަށް އެހެން ކުންފުންޏެއް މެދުވެރިކޮށް ލޯނު ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް.-- ނިޝާން އަލީ | މިހާރު
އެ މައްސަލައާ ގުޅިގެން ބައްސާމްގެ މައްޗަށް ދައުވާ ކޮށްދޭން އެދި މިދިޔަ މަހު ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. އަދި އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތްކުރި ހަސަން ވަހީދަށް ވެސް ދައުވާކޮށްދޭން އެދިފައިވެ އެވެ. އެފްއޭއެމްގެ ފައިސާތަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ ބައްސާމްގެ މައްޗަށް ދައުވާކުރާ އެހެން މައްސަލަތަކެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
ބައްސާމްގެ ދެ ޕެންޓްހައުސްގެ މައްސަލަ ހައި ކޯޓަށް
ބައްސާމްގެ އެޕާޓްމަންޓް ހިފެހެއްޓި މުއްދަތު އިތުރުކޮށްފި
އައިލެންޑް އެކްސްޕާޓުގެ ފްލެޓް އިމާރާތް ދައުލަތަށް!
ކްލަބްތަކުގެ ވެރިންގެ މައްސަލަ ވެސް ތަހުގީގު ކުރަނީ
ސެންޓަ އެންޓަޕްރައިސަސްގެ ފޭކު ލިޔުން މައްސަލަ ޕޮލިހަށް
ޝަމްއާން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް
ޝަމްއާން ބަންދުކުރި ގޮތާ މެދު ސުވާލު އުފައްދައިފި
ޕޮލްކޯ އަށް އޭސީސީން ވަދެ ލިޔެކިޔުންތައް ގެންދަނީ!
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން ހައިކޯޓުން އަމުރުނުދިން