ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހުޅުމާލެއިން ގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެ އެޕާޓްމަންޓް ފުލުހުން ހިފަހައްޓަން ކޯޓުން ދިން މުއްދަތު އިތުރު އެއް އަހަރަށް އިތުރުކޮށްފި އެވެ.
02 އޮކްޓޯބަރ 2025
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހުޅުމާލެއިން ގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެ އެޕާޓްމަންޓް ފުލުހުން ހިފަހައްޓަން ކޯޓުން ދިން މުއްދަތު އިތުރު އެއް އަހަރަށް އިތުރުކޮށްފި އެވެ.
ހުޅުމާލޭގެ އަމިން އެވެނިއު އިން ބައްސާމް ގަނެފައިވާ ދެ ޕެންޓްހައުސް ފުލުހުން އަތުލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އެއް އަހަރަށެވެ. އެހެންވެ، ބައްސާމްގެ ދެ އެޕާޓްމަންޓް އޭރު ފުލުހުންނާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު 9 ގަ އެވެ.
އެތަން ހިފަހައްޓަން ހުޅުމާލޭ ކޯޓުން ދިން އެއް އަހަރުގެ މުއްދަތު މިދިޔަ މަހުގެ 28 ގައި ހަމަވުމާ އެކު، އިތުރު އެއް އަހަރަށް އެ ދެ ތަން ހިފަހައްޓަން ކޯޓުން އިތުރު އަމުރެއް ނެރެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުންޏެވެ.
އެ ދެ އެޕާޓްމަންޓް ބައްސާމް ގަނެފައި ވަނީ ކޮވިޑް-19 ގެ ދުވަސްވަރު، ފުޓްބޯޅަ ކްލަބުތަކަށް ދިމާވި މާލި ހާލަތުން އަރައިގަތުމަށް ފީފާއިން އެފްއޭއެމްއަށް ދޫކުރި ފައިސާއިން ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
ފުލުހުން ކުރިން ބުނީ އެ ދެ ޕެންޓްހައުސް ގަތުމަށް އެފްއޭއެމްގެ ފައިސާއިން އެއް މިލިއަން އެމެެރިކާ ޑޮލަރު އަމިން ކޮންސްޓްރަކްޝަނަށް ބައްސާމް ދެއްކި ކަމަށެވެ. އަދި އެޕާޓްމަންޓް ގަތުމަށް އަމިން ކުންފުންޏަށް ޑޮލަރުން ދެއްކި ފައިސާއަކީ ޑޮލަރު މާރުކުރަން ދިން ފައިސާއެއްކަން ދެއްކުމަށް ކަމަށް އެފްއޭއެމްއިން މަސައްކަތް ކޮށްފައިވާ ފުލުހުން ކުރިން ބުނެފައިވެ އެވެ.
އެ މައްސަލާގައި ބައްސާމްގެ މައްޗަށް ދައުވާކުރަން ވަނީ ފޮނުވައިފަ އެވެ. އަދި އަމިން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތްކުރި ހަސަން ވަހީދަށް ވެސް ދައުވާކޮށްދޭން އެދިފައިވެ އެވެ. ބައްސާމްގެ އެޕާޓްމެންޓް ހިފެހެއްޓި މުއްދަތު އިތުރު ކުރިއިރު، އެފްއޭއެމްއަށް ފީފާއިން ދިން 10،000 ޑޮލަރު އަމިއްލަ ކަންކަމަށް ބޭނުންކުރި ކަމަށް ބުނެ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވެސް ދައުލަތުން ކުރެ އެވެ. އެ މައްސަލަ މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
ބައްސާމްގެ ދެވަނަ ވަކީލު ވެސް މައްސަލަ ދޫކޮށްލައިފި
ބައްސާމް ގޮޅިން ނުކުންނަން ދެކޮޅު ހަދަނީ
ފީފާގެ ހުއްދަނެތި މައްސަލަ ނުބަލަން ބައްސާމްގެ ދިފާއު
ބައްސާމްގެ އަދަބު ބޮޑުވާ ގޮތަށް ދައުވާއަށް އިސްލާހެއް
ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ކްލަބްތަކުގެ ވެރިންގެ މައްސަލަ ވެސް ތަހުގީގު ކުރަނީ
"އެފްއޭއެމްގެ ފައިސާ ކަންކަން އިސްކޮށް ބެލީ ބައްސާމް"
ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާއަށް ބައްސާމް އިންކާރު
ބައްސާމްގެ ދެ ޕެންޓްހައުސްގެ މައްސަލަ ހައި ކޯޓަށް
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ