11 އޮކްޓޯބަރ 2024
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ބައްސާމްގެ ފަރާތުން އިއްޔެ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ބައްސާމްގެ ފަރާތުން އިއްޔެ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން ބައްސާމުގެ ދެ ޕެންޓްހައުސް ހަ ދުވަހުގެ ތެރޭގައި ހުސްކުރަން މިދިޔަ މަހުގެ 28 ވަނަ ދުވަހު އޭނާ އަށް އެންގި އެވެ. ނަމަވެސް އެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރު ކޮށްދޭން ޖެހިގެން އައި ދުވަހު ބައްސާމްގެ ފުލުހުންގެ އިދާރާގައި އެދުނެވެ. އެގޮތަށް މުއްދަތު އިތުރު ކޮށްދޭން ފުރަތަމަ ނިންމި ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް އެންގީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 12:00 ގެ ކުރިން އެތަން ހުސްކޮށް ހަވާލުކުރާށެވެ.
އެ އެންގުމާ އެއްގޮތަށް ބައްސާމް ވަނީ ހުޅުމާލެ ލޮޓް ނަމްބަރު އެން2-25 ގެ ބްލޮކް އޭ ގެ ދެ އެޕާޓްމަންޓެއް ފުލުހުންނާ ހަވާލުކޮށްފަ އެވެ. ނަމަވެސް ބައްސާމްގެ ފަރާތުން މިހާރު ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފި އެވެ.
އެ ދެ ޕެންޓްހައުސް އޭނާ ގަނެފައި ވަނީ ކޮވިޑުގެ ދުވަސްވަރު، ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަތުމަށް ފީފާ އިން އެފްއޭއެމަށް ދޫކުރި ލޯނު ފައިސާ އިންނެވެ.
އެ މައްސަލާގައި ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި ދެ ޕެންޓްހައުސް ގަތުމަށް ބައްސާމް ވަނީ އެފްއޭއެމްގެ ފައިސާ އިން އެއް މިލިއަން އެމެރިކާ ޑޮލަރު އަމިން ކޮންސްޓްރަކްޝަނަށް ދައްކައިފަ އެވެ. ނަމަވެސް އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އަމިން އިން އެފްއޭއެމަށް ދައްކާފައިނުވާ ކަމަށާއި ފައިސާ ދެއްކި ކަމަށް ހެދުމަށް ލިޔެކިޔުން ތައްޔާރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
ފުލުހުން ބުނީ އެ ފައިސާ ލިބުނު ކަމަށް ހެދުމަށް އެފްއޭއެމުން އެހެން ކުންފުންޏަކުން ލޯނެއް ނަގާފައިވާ ކަމަށާއި އެ އަދަދާއި އަމިން އިން އެފްއޭއެމަށް ފައިސާ ދެއްކި ކަމަށް ބުނެ ތައްޔާރު ކޮށްފައިވާ ރިސިޕްޓްތަކުގެ އަދަދާ ދިމާވާ ކަމަށެވެ. އެހެންވެ، ބެލެވެނީ އެފްއޭއެމުން މަސައްކަތް ކޮށްފައި ވަނީ ބައްސާމް އެޕާޓްމަންޓް ގަތުމަށް އަމިން އަށް ޑޮލަރުން ދެއްކި ފައިސާއަކީ ޑޮލަރު މާރުކުރަން ދިން ފައިސާއެއް ކަން ދެއްކުމަށް ފުލުހުން ބުނެފައި ވެ އެވެ.
އެ މައްސަލައާ ގުޅިގެން ބައްސާމްގެ މައްޗަށް ދައުވާ ކޮށްދޭން އެދި މިދިޔަ މަހު ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
އެފްއޭއެމްގެ ހިޔާނާތް:އަމިން ކޮންސްޓްރަކްޝަނަށް ތުހުމަތު
10000 ޑޮލަރުގެ މައްސަލާގައި ބައްސާމަށް ދައުވާކުރަނީ
ބައްސާމްގެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފި
ބައްސާމްގެ ފްލެޓް އަތުލުން ފަސްކުރުމުން ފާޑުކިޔުން
ބައްސާމްގެ އެޕާޓްމަންޓް ހަވާލުކުރުން ފަސްކޮށްދީފި
އެޕާޓްމަންޓް ހަވާލުކުރާ މުއްދަތު އިތުރުކުރަން އެދެފި
އެފްއޭއެމުން 3މިލިއަން ޑޮލަރު ދައްކަން ހުކުމްކޮށްފި
ބައްސާމްގެ ޕެންޓްހައުސް ޕޮލިހާ ހަވާލުކުރަން އަންގައިފި
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟