20 އޮކްޓޯބަރ 2024
އެކަމަކު މިއީ، ޒުވާން މި ދެމަފިރިންގެ ލޯބީގެ ވާހަކައެއް ނޫނެވެ. ކޮވިޑް ލޮކްޑައުންގައި ފޫހިވެފައި ތިބެ ހޮބީއަކަށް ފެށި 'ރީސޭލްވޭވް' ހިޓަކަށްވެ، އެންމެ ފަހުން ދެ މީހުންގެ ހިތް މިކަމަށް ހުސްވި ވާހަކަ އެވެ.
އެކަމަކު މިއީ، ޒުވާން މި ދެމަފިރިންގެ ލޯބީގެ ވާހަކައެއް ނޫނެވެ. ކޮވިޑް ލޮކްޑައުންގައި ފޫހިވެފައި ތިބެ ހޮބީއަކަށް ފެށި 'ރީސޭލްވޭވް' ހިޓަކަށްވެ، އެންމެ ފަހުން ދެ މީހުންގެ ހިތް މިކަމަށް ހުސްވި ވާހަކަ އެވެ.
ސޮފޫހް އަހުމަދާއި ސަޖާޔާ އަހުމަދު މަޑުކޮށްލައިގެން ތިބީ 'ރީސޭލްވޭވް' ގެ ނަމުގައި އެ މީހުން މާލޭގައި ހިންގާ ކުޑަކުޑަ 'ހެދުން' ފިހާރައިގެ ތެރޭގަ އެވެ. ފެންނަ ފެނުމުގައި މާލޭގެ އެހެން ހެދުން ފިހާރައަކާ މާ ބޮޑު ތަފާތެއް ނެތަސް 'ރީސޭލް' އަކީ މި ދެމަފިރިންގެ ހިތުގައި އޮތް ލޯބި އުފަންކުރުވި ވަރަށް ތަފާތު 'ބޭބީ' އެކެވެ.
"މިތަނުގައި މުޅިން ވެސް އަޅުގަނޑުމެން ވިއްކަނީ ސެކަންޑް ހޭންޑް އެއްޗެހި. ބައެއް މީހުން އައިސް އުޅޭނެ މި ތަނުގައި ހުންނަ ހެދުންތައް ރީތިވެފައި އަގުހެޔޮވީމަ ހައިރާންވެގެން ވެސް. ދެން ނޭނގެންޏާމު ބުނެލަން ކޮންމެ މީހެއް ކައިރީގަ ވެސް މި ހުރިހާ އެއްޗިއްސަކީ ވެސް ސެކަންޑް ހޭންޑް އެއްޗިއްސޭ،" ފިހާރަ ތެރޭގައި އަޅުވާފައި ހުރި ހެދުންތައް ކޮނޑުތަކުގައި ހެޔޮވަރު ކުރަމުން ސަޖާޔާ ބުނެލި އެވެ.
"މިއީ ސެކަންޑް ހޭންޑް އެއްޗިއްސޭ ބުނީމަ ނޫނީ ސެކަންޑް ހޭންޑް ހެދުންތަކެއްކަން އެނގުނީމަ ބައެއް މީހުން ދާނީ ވަގުތުން ނުކުމެގެން. އެއްވެސް އެއްޗެއް ނުގަނެ ނުކުމެގެން ދާނީ އަވަހަށް،"
ނަމަވެސް އާއިލާ އައި ރައްޓެހިންގެ އަތުގައި ފުނިޖެހިފައި ހުރި އެމީހުން ނުލާ ހެދުންތައް ހޯދައި އެއްކޮށް، ދޮވެ ނަލަކޮށް، އިސްތިރިކޮށް ޓެގު އަޅުވައިގެން މި ދެމަފިރިން 'ރީސޭލް' ހިންގާތާ މިހާރު މިއީ ހަތަރު ވަނަ އަހަރެވެ. މި މުއްދަތުގެ ތެރޭގައި މި މަސައްކަތަށް ހިތްޖެހި ބަންޑުންވެފައި ވަނީ ދެ މީހުންގެ އެކަންޏެއް ނޫނެވެ.
ސަޖާޔާ އިންޓަވިއު ދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސޮފޫހް އިންޓަވިއު ދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ބައެއް މީހުން މި ހެދުންތައް ގަންނަން ބޭނުން ނުވިޔަސް އާންމުކޮށް ވަރަށް ގިނަ މީހުންގެ ސަޕޯޓް ލިބޭ. މި ހެދުންތައް ގަންނަ މީހުން ވަރަށް ގިނަ. އަދި އެންމެ ފާހަގަވަނީ ތަކުރާރުކޮށް އަބަދުވެސް އެއް ބަޔަކު އަންނަކަން. އަދި އެ މީހުންގެ އަދަދު އިތުރުވަމުންދާކަން،" ފިހާރައިގެ މަސައްކަތަށް ހުރިހާ ވަގުތެއް ހުސްކޮށްލައިގެން ހުރި ސޮފޫހު ކިޔައިދިނެވެ.
މި ދެ މީހުން 'ރީސޭލްވޭވް' ފެށީ ކޮވިޑްގެ ބަންދު ތެރޭގައި ރައްޓެހިންނާއި އާއިލާގެ މީހުންގެ އަތުގައި 'ނުލައި ބާކީކޮށްލާފައި' ހުރި ހެދުންތައް އެއްކޮށްގެންނެވެ.
"ކޮވިޑާ އެކު ނޯޕޭ ލީވެއްގައި އޭރު ޖެހުނީ މަޑުކުރަން ގޭގައި. ދެން އެއީ އެންމެން ވެސް އޮންލައިން ޕޭޖުތައް ހަދައިގެން ތްރިފްޓް ޝޮޓްތައް ހިންގަމުން ދިޔަ ދުވަސްކޮޅެއް. އަޅުގަނޑުމެން ވެސް އެގޮތަށް ފަށައިގެން ސޭލް އަޅުވާލީމަ މީހުންތައް އައިސް ތިބޭނެ އޭރު ކިޔޫގައި ޖެހިގެން،" ގޭގައި އެންމެ ފުރަތަމަ ފެށި 'އޮންލައިން ފިހާރަ' ވައިގައި ހިފަން ފެށި ގޮތް ސަޖާޔާ ކިޔައިދިނެވެ.
"ހެދުންތަކަށް ޑިމާންޑް އޮތަސް ފެށިއިރު ވަރަށް އުނދަގޫ މިހާ ބައިވަރު ހެދުންތައް ހޯދަން. މީހުން ކައިރީ ކިޔައިގެން ވަރަށް އުނދަގުލުން ހަމަކުރަނީ އޭރު. އެހެންވީމަ އޭރަކު ނެތް މިގޮތަށް ޝޮޕެއް ހުޅުވައިގެން ހެދުންތައް ވިއްކާކަށް ވެސް. އެކަމަކު މީހުން މާ ގިނައިން އަންނަން ފެށީމަ، އެންމެ ފަހުން ހިތަށް އެރީ ފިހާރައެއް ވެސް ހުޅުވަންވީއޭ."
'ރީސޭލްވޭވް' ގައި ވިއްކަން ފަށާ އަގަކީ 35ރ. އެވެ. އެންމެ މަތީ އަގަކީ 150ރ. އެވެ.
ސަޖާޔާ އާއި ސޮފޫހް އެމީހުންގެ ކުޑަކުޑަ ފިހާރަ ތެރޭގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ބައެއް ފަހަރު މިތަނުން ލިބެން ހުންނާނެ ފެންވަރު ވަރަށް ރަނގަޅު ބްރޭންޑްތަކުގެ ހެދުންތައް ވެސް. މިސާލަކަށް 800ރ. އަށް ފިހާރައަކުން ގަނެފައި އޮންނަ ހެދުމެއް މީހަކު ދެ ތިން ފަހަރު ލާފައި އޮވެދާނެ ގޭގައި. އެ ހެދުން ކިތަންމެ އާވެފައި ބްރޭންޑެޑް ވިޔަސް އަޅުގަނޑުމެން މި ވިއްކާލަނީ 150ރ. އަށް ނުވަތަ އެ އަށް ވުރެ ދަށްކޮށް،" ސަޖާޔާ ކިޔައިދިނެވެ.
"މި ފިހާރައިގައި ވިއްކާ ހުރިހާ އެއްޗިއްސަކީ ވެސް ދިވެހިން އެއް ފަހަރު ބޭނުންކޮށްފައި، ނުވަތަ ބޭނުންނުކޮށް ބާކީކޮށްލާފައި ހުރި އެއްޗެހި. މުޅިން ވެސް މީހުން ހަދިޔާކުރާ ހެދުންތަކާއި މީހުންގެ އަތުން ހޯދައިގެން އެއްކޮށްގެން އޭގެ ތެރެއިން ކިއުރޭޓް ކޮށްފައިވާ ހެދުންތައް މިއީ."
ސަޖާޔާ ބުނިގޮތުގައި ފަށައިގަތްއިރު ހެދުންތައް ހޯދައި އެއްކުރަން އުނދަގޫވި ނަމަވެސް 'ރީސޭލް' ގެ ޚަބަރު ރަށު ތެރެއަށް ފެތުރުނު ހިސާބުން ހެދުންތައް ލިބެން ފެށީ ގެންގުޅެން އުނދަގޫވާ މިންވަރަކަށެވެ. މި މަސައްކަތް ފަށައިގެން އެންމެ ބޮޑަށް ދަސްވި ކަމަކީ ހެދުން އައުކޮށް ބައުކޮށްލުމުގެ ލައިފްސްޓައިލް ދިވެހިންގެ ތެރޭގައި އޮތް މިންވަރު ކަމަށެވެ.
"މިގޮތަށް އެއްޗެހިތައް ހޯދަން ފެށީމަ އަސްލު އެނގެނީ މީހުންގެ އަތުގައި ބޭނުން ނުކުރާ ހެދުންތައް ހުރި ގިނަކަން. އޭގެ ތެރެއިން ވެސް އަޅުގަނޑުމެން އަދި މިތަނަށް ގެނެސްގެން މި ވިއްކަނީ ވަރަށް މަދު މިންވަރެއް. އެ މީހުންގެ އަތުގައި ހުންނަ، ނުލާ ހެދުންތައް ކޮތަޅުތަކަށް އަޅާފައި ފޮނުވާލާއިރު ވަރަށް ބައިވަރު ހެދުންތައް އޭގެ ތެރޭގައި ހުރޭ،" އާންމުކޮށް އާދައިގެ ކޮތަޅެއްގައި ވެސް ސަތޭކައާ ގާތްކުރާ ވަރަކަށް ހެދުން ހުންނަކަން ފާހަގަކޮށް ސަޖާޔާ ބުންޏެވެ.
'ރީސޭލްވޭވް' ފިހާރައިގައި ހުރި ޖީންސްތަކާއި ފައިވާން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"މިހާރު ބޮޑެތި ފޮށިފޮށިތަކުގައި ބަންދުކޮށްފައި ވެސް ލިބޭނެ. ޕިކަޕެއް ފުރެންދެން ވެސް ލިބުނު ހެދުންތައް. އެގޮތަށް ލިބުނީމަ އެ ހުރިހާ ހެދުންތަކެއްގެ ތެރެއިން އެންމެ ކަމުދާ އެއްޗެހިތައް ވަކިކޮށް ހޮވައިގެން މި ފިހާރައިގައި ވިއްކަނީ." ސަޖާޔާ ބުންޏެވެ.
"ދެން ނުނަގާ ބާކީވާ ހެދުންތައް އަލުން ބަންދުކޮށް ރަށްރަށުގެ އެކި ޖަމިއްޔާތަކަށް ފޮނުވަނީ ކުރިން. އެކަމަކު އެންމެ ފަހުން ވެސް މަމްސް އެންޖީއޯ އަށް ފޮނުވި ހެދުންތައް ގިނަ ކަމުން އަދިވެސް ބަހައި ހުސްނުވާތީ އަބަދު އެގޮތަށް ޖަމިއްޔާތަކަށް ހަދިޔާ ކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫން."
ސަޖާޔާ ބުނިގޮތުގައި، އޭނާ ލާ ގިނަ ހެދުންތަކަކީ ވެސް މިހާރު އެ ފިހާރަ އަށް އެކި މީހުން ފޮނުވާ ހެދުންތަކުން ހޮވައިގެން ލާ އެއްޗެހިތަކެވެ. އެ ހެދުންތައް ލައި ހިތްފުރުމުން އޭނާ އެ ހެދުންތައް ބައުކޮށްފައި އުކާލަނީކީއެއް ވެސް ނޫނެވެ.
"އަޅުގަނޑަށް ރީތިވާ ހެދުމެއް ނަމަ ލައިގެން އުޅެފައި ދުވަސްކޮޅެއް ވީމަ އެ ހެދުން ދޮވެފައި ރީތިކޮށްގެން ފިހާރައިގައި ވިއްކަނީ. މި ފިހާރަ އިން ހެދުން ގަންނަ ކަސްޓަމަރުން ވެސް ގަނެގެން އެ ގެންދާ ހެދުންތައް ވެސް ފަހުން އައިސް ފިހާރައާ ހަވާލުކުރާނެ. އެގޮތަށް ވީހާ ވެސް ގިނައިން ހެދުންތައް ރީސައިކަލް ކުރެވޭތޯ ބަލަނީ އަޅުގަނޑުމެން،" ސަޖާޔާ ބުންޏެވެ.
"މިހާރު ނުދަންނަ މީހުން ވެސް އަންނާނެ ހެދުންތައް ހިފައިގެން ފިހާރަ އަށް. ބައެއް މީހުން ގެންނާނެ ބޮޑެތި ސޫޓް ކޭސް ދަބަސް ފުރާ ހުންނަ ހެދުންތައް ވެސް. މީހުން އަތުން ހެދުންތައް ލިބުނީމަ ސިލެކްޓްކޮށްފައި، ޑެމޭޖުވެފައި ހުންނަ އެއްޗެހި ފިކްސްކޮށްފައި ދެން ދޮންނާނީ. އެ އަށް ފަހު ފިހާރައިގައި ވިއްކަން ބަހައްޓާނީ."
'ރީސޭލް' ގައި އެންމެ ގިނައީ އަންހެނުންގެ ހެދުންތަކާއި ފައިވާނާއި އަތްދަބަހެވެ. ފެށިއިރު ފިރިހެނުންގެ 'ސެކަންޑް ހޭންޑް' ހެދުންތަކާއި ކުޑަކުދިންގެ ހެދުންތައް ވެސް އާންމުކޮށް ވިއްކައި އުޅުނެވެ.
ސަޖާޔާ އާއި ސޮފޫހް އިންޓަވިއު ދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސޮފޫހް އާއި ސަޖާޔާގެ ރީސޭލް: ފިހާރަ ހުޅުވުމުގެ ކުރިން ދެ މީހުން މި ހެދުންތައް ވިއްކީ ގޭގައި އަދި އޮންލައިންކޮށް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އަންހެނުންގެ އެއްޗިއްސަށް ހާއްސަވި ސަބަބަކީ، މި ހުރިހާ އެއްޗިއްސަކީ ވެސް ދިވެހިން އެއް ފަހަރު ބޭނުންކޮށްފައި ހުންނަ އެއްޗިއްސަށް ވާއިރު ފިރިހެނުންނާއި ކުޑަކުދިންގެ ހެދުންތަކަށް ބަލާއިރު އެހާ ކޮލިޓީ ނުވަތަ ފެންވަރު ރަނގަޅު އެއްޗެހިތަކެއް ނުލިބޭ. އެކަމަކު އަންހެނުންގެ ހެދުންތައް ވަރަށް އާވެފައި ފެންވަރު ރަނގަޅުކޮށް ހުއްޓާ ލިބޭ،" ސަޖާޔާ ކިޔައިދިނެވެ.
އޭނާ ބުނީ އާންމުކޮށް މީހުން އަތުން ސެކަންޑް ހޭންޑް ހެދުންތައް އެ މީހުން ގަންނަނީ 10ރ. އާއި 15ރ. އާއި 30ރ. ގެ ރޭޓުތަކަށް ކަމަށެވެ. އެ އަގު ކިތަންމެ ކުޑަވިޔަސް މިއީ އެއްގޮތަކަށް ވެސް ކުރަން ފަސޭހަ ކަމެއް ނޫންކަން ދެ މީހުން ވެސް ފާހަގަކުރި އެވެ.
"މިއީ އަސްލު ވަރަށް ބުރަ ކަމެއް. މިގޮތަށް މަގުމަތިން ދާ މީހާ އަށް، ކުޑަކުޑަ ރީތި ފިހާރައެއްގެ ތެރޭގައި ހެދުންތައް މިގޮތަށް އަތުރާފައި ހުންނަ ތަން ފެނުނަސް ނޭނގޭނެ މިއީ ކިހާ ވަގުތަކާއި މަސައްކަތެއް ކޮށްގެން ދެ މީހަކު މި ފިހާރައާ ހަމަ އަށް ގެންނަ ހެދުންތަކެއް ކަމެއް ވެސް،" ސޮފޫހް ބުނެލި އެވެ.
"ކުރިން އަދި ދެ މީހުން ދާނީ ސައިކަލްގައި އެކި މީހުންގެ ގެތަކަށް ގޮސް ހެދުންތައް ކޮތަޅުތަކުގައި ބަންދުކޮށްގެން ގެންނާނީ. އޮންލައިންކޮށް އޯޑަރުކޮށްލީމާ އަޅުގަނޑުމެން ގެއަށް ޑެލިވާ ވެސް ކޮށްދެން."
އެއީ ތެދެކެވެ. އެއް ބަޔަކު ލައި ބައުކޮށް ނުވަތަ ދެތިން ފަހަރު ލައި ބާކީކޮށްލާ ހެދުންތައް މުޅި މާލެއިން ހޯދައި އެއްކޮށްގެން، ބަލައި ފާސްކޮށް އޭގެ ތެރެއިން އެންމެ ރީތި ހެދުންތައް ހޯދައިގެން ދޮވެ އިސްތިރިކޮށް، އެ ހެދުންތަކަށް ހާއްސަ ފިހާރައެއް ހުޅުވައިގެން، ކަސްޓަމަރުންގެ އިންތިޒާރުގައި ތިބެވޭނީ އެކަމަށް ވަރަށް ބޮޑަށް ހިތްޖެހިގެންނެވެ.
'ރީސޭލްވޭވް' އަކީ ހަމަ އަސްލަށް ވެސް ލޯބީގެ ތަފާތު ވާހަކަ އެކެވެ. ފެޝަނަށް ހާއްސަ 'އާޓް ގެލަރީ' އެކެވެ.
އުފާވެރި ފޮޓޯގަނޑެއް، އެކަމަކު ހާލު ކިހިނެއް؟
ހަމްދާ ޕޯޑިއަމްގައި ކިޔައި ނުދިން ހުރިހާ ވާހަކައެއް
އައްޑޮ އަށް އައު ފެށުމެއް އެކަމަކު ފުރަތަމަ، ބޭހުގެ ވާހަކަ
ވެމްކޯގައި އައްޒަ ސާފުކޮށްދިނީ މުޅިން އެހެން މަންޒަރެއް
މި ބާޒާރުގައި "ހަމަ" އެއް ކަމެއް ވެސް ނެތް
ތުއްޓޭގެ ކެމެރާގެ ފަހަތުގައި ފަސް ތަރީގެ ވާހަކަތައް
މި ދެބެއިން ބެލި ހުވަފެނުގައި ޖެއްސި ކުލަތައް
ޖިމަށް ވަދެ ދިރިއުޅުން ބަދަލުކޮށްލައިފި
އެންމެން ބުނި އެތި ކެންސަލް: ކާއްޓޭ މިހާރު އުދުހެނީ
ޑޮކްޓަރު ދޮންތުއްތުގެ ވާހަކަ އަޑު އެހިންތަ؟