21 އޮކްޓޯބަރ 2024
ބޭސް ސިޓީގައި، ޔޫރަޕް ކޮލިޓީގެ ބޭސް ލިޔާ ގޮތަށް އާސަންދަ ކުންފުނިން ބަދަލެއް ގެނެސްފި އެވެ.
ބޭސް ސިޓީގައި، ޔޫރަޕް ކޮލިޓީގެ ބޭސް ލިޔާ ގޮތަށް އާސަންދަ ކުންފުނިން ބަދަލެއް ގެނެސްފި އެވެ.
ދިވެހިންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ކަށަވަރު ކޮށްދިނުމަށް ކަމާގުޅޭ ފަރާތްތަކުން އަންނަނީ ބަލްކް ޕްރޮކިއުމަންޓް އުސޫލުން ޔޫރަޕުން ބޭސް ގެންނަމުންނެވެ. ފުރަތަމަ ފިޔަވަހީގައި، މިދިޔަ ޖުލައި މަހު ފުރަތަމަ ހަތް ބޭހެއް ގެނެސްފައިވެ އެވެ.
އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ގެނައި ހަތް ބޭހާއެކު ޑޮކްޓަރުން ބޭސް ސިޓީ ލިޔާގޮތަށް ބަދަލެއް ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި ހަތް ބޭހުގެ ވަކި ބްރޭންޑެއްގެ ނަން ޖެހުމުގެ ބަދަލުގައި ޖެނެރިކް ނަން ޖަހަން ޖެހޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ. ބޭސް ސިޓީގައި ވަކި ބްރޭންޑެއް ޖަހާނަމަ ސަބަބު ޖަހަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭހަށް ކުރާ ހޭދަ ކުޑަކުރަން ސަރުކާރުން އަންނަނީ ބަލްކް ޕްރޮކިއުމަންޓުން ބޭސް ގެންނަމުންނެވެ.
އާސަންދަ ކުންފުނީގެ މެޑިކަލް އިންވެސްޓިގޭޝަން ސެކްޝަންގެ މެނޭޖަރު، މަރިޔަމް ފަޔާޒާ "މިހާރު" އަށް ކުރިން ވިދާޅުވީ މި އަހަރު ގެންނަ ފުރަތަމަ 10 ބޭހާއެކު ބަޖެޓުން މި އަހަރު ދެ މިލިއަނެއްހާ ރުފިޔާ ސަލާމަތްވާނެ ކަމަށެވެ. އަދި އަހަރެއްގެ މައްޗަށް 10 މިލިއަނެއްހާ ރުފިޔާ ސަލާމަތްވާނެ ކަމަށް ފަޔާޒާ އޭރު ވިދާޅުވި އެވެ.
އޭގެ ތެރެއިން މިހާތަނަށް ހަތް ބޭހެއް ވަނީ ގެނެސްފަ އެވެ.
ސަރުކާރުން މަސައްކަތް ކުރަނީ އަސާސީ ބޭސް ލިސްޓުގައި މިހާރު ހިމެނޭ ހުރިހާ ބޭހެއް ޔޫރަޕް ކޮލިޓީގައި އެސްޓީއޯ މެދުވެރިކޮށް ގެންނާށެވެ. އެ ލިސްޓުގައި މިހާރު 400 ބޭސް ހިމެނޭއިރު، އެ ލިސްޓަށް ބޭސް ގެނެސް ނިމުމުން 300 މިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އާސަންދައިން ލަފާކުރެ އެވެ.
"ފޭސްތަކަކަށް ބަހާލައިގެން، ހަމަ އިތުރު ބޭސްތައް ވެސް އަންނާނެ. ފުރަތަމަ ރޯލްއައުޓް ކުރެވެނީ ހަތް ބޭސް. އިތުރަށް އެބަ އާދޭ ތިން ބޭހެއް. ޖުމްލަ 10 ބޭހެއް މިއަހަރު ރޯލްއައުޓް ކުރަން ފެށޭނެ. ކުރިއަށް ހުރި ބޭސްތަކަށް ވެސް އޯޑަރު ޖެހުމުގެ މަސައްކަތް ކުރިއަށް ދޭ. ކޮންޓިނިއުސް ޕްރޮސެސްއެއް މިއީ. ކޮންމެ އަހަރަކު 300 މިލިއަން [ސަލާމަތް] ނުވެދާނެ، އެކަމަކު ޓާގެޓަކީ ފުދޭވަރަކަށް ބޮޑު ސޭވިންއެއް އަންނާނެ ކަމަށް ބަލައިގެން މި ކުރިއަށް ގެންދަނީ." ފަޔާޒާ ވިދާޅުވި އެވެ.
ޔޫރަޕް ކޮލިޓީގެ މިންގަނޑަށް ފެތޭ ބޭސްތައް އިންޑިއާ އާއި ބަންގްލަދޭޝް އާއި ޕާކިސްތާން ފަދަ ގައުމުތަކުގައި ވެސް އުފައްދަ އެވެ. މި ފަހަރު ވެސް ޔޫރަޕްގެ ބައެއް ގައުމުތަކާއި އިންޑިއާއިން ބޭސް ގެނަ އެވެ.
ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލް ކޮށްފި
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
ބޭހުގައި މައްސަލައެއް އުޅޭ ނަމަ ރިޕޯޓްކުރަން އެދެފި
ބޭހަށް އާސަންދައިން ދޭ އަގުތައް މުރާޖައާކުރަން ފަށައިފި
އާސަންދަ މެދުވެރިކޮށް މަކަރާއި ހީލަތް
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި
ބޮޑު ފައިދާގައި ބޭސް ވިއްކުން ހުއްޓުވަން އަންގަވައިފި
މައި ކެމިސްޓްގެ ވެރިޔާ އަށް ދައުވާކުރަން ފޮނުވައިފި
ސޮފްޓްވެއާ އަޕްޑޭޓްކުރަން މާދަމާ އެސްޓީއޯ ފާމަސީތައް ބަންދު