ޣައްޒާގައި ދެމުންދާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކޮށް، ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމަށް ކުރާ މަސައްކަތަށް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަރިސް މީހަކާއި އިތުރު ބަޔަކު ލީކުކޮށްލި ދޮގު ލިޔުންތަކުގެ ސަބަބުން ހުރަސް އެޅިފައިވާވުން އެކަށީގެންވާ ކަމަށް އިޒްރޭލުގެ ކޯޓަކުން ބުނެފި އެވެ.
ޣައްޒާގައި ދެމުންދާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކޮށް، ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމަށް ކުރާ މަސައްކަތަށް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަރިސް މީހަކާއި އިތުރު ބަޔަކު ލީކުކޮށްލި ދޮގު ލިޔުންތަކުގެ ސަބަބުން ހުރަސް އެޅިފައިވާވުން އެކަށީގެންވާ ކަމަށް އިޒްރޭލުގެ ކޯޓަކުން ބުނެފި އެވެ.
ނަތަންޔާހޫގެ މުވައްޒަފުންގެ މި އަމަލުތަކާ އޭނާއާ ގުޅުމެއް ނެތް ކަމަށް ބުންޏަސް އިދިކޮޅު ފަރާތްތަކާއި ރަހީނުންގެ އާއިލާތަކުން ތުހުމަތު ކުރަނީ މިއީ ސުލްހައިގެ ވާހަކަތައް ނާކާމިޔާބުކޮށްލަން ނަތަންޔާހޫ އަޑީގައި ހުރެގެން ހިންގި އަމަލެއް ކަމަށެވެ.
އިނގިރޭސިވިލާތުގެ ޖުވިޝް ކްރޮނިކަލް އާއި ޖަރުމަނުގެ ޓެބްލޮއިޑް ބިލްޑަށް މި ލިޔުންތައް ލީކުވެފައި ވަނީ ރަހީނުން މިނިވަންކުރުމުގެ މަޝްވަރާތަކަށް ވަރަށް މުހިންމު ދަނޑިވަޅެއްގަ އެވެ.
އެ ލިޔުންތަކުގައި ބުނެފައިވަނީ ހަމާސް އިން މިސްރަށް އިޒްރޭލުގެ ރަހީނުން އެތެރެކުރަން ރާވަމުންދާ ކަމަށެވެ.
ބައެއް ތަޖުރިބާކާރުން ބުނަނީ މި ލިޔުންތަކުގައިވާ ވާހަކަތަކަކީ އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ މަޝްވަރާތަކުގައި ނަތަންޔާހޫ ގެންގުޅޭ ހަރުކަށި ސިޔާސަތަށް ސިޔާސީ ގޮތުން ފައިދާވާނެ ވާހަކަތަކެއް ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އެ ލިޔުންތައް ޝާއިއުކުރުމާ އެކު އިޒްރޭލު ސިފައިން ވަނީ ލީކުވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ފަށައިފަ އެވެ. އެ ތަހުގީގުގެ ތެރެއިން ނަތަންޔާހޫގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ އެލީ ފެލްޑްސްޓެއިން އާއި އިތުރު ތިން މީހަކު ހައްޔަރުކުރި އެވެ. ފެލްޑްސްޓެއިން އަކީ ސަރުކާރުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކޮށް އަދި ނަތަންޔާހޫއާ އެކު ދަތުރުތަކުގައި ވެސް ފެންނަ މީހެކެވެ. އޭނާ ކުރިން ވަނީ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރު ބެން-ގްވީރަށް ވެސް މަސައްކަތްކޮށްދީފަ އެވެ. އަދި ސިފައިންގެ ތަރުޖަމާނަކަށް ވެސް އުޅުނެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް ޖަމާއަތުން ރަހީނުކުރި 251 މީހުންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން އަދިވެސް ނުފެނެ އެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ބޭނުމަކީ އެ މީހުން މިނިވަންކުރުން ކަމަށް ބުނާއިރު ހަމަލާތައް ހުއްޓާލަން ހަމާސްއާ އެކު މިހާތަނަށް ކުރި ހުރިހާ މަޝްވަރާއެއް ވެސް ފެއިލް ވެފައި ވަނީ ނަތަންޔާހޫގެ ސަބަބުން ކަމަށް ހަމާސް އިން ބުނެފައިވެ އެވެ.
އިޒްރޭލުގެ މިނިވަންވި ރަހީނުން އެދެނީ ސުލްހަވާން
"ރަހީނުކުރީ ހަމާސް އިން، ދުޝްމަނަކީ ނަތަންޔާހޫ"
އަލުން ހަމަލާތައް ފަށާނެކަމުގެ އިންޒާރު ނަތަންޔާހޫ ދީފި
ޓްރަމްޕުގެ ޕްލޭން ތަންފީޒުކުރާނަން: ނަތަންޔާހޫ
ހަމަލާތައް އަލުން ފަށަންޖެހޭ ނަމަ ފަށާނަން: ނަތަންޔާހޫ
ނަތަންޔާހޫ ހައްޔަރުކުރުމަށް ޔޫކޭގެ ސާފު ޖަވާބެއް ނެތް
ނަތަންޔާހޫ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކޮށްފި
ލުބްނާންގައި ދޭ ހަމަލާތަކެއް ނުހުއްޓާނަން: ނަތަންޔާހޫ
ހަނގުރާމައިގެ ވަރުގަދަ މަރުހަލާ ނިމެނީ ކަމަށް ބުނެފި
ނަތަންޔާހޫއާ ދެކޮޅު މުޒާހަރާޔަށް މީހުން ގިނަވެއްޖެ