ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށްޓަކައި "ގައުމީ ކުޅިވަރު ފަންޑު" ގެ ނަމުގައި ފަންޑެއް ގާއިމްކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށްޓަކައި "ގައުމީ ކުޅިވަރު ފަންޑު" ގެ ނަމުގައި ފަންޑެއް ގާއިމްކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި ފަންޑަކީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ކެބިނެޓަށް ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް އިއްޔެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހު އެ މަޖިލީހުގެ ލަފަޔާ އެއްގޮތަށް ގާއިމްކުރާ ފަންޑެއް ކަމަށެވެ.
"ގައުމީ ކުޅިވަރު ފަންޑުގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްގީކުރުމަށާއި، ދިވެހި ކުޅިވަރު ޖަމާއަތް ނުވަތަ ކުޅިވަރު އާއިލާ ބާރުވެރިކުރުވުމުގެ މަގުސަދުގަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
މި ފަންޑަށް ގާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި ކުޅިވަރު ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.
ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް މިހާރު ބަޖެޓް ދެނީ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން އަހަރުން އަހަރަށެވެ. އަދި އެސޯސިއޭޝަންތަކަށް، އެ ކުޅިވަރެއް ނިސްބަތްވާ ބޭރުގެ ފެޑެރޭޝަންތަކުން ވެސް އެހީ ފޯރުކޮށްދެ އެވެ.
ސުޕްރީމްކޯޓުގެ ބެންޗް ކުޑަކުރާ ބިލު އަނބުރާ މަޖިލީހަށް
ސަރުކާރުން ހިލޭ ހައްޖަށް ފޮނުވާ މީހުން ކަނޑައަޅައިފި
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ
އަންގާރައިން ފެށިގެން މަސްކޭސް ދޭނީ މިފްކޯ ފިހާރަތަކުން
ދިވެހި އަންހެނުންނަށްޓަކައި ގައުމު ފަހުރުވެރިވޭ: ރައީސް
މާލޭ ދެޓާމިނަލެއްގެ ބަނދަރު ފެރީތަކަށް ހުޅުވާލަނީ
ރަސްފަންނު އާންމުންނަށް ވަގުތީގޮތުން ހުޅުވާލައިފި
"އަޒުމަކަށް ހަދަންވީ ދީނަށް އަމަލުކުރާ މީހަކަށް ވުން"
ހޯމަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހައި ނިންމަނީ
ޝައިހު އިސްމާއިލްގެ ހަރަދުގައި ހުޅުމާލޭގައި މިސްކިތެއް