Roadha Mihaaru
އާސަންދައިން ފަރުވާކޮށްދޭން ބޭރުގެ ދެ ހޮސްޕިޓަލަކަށް

އާސަންދައިން ބޭސްފަރުވާ ކޮށްދޭން އިންޑިއާގެ ދެ ހޮސްޕިޓަލަކާ އެކު ސޮއިކޮށްފި

13 ނޮވެމްބަރ 2021

އާސަންދައިން ބޭސްފަރުވާ ކޮށްދިނުމަށް އިންޑިއާގެ އިތުރު ދެ ހޮސްޕިޓަލަކާ އެކު ސަރުކާރުން ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާސަންދައިން ބޭސްފަރުވާ ކޮށްދިނުމަށް އިންޑިއާގެ އިތުރު ދެ ހޮސްޕިޓަލަކާ އެކު ސަރުކާރުން ސޮއިކޮށްފި އެވެ.

ޗެންނާއީގައި ހުންނަ ޑރ. ރެލާ އިންސްޓިޓިއުޓް އެންޑް މެޑިކަލް ސެންޓަރާ އެކު މިދިޔަ ބުދަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ. ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ހޮސްޕިޓަލު، ރެއިންބޯ ޗިލްޑްރަންސް މެޑިކެއާ ހޮސްޕިޓަލާ އެކު ސޮއިކޮށްފައިވަނީ މިިދިޔަ މަހުގެ 17 ގަ އެވެ.

އިންޝުއަރެންސް ސްކީމުގެ ދަށުން މިހާރު ވެސް ބޭރުގެ 45 ހޮސްޕިޓަލަކުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ. އެއީ އިންޑިއާގެ 36 ހޮސްޕިޓަލަކާއި ސްރީ ލަންކާގެ ނުވަ ހޮސްޕިޓަލެކެވެ.

ޗެންނާއީގައި ހުންނަ ޑރ. ރެލާ އިންސްޓިޓިއުޓް އެންޑް މެޑިކަލް ސެންޓަރާއެކު އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު އެއްބަސްވުމުގައި ސޮއިކުރައްވަނީ.-- ފޮޓޯ: އާސަންދަ

ޗެންނާއީގައި ހުންނަ ޑރ. ރެލާ އިންސްޓިޓިއުޓް އެންޑް މެޑިކަލް ސެންޓަރާއެކު އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު އެއްބަސްވުމުގައި ސޮއިކުރައްވަނީ.-- ފޮޓޯ: އާސަންދަ

އާސަންދައިން ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ކުރެވޭ ހޮސްޕިޓަލްތައް އިތުރުކުރަމުންދާއިރު، އެ ސްކީމަށް އަންނަ އަހަރު 731 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ. މިއީ މި އަހަރު ކަނޑައެޅި އަދަދަށްވުރެ އިތުރު އަދަދެކެވެ.

މި އަހަރު އާސަންދައަށް ކަނޑައެޅީ 717 މިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ބަޖެޓުގެ ތެރެއިން އިޖުތިމާއީ ރައްކާތެރިކަމަށް ކޮންމެ އަހަރަކު ހަރަދުކުރާ ފައިސާގެ އެންމެ ބޮޑުބައި ހަރަދުކުރަނީ އާސަންދަ އަށެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އިޖުތިމާއީ ރައްކާތެރިކަމަށް ކަނޑައަޅާފައި އޮތީ ޖުމްލަ 3.1 ބިލިޔަން ރުފިޔާ އެވެ.