އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް ތާވަލާ އެއްގޮތަށް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބުނެފި އެވެ.
20 ނޮވެމްބަރ 2024
އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް ތާވަލާ އެއްގޮތަށް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބުނެފި އެވެ.
މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި އެމްޑީޕީން ވަނީ "އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު އަވަސްކުރުމަށް ބާރުއެޅުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް ހުށަހަޅައިފަ އެވެ. ނަމަވެސް އެ ގަރާރު މަޖިލީހުން ވަނީ ބޭރުކޮށްލައިފަ އެވެ.
ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ގަރާރު ބަލައިނުގަތުމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުން މިއަދު ވޯޓު ދިނީ މިއަދު މަޖިލީހުގައި ކުރަން ހުރި މަސައްކަތްތަކުގެ ވަގުތު ނަގާލުމުގެ ބޭނުމުގައި ހެޔޮ ނިޔަތެއް ނެތި މަޖިލީހަށް ވެއްދި ގަރާރެއް ކަމަށް ފެންނާތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ބައިނަލްއަގުވާމީ މަސްރަހުގައި އެންމެ ހަރުއަޑުން ކުށްވެރިކޮށް، ގާޒާއަށް އިންސާނީ އެހީތެރިކަން ހުއްޓުމެއް ނެތި ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމު ކުރުމަށާއި، އިޒްރޭލުގެ އަނިޔާވެރި އަމަލުތަކާމެދު ޖަވާބުދާރީ ކުރުވުމަށް އެންމެ ވަރުގަދައަށް ވަކާލާތު ކުރައްވާ އެއް ލީޑަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
"ރާއްޖޭގައި މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ރައީސް މުއިއްޒު ކުރާކަން، ރާއްޖޭގެ ރައީސްކަން ކުރީން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންވެސް ދަނީ މީޑިއާގައި ފާހަގަ ކުރައްވަމުން،" އެ ބަޔާނުގައިވެ އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް މިހާތަނަށް ދިނީ ވެސް ޕީއެންސީ ސަރުކާރުގެ އެއް އަހަރުގެ ތެރޭގައި ކަމަށާއި އަދި ސަރުކާރާއި ޕާޓީ ވެސް ދެމި އޮންނާނީ ފަލަސްތީނުގެ ހައްގުގައި ކަމުގެ ޔަގީންކަން ދޭ ކަމަށް ޕީއެންސީގެ ބަޔާނުގައިވެ އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު މަޖިލީހަށް ހުށަހެޅި ގަރާރުގައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ އަމަލު ހިންގަމުން އަންނަތާ އަހަރެއް ވެފައިވާއިރު، ސަރުކާރުން އެކަން ކުށްވެރިކުރުން ފިޔަވައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 63 މެންބަރުން ވޯޓު ދެއްވީ އެ ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށެވެ. އަދި ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ. އަދި އެ ގަރާރާ އެއްކޮޅަށް ޕީއެންސީގެ ނައިބު ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގް (ޓޮމް) ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް ޕީއެންސީގެ އެއް މެންބަރަކު ވޯޓު ދެއްވި އެވެ. އަދި ޕީއެންސީގެ އިތުރު ފަސް މެމްބަރަކު ވޯޓުގައި ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަސް ހޯދަނީ
އިޒްރޭލްގެ ޕާސްޕޯޓް ބިލް ފެބްރުއަރީގެ ކުރިން ނުނިމޭނެ
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރާ ބިލްގެ މަސައްކަތް ފަށަނީ
އިޒްރޭލު ޕާސްޕޯޓު މަނާކުރުން އަވަސް ކުރަން އެދިއްޖެ
އިޒްރޭލްޕާސްޕޯޓު މަނާކުރާ ބިލް "ތާށިވި" ސަބަބު ހޯދަނީ
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލަށް ޕީއެންސީގެ ތާއީދު
ޕާސްޕޯޓް މަނާކުރުމަށް މީކާއިލް ހުށަހެޅުއްވި ބިލް މާދަމާ
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ބިލެއް ހުށަހަޅައިފި
ރަފާއަށް އެރުން ހުއްޓުވަން މަސައްކަތް ކުރަން ގޮވާލައިފި
އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ ޒަމީރު ކޮމިޓީއަށް ގެންދަނީ