އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އަޑުއެހުމަށް ހާޒިރުނުވުމުން ޖޫރިމަނާކުރީ، މުވައްޒަފެއްގެ އިހުމާލުން ކަމަށާއި އެ މުވައްޒަފާ ދޭތެރޭ ފިޔަވަޅު އަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
22 ނޮވެމްބަރ 2024
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އަޑުއެހުމަށް ހާޒިރުނުވުމުން ޖޫރިމަނާކުރީ، މުވައްޒަފެއްގެ އިހުމާލުން ކަމަށާއި އެ މުވައްޒަފާ ދޭތެރޭ ފިޔަވަޅު އަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މައުލޫމާތު ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން މިނިސްޓްރީގައިވާ މައުލޫމާތުތައް ކަނޑައެޅިފައިވާ މުއްދަތުތަކުގައި ފޯރުކޮށްދިނުމަކީ އިސްކަންދޭ ކަމެއް ކަމަށެވެ.
ނަމަވެސް، އައިކޮމްގެ އޮފީހުން ހައުސިން ޖޫރިމަނާކުރީ އެ މިނިސްޓްރީގެ މުވައްޒަފެއްގެ އިހުމާލުން ކަމަށް ވާތީ އެ މުވައްޒަފާ ދޭތެރޭ ސިވިލް ސާވިސް ގަވައިދުގެ މަތިން ފިޔަވަޅު އަޅާފައިވާ ކަމަށް ބުންޏެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންފޮމޭޝަނަށް އޮފިސަރު، އޭނާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް، އެ ފަދަ ކަމެއް ތަކުރާރުނުކުރުމަށް އެދި ލިޔުމަކުން އިންޒާރު ދީފައިވާ ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހައުސިން މިނިސްޓްރީ އަށް ހުށަހަޅާފައިވާ ސުވާލުތަކަށް އެއްވެސް ޖަވާބެއް ދީފައި ނުވާތީ، އެ މައުލޫމާތު ހޯދަން ހުށަހެޅި ފަރާތުން ވަނީ އެ މައްސަލަ އައިކޮމް އަށް ހުށަހަޅައިފަ އެވެ. އެ ޝަކުވާއެއް ބެލުމަށްޓަކައި އެ މިނިސްޓްރީއާ އެކު މި މަހުގެ ހަތްވަނަ ދުވަހު ބައްދަލުވުމެއް ތާވަލުކުރި އެވެ.
އައިކޮމްގެ ބައްދަލުވުމަށް މަގުބޫލު ސަބަބެއް މެދުވެރިވެގެން ހާޒިރުވެވެން ނެތް ނަމަ ބައްދަލުވުން ފެށުމަށް ކަނޑައަޅާފައިވާ ގަޑީގެ މަދުވެގެން އެއް ގަޑިއިރު ކުރިން އެކަން އަންގަން ވާނެ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި އޮވެ އެވެ.
އެ ގަވައިދަށް އަމަލުކޮށްފައި ނުވާތީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ހައުސިން މިނިސްޓްރީ 350ރ. އިން އިއްޔެ ޖޫރިމަނާކޮށްފަ އެވެ. މިއީ، އެ އޮފީހުން މިހާތަނަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކޮމިޝަންގެ ނިންމުމަކަށް އަމަލު ނުކޮށްގެން ރައީސް އޮފީހުގެ މައްސަލައެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅާފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ ޖޫރިމަނާކުރުން ފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކަމާގުޅޭ އުސޫލުތައް ހަރުދަނާކުރަމުން އަންނަ ކަމަށެވެ.
މައުލޫމާތު ނުދޭން ސަބަބު ދައްކަނީ ދޮށި އުކާ އުސޫލުން
އައިކޮމްގެ އަޑުއެހުމަކަށް ނުދިއުމުން ޖޫރިމަނާކޮށްފި
އައިކޮމްގެ ނިންމުންތައް ސުޕްރީމް ކޯޓަށް ނުބެލޭނެ:މަހާޒު
ވަކިކުރި ސިޔާސީމުވައްޒަފުންގެ ނަން ހާމަކުރަން އަންގައިިފި
"މުވައްޒަފުންގެ ނަން ނުދިނީ ކޯޓުގެ ހުކުމެއް އޮތީމަ"
"އިންފޮމޭޝަން އޮފިސަރަށް ދައުވާކޮށް ޖަލަށްލެެވޭނެ"
ފޮރިން މިނިސްޓްރީގައި ތިބީ ސިޔާސީ 129 މުވައްޒަފުން
ފޮރިން މިނިސްޓްރީން ސިޔާސީ މުވައްޒަފުންގެ އަދަދު ނުދިން
އާރުޓީއައިއަށް ޖަވާބުނުދީގެން ހުށަހަޅާ މައްސަލަތައް ގިނަ
ދައުލަތުގެ ކުންފުނިތަކަށް އާރްޓީއައި:ބްލޭންކް ޗެކެއްތަ؟