Roadha Mihaaru

ދެކުނު ކޮރެއާގެ ރައީސް ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށްފި

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް މާޝަލް ލޯ ތަންފީޒުކޮށް ގައުމު ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލިތާ ހަފުތާއެއް ވެސް ނުވަނީސް އޭނާ ގައުމުން ބޭރަށް ވަޑައިގަތުން މިހާރު މަނާކޮށްފައިވާ ކަމަށް ޖަސްޓިސް މިނިސްޓްރީން ބުނެފި އެވެ.

ދެކުނު ކޮރެއާގެ ރައީސް "ރަށު ބަންދު" ކޮށްފި

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް މާޝަލް ލޯ ތަންފީޒުކޮށް ގައުމު ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލިތާ ހަފުތާއެއް ވެސް ނުވަނީސް އޭނާ ގައުމުން ބޭރަށް ވަޑައިގަތުން މިހާރު މަނާކޮށްފައިވާ ކަމަށް ޖަސްޓިސް މިނިސްޓްރީން ބުނެފި އެވެ.

ޖަސްޓިސް މިނިސްޓްރީން ބުނީ ޔޫން އަކީ ގައުމުން ބޭރަށް ވަޑައިގަތުން މަނާކުރި ދެކުނު ކޮރެއާގެ ފުރަތަމަ ރައީސަށް ފުރަތަމަ ރައީސް ކަމަށެވެ.

ހޯމަ ދުވަހު ބޭއްވި، ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ވަނީ ޔޫން ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށްފައިވޭތޯ ސުވާލު ކުރައްވައިފަ އެވެ. "އާދެ، ތިއީ ރަނގަޅު ވާހަކައެއް،" އެ މިނިސްޓްރީގެ އިމިގްރޭޝަން ސާވިސް ކޮމިޝަނަރު ބޭ ސަންގް އަޕް ޖަވާބު ދެއްވި އެވެ.

މީގެ އިތުރުން މިދިޔަ ހަފުތާގައި ޔޫން އެޅުއްވި ފިޔަވަޅުތަކުގައި ބައިވެރިވި ކަމަށް ބުނެ، ދަތުރުކުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި މިހާރު ބަންދުކޮށްފައި ހުރި ކުރީގެ ޑިފެންސް މިނިސްޓަރު ކިމް ޔޮންގް-ހިއުން އާއި ކުރީގެ ދާޚިލީ ވަޒީރު ލީ ސަންގް-މިން ވެސް ހިމެނެ އެވެ.

މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ ޔޫން ވަނީ އުތުރު ކޮރެއާ އާއި ގައުމުގެ އެތެރެއިން ގައުމަށް އޮތް ނުރައްކާތަކުން ސަލާމަތްވާން ކަމަށް ބުނެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައިފަ އެވެ. އަދި ގާނޫނު ހަދާ މަޖިލީހަށް ސްޕެޝަލް ފޯސަސް އާއި ހެލިކޮޕްޓަރު ވެސް ފޮނުވި އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން މަޖިލީހަށް ގަދަކަމުން ވަދެގަނެ ޖަލްސާ ބޭއްވުމަށް ފަހު، ކުއްލި ނުރައްކާ އުވާލަން އެންގުމަށް ފާސްކުރުމުން ހަމަ އެ ރޭ އަމުރު ބާތިލްކުރި އެވެ.

އަދި ޖެހިގެން އައި ހޮނިހިރު ދުވަހު ވަނީ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ޔޫން ރައީސްކަމުން ވަކިކުރަން ވެސް މަސައްކަތްކޮށްފަ އެވެ. ހަނި ގޮތަކުން އެ ވޯޓުން ސަލާމަތްވީ ސަރުކާރުގެ މެންބަރުން ޖަލްސާ ދޫކޮށް ވަޑައިގަތުމުން ކޯރަމް ހަމަނުވުމުންނެވެ. އެކަމަކު އިދިކޮޅުން މިހާރު ވަނީ އިތުބާރު ނެތް ކަމަށް އަލުން ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.