މާޝަލް ލޯ ހިންގަން އުޅުނު މައްސަލައިގެ ތަހުގީގަށް ހާޒިރުވާން ނެރުނު އަމުރަށް ތަބާވެފައި ނުވާތީ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ހައްޔަރުކުރަން އެންމެ ފުރަތަމަ ކުރި މަސައްކަތް ނާކާމިޔާބުވުމުން އާ އަމުރެއްގެ ދަށުން ފުލުހުންނާއި އިންވެސްޓިގޭޓަރުން ރައީސްގެ ގެޔަށް ވަދެ ހައްޔަރުކޮށްފި އެވެ.
މާޝަލް ލޯ ހިންގަން އުޅުނު މައްސަލައިގެ ތަހުގީގަށް ހާޒިރުވާން ނެރުނު އަމުރަށް ތަބާވެފައި ނުވާތީ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ހައްޔަރުކުރަން އެންމެ ފުރަތަމަ ކުރި މަސައްކަތް ނާކާމިޔާބުވުމުން އާ އަމުރެއްގެ ދަށުން ފުލުހުންނާއި އިންވެސްޓިގޭޓަރުން ރައީސްގެ ގެޔަށް ވަދެ ހައްޔަރުކޮށްފި އެވެ.
ހެނދުނުގެ ވަގުތު ފެށި އޮޕަރޭޝަނަށް ކުޑަ އިރުކޮޅެއް ފަހުން ރައީސްގެ ގާނޫނީ ވަކީލް ސިއޯކް ޑޮންގް-ހިޔޯން ވަނީ ރައީސް އަމިއްލައަށް ތަހުގީގަށް ހާޒިރުވެ ވަޑައިގަތުމަށް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"ރައީސް ޔޫން މިއަދު އަމިއްލައަށް ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީހަށް ހާޒިރުވާން ނިންމަވައިފި،" އޭނާ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވީ މިއަދު ރައީސް ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ވެސް ދައްކަވާނެ ކަމަށެވެ. ނަމަވެސް ފުލުހުންނާއި ޕްރޮސިކިއުޓަރުން ވަނީ އެގޮތް ގަބޫލު ނުކޮށް ޔޫން ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކުރި ފަހުން ނެރުއްވި، ކުރިން ރެކޯޑްކޮށްފައިވާ ބަޔާނެއްގައި ޔޫން ވިދާޅުވީ އޭނާ ތަހުގީގަށް ހާޒިރުވެ ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށާއި އެކަމަކު އެއީ ގާނޫނީ ގޮތުން ސައްހަ ތަހުގީގެއް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިއީ ލޭ އޮހޮރުވުމެއް ހިނގިޔަ ނުދިނުމަށް ނިންމެވި ގޮތެއް ކަމަށް ވެސް ވިދާޅުވި އެވެ.
ފުލުހުންގެ ބެލުމުގެ ދަށުން ޔޫން ގެންދިޔައީ ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީހަށެވެ.
މި މަހުގެ ތިން ވަނަ ދުވަހު ވެސް ޔޫން ހައްޔަރުކުރަން މަސައްކަތްކުރި އެވެ. އެކަމަކު އޭނާގެ ސެކިއުރިޓީން ހުރަސްއެޅުމުން ހަމަނުޖެހުމަކަށް ވެދާނެ ކަމަށް ބަލައި ޕްރޮސިކިއުޓަރުން ނިންމީ ހައްޔަރުކުރުމުގެ އަމުރު ތަންފީޒުކުރެވެން ނެތް ކަމަށެވެ. އެކަމަކު އެ އަމުރުގެ މުއްދަތު ހަމަވި ފަހުން ނެރުނު އާ އަމުރެއްގެ ދަށުން އޮފިސަރުން ވަނީ ހަރުގަނޑުތައް ބަހައްޓައިގެން ގޭގެ ފާރު މަތިން އަރައިގެން އެތެރެއަށް ވަދެފަ އެވެ.
އިތުބާރު ނެތް ކަމަށް ފާސްކޮށް އެ މަރުހަލާ ނިމެންދެން ސަސްޕެންޑްކޮށްފައިވާ، ކުރީގެ މަޝްހޫރު ޕްރޮސެކިއުޓަރެއް ކަމަށްވާ ޔޫން ހައްޔަރުކޮށްފައި ވާއިރު އޭނާ އަކީ ދެކުނު ކޮރެއާގެ ތާރީހުގައި ވެސް ހައްޔަރުކުރި ފުރަތަމަ ރައީސެވެ.
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ހައްޔަރުކުރަން އިންވެސްޓިގޭޓަރުންނާއި ފުލުހުން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
ޔޫން ހައްޔަރުކުރަން އިންވެސްޓިގޭޓަރުން ގޭތެރެއަށް ވަންނަން މަސައްކަތް ފެށުމާ އެކު ސެކިއުރިޓީންނާ ކުރިމަތިލުން ހިނގި މަންޒަރު އޭއެފްޕީގެ ނޫސްވެރިންނަށް ފެނިފައިވެ އެވެ. ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީސް (ސީއައިއޯ) ގެ އެތައް ސަތޭކަ މީހުންނާއި ފުލުހުންގެ އޮފިސަރުން އެ ތަނަށް ވަންނަން މަސައްކަތް ކުރި ނަމަވެސް ދޮރުމަތީގައި ތިބި ބަޔަކު އެ މީހުން ހުއްޓުވިތަން އޭއެފްޕީގެ ނޫސްވެރިންނަށް ފެނުނެވެ.
ޔޫން މާޝަލް ލޯ އިއުލާނުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. ގައުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ ނެރުއްވި ގަރާރާ އެކު، އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު އަދި ޑިމޮކްރަސީގައި ނަމޫނާއެއް ކަމަށް ބަލަމުން އައި ގައުމު ސިޔާސީ ހައިޖާނެއްގެ ތެރެއަށް ވެއްޓުނެވެ.
އަސްކަރީ ވެރިކަމުގެ އަނދިރި ދުވަސްތަކުގެ ތެރެއަށް ގައުމު ވައްޓާލި ޔޫން ހައްޔަރުކުރަން މަސައްކަތް ކުރާއިރު ޖަލަށް ލުން ނުވަތަ މަރުގެ އަދަބު އަންނަ ވަރުގެ ތުހުމަތުތައް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.
ދެކުނު ކޮރެއާގެ ގާނޫނުއަސާސީގައި އޮންނަ ގޮތުން، ރައީސަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އަދި މަގާމުން ވަކިވީ ކަމަކަށް ނުބަލާނެ އެވެ. އެގޮތަށް ފާސްކުރުމާ އެކު ރައީސް ސަސްޕެންޑްވާނެ އެވެ. އަދި މަގާމުން ވަކިކުރުމާ މެދު ފަހު ބަސް ބުނާނީ ދުސްތޫރީ ކޯޓުންނެވެ. ކޯޓުން ގޮތެއް ނިންމަންދެން ރައީސް ހުންނާނީ ސަސްޕެންޝަނުގަ އެވެ. ދުސްތޫރީ ކޯޓުން މިކަމުގައި 180 ދުވަސް ތެރޭ ގޮތެއް ނިންމަން ޖެހޭނެ އެވެ.
ބްލެކްޕިންކްގެ ޖެނީ ލަވައެއް ކޮޕީކުރިކަމުގެ ތުހުމަތު
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި އެންމެ ހަ އެޕިސޯޑު
ކޮރެއާގެ ރައީސް ހައްޔަރުކުރިޔަ ނުދީ ހުރަސްއަޅައިފި
"ސްކުއިޑް ގޭމް 2" 93 ގައުމެއްގެ އެއްވަނައިގައި
ކޮރެއާގެ ބޯޓުން ދެ މީހަކު ފިޔަވައި އެންމެން މަރު
ކޮރެއާގެ ބޯޓެއް 181 މީހުންނާ އެކު ވެއްޓި 29 މަރު
އެންމެފަހުން ދެކުނު ކޮރެއާގެ ރައީސް އަޒުލްކޮށްފި
ދެކުނު ކޮރެއާގެ ރައީސް "ރަށު ބަންދު" ކޮށްފި
ދެކުނު ކޮރެއާގެ ރައީސް މަގާމުން ދުރެއް ނުކުރެވުނު
ދެކުނު ކޮރެއާ ކުއްލިއަކަށް ހައިޖާނުވެއްޖެ