މިއީ ނޫސްވެރިން ނުރައްކާ ވަކިން ބޮޑުވި އަހަރެއް ކަމަށާއި 104 ނޫސްވެރިން މަރާލާފައި ވާއިރު އޭގެ ދެ ބައިކުޅަ އެއްބަޔަކަށްވުރެ ގިނަ މީހުން މަރާފައި ވަނީ ފަލަސްތީނުގެ ޣައްޒާގައި ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން މިއަދު ބުނެފި އެވެ.
މިއީ ނޫސްވެރިން ނުރައްކާ ވަކިން ބޮޑުވި އަހަރެއް ކަމަށާއި 104 ނޫސްވެރިން މަރާލާފައި ވާއިރު އޭގެ ދެ ބައިކުޅަ އެއްބަޔަކަށްވުރެ ގިނަ މީހުން މަރާފައި ވަނީ ފަލަސްތީނުގެ ޣައްޒާގައި ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން މިއަދު ބުނެފި އެވެ.
އައިއެފްޖޭގެ ޖެނެރަލް ސެކްރެޓަރީ އެންތަނީ ބެލެންޖާ އޭއެފްޕީއަށް ވިދާޅުވީ މިދިޔަ އަހަރު 129 ނޫސްވެރިން މަރާލާފައި ވާއިރު މި އަހަރު އެ އަދަދު މަދުވިޔަސް މިއީ ނޫސްވެރިންނަށް އެންމެ ނުރައްކާ އެއް އަހަރުގެ ގޮތުގައި ރެކޯޑްކުރެވޭ ކަމަށެވެ.
އެ ޕްރެސް ގްރޫޕުން އެއްކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި، މީޑިއާގައި މަސައްކަތްކުރާ ފަލަސްތީނުގެ 55 މީހަކު މަރުވި އެވެ.
"އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ ފެށި ފަހުން މިހާތަނަށް ފަލަސްތީނުގެ 138 ނޫސްވެރިން ވަނީ މަރާލާފައި،" އެ ޖަމިއްޔާއިން ބުންޏެވެ.
ބެލަންޖަ ވަނީ "ދުނިޔޭގެ ލޮލުގެ ކުރިމަތީގައި ހިނގަމުންދާ ޖަރީމާ" ކުށްވެރިކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ޣައްޒާގައި "ގިނަ ނޫސްވެރިންނަށް ހަމަލާތައް އަމާޒުކުރީ" ގަސްތުގައި ކަމަށާއި ހަނގުރާމައިގެ ތެރޭގައި "ގޯސް ތަނެއްގައި، ގޯސް ވަގުތެއްގައި" ހުރެވިގެން މަރުވި މީހުން ވެސް ހިމެނޭ ކަމަށެވެ.
މެދުއިރުމައްޗަށް ފަހު ނޫސްވެރިންނަށް ދެވަނައަށް އެންމެ ނުރައްކާތެރި ސަރަހައްދަކީ އޭޝިއާ ސަރަހައްދު ކަމަށާއި އެ ސަރަހައްދުން 20 ނޫސްވެރިޔަކު މަރާލާފައިވާ ކަމަށް އައިއެފްޖޭ އިން ބުންޏެވެ. އޭގެ ތެރޭގައި ޕާކިސްތާނުން ހަ މީހުން، ބަންގްލަދޭޝްގައި ފަސް މީހުން އަދި އިންޑިއާގައި ތިން މީހުން ހިމެނެ އެވެ.
ޔޫރަޕްގައި، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގައި ވެސް ނޫސްވެރިން މަރުވަމުންދާ ކަމަށާއި މި އަހަރުގެ މިހާތަނަށް ހަތަރު މީހަކު މަރުވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އައިއެފްޖޭއިން ބުނީ ދުނިޔޭގެ އެކި ގައުމުތަކުގައި 520 ނޫސްވެރިއަކު ޖަލުގައި އެބަތިބި ކަމަށާއި މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށެވެ. މިދިޔަ އަހަރު ޖަލުގައި ބަންދުކޮށްފައި ތިބީ 427 ނޫސްވެރިއެކެވެ.
އެންމެ ގިނަ ނޫސްވެރިން ޖަލަށް ލާފައިވަނީ ޗައިނާގަ އެވެ. އެ ގައުމުގައި 135 ނޫސްވެރިޔަކު ޖަލުގައި އެބަ ތިއްބެވެ.
މަރުވި ނޫސްވެރިންގެ އަދަދު ކަމަށް އައިއެފްޖޭއިން ބުނާ އަދަދު އާންމުގޮތެއްގައި، ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނާ އަދަދަށް ވުރެ މާ ގިނަ އެވެ. އެއީ ގުނުމުގައި ބޭނުންކުރާ މެތަޑުގެ ތަފާތުންނެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް އިން 2023 ވަނަ އަހަރު ބުނެފައި ވަނީ މަސައްކަތުގައި އުޅެނިކޮށް 54 ނޫސްވެރިއަކާއި އެ މީހުންގެ ދެ އެހީތެރިއަކު މަރާލާފައިވާ ކަމަށެވެ. އެ އެންޖީއޯއިން މި އަހަރުގެ އަދަދުތައް މި ހަފުތާގެ ފަހުކޮޅު އާންމު ކުރާނެ އެވެ. -- އޭއެފްޕީ
ނޫސްވެރިން މެރުމުގެ ރެކޯޑް ވެސް އިޒްރޭލަށް
"ނޫސްވެރިކަމުގެ މިނިވަންކަމަށް ވައުދުވިޔަސް ގޮންޖެހުން އެބަހުރި"
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
ނޫސްވެރިކަމުގެ މިނިވަންކަމަށް 7ދަރަޖައިގެ ކުރިއެރުމެއް
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހައްތަހާ ފަހަތަށް
ނޫސްވެރިކަމުގެ މިނިވަންކަމުގަ ރާއްޖެ ފަސް ދަރަޖަ ދަށަށް
ޓިކްޓޮކް ހަދާ މީހުން ވެސް ވައިޓް ހައުސްގެ ޕްރެސްތަކަށް
ނޫސްވެރިކަން ރެގިއުލޭޓް ކުރާކަށް ނޫޅެން: ސަރުކާރު
އިންޑިއާގައި ނޫސްވެރިއެއްގެ އަނިޔާވެރި މަރެއް
މި މައްސަލަ ލިޔެގެން ފުރާނައަށް ނުރައްކާވެދާނެ!