މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުވައްމުލަކުން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހެއްގެ ބޭންކް އެކައުންޓުން އެތައް މިލިއަން ރުފިޔާއެއްގެ މުއާމަލާތް ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
10 ޑިސެމްބަރ 2024
މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުވައްމުލަކުން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހެއްގެ ބޭންކް އެކައުންޓުން އެތައް މިލިއަން ރުފިޔާއެއްގެ މުއާމަލާތް ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މި އަހަރުގެ ޖެނުއަރީ 14 ގައި ފެށި "އޮޕަރޭޝަން ވެށި ރައްކަލް" ގައި މިހާތަނަށް 4،048 ތަން ބަލައި ފާސްކޮށް، 1،147 މީހުން ހުއްޓުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން 58 މީހަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް 75 މައްސަލައެއް ތަހުގީގު ކޮށްފައިވެ އެވެ. އޭގެ ތެރެއިން 65 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.
ބަޔާނުގައި ބުނީ، އޮޕަރޭޝަންގެ ތެރެއިން، ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކޮށް، މަނީލޯންޑާ ކުރާ ކަމުގެ ތުހުމަތުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަނެވިފައިވާ ކަމަށެވެ.
އެ ތުހުމަތުގައި ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު، 34، އަދި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 29، ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފަ އެވެ.
ތަހުގީގަށް މިހާތަނަށް ހޯދި މައުލޫމާތުން، ނިއުޝާދުގެ ބޭންކު އެކައުންޓުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އާޒިމްގެ ބޭންކު އެކައުންޓު މެދުވެރިކޮށްގެން ދެ އަހަރުގެ ތެރޭގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 21 މީހަކު ހައްޔަރުކޮށް ދެ ކުންފުންޏެއްގެ ބޭންކް އެކައުންޓު ހިފަހައްޓައި އެ މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ފުވައްމުލަކު ޑްރަގު ނެޓްވޯކް އެއްކޮށްހެން ނައްތާލައިފި
ފުވައްމުލަކަށް ޑްރަގް އެތެރެކުރަންއުޅުނު މީހަކު ހައްޔަރު
ފުވައްމުލަކު ޑްރަގް ކޭސް: ދެ މީހުން އަލުން ހައްޔަރު
މަސައްކަތެއް ނުކުރޭ، އުޅުނީ ވަރަށް މުއްސަނދިކޮށް!
ފުވައްމުލަކު ޑްރަގް އޮޕަރޭޝަން: 14 މީހުން ހައްޔަރަށް
ހުޅުމާލޭން 14 ކިލޯގެ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި
ޑްރަގް އެތެރެކުރަން އުޅުނު 4 މީހުން ހައްޔަރު ކޮށްފި
130އަށް ވުރެ ގިނަ ސިނގިރޭޓު ކާޓަން ވަގަށް ނަގައިފި
ފަޅު ރަށަކުން ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި
ޑްރަގް މައްސަލައެއްގައި ހަނިމާދޫން ދެމައިން ހައްޔަރަށް