Roadha Mihaaru
ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަމަލާދެނީ

ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަމަލާދޭން ފަށައިފި

08 މާޗް 2017

ކާބުލް (މާޗް 8) - އަފްޣާނިސްތާނުގެ ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ހަމަލާދޭން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކާބުލް (މާޗް 8) - އަފްޣާނިސްތާނުގެ ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ހަމަލާދޭން ފަށައިފި އެވެ.

ކާބުލްގެ ސަރުދާރު ދާއޫދު ހޮސްޕިޓަލުގެ މުވައްޒަފަކު ބުނީ ޑޮކްޓަރުންގެ ޔުނިފޯމުގައި ތިބި ބަޔަކު ކުއްލިއަކަށް ރައިފަލެއް ނަގާ ހަމަލާދޭން ފެށީ ކަމަށެވެ. ހަތަރު ސަތޭކަ އެނދުގެ ހޮސްޕިޓަލް ހުންނަނީ އެމެރިކާ އެމްބަސީއާ ކައިރީގަ އެވެ.

ހަމަލާ ދިން ހޮސްޕިޓަލް ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައި. --ފޮޓޯ:ރޮއިޓާސް

ހަމަލާ ދިން ހޮސްޕިޓަލް ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައި. --ފޮޓޯ:ރޮއިޓާސް

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވީ ހުރިހާ ދީނެއްގައި ވެސް ހޮސްޕިޓަލަކީ އިހްތިރާމް ކުރާ ތަނެއް ކަމަށާއި ހޮސްޕިޓަލަކީ ހަމަލާދޭ ތަނެއް ނޫން ކަމަށެވެ. އަދި އެ ހޮސްޕިޓަލަށް ދިން ހަމަލާ އަކީ އަފްޣާނިސްތާނުގެ އެންމެންނަށް ދިން ހަމަލާއެއް ކަމަށް ވިދާޅުވި އެވެ.

ހޮސްޕިޓަލަށް ހަމަލާ ދިނުމުގައި އޮޓޮމެޓިކް ހަތިޔާރާ އެކު ތިނެއް ނުވަތަ ފަސް މީހުން ބައިވެރިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުންޏެވެ. ހަތިޔާރު އަޅައިގެން ތިބި މީހުން ވަނީ ހޮސްޕިޓަލުގެ ތިނެއް އަދި ހަތަރު ވަނަ ބުރި އެ މީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.

އަފްޣާނިސްތާނުގެ ހޮސްޕިޓަލަށް ހަމަލާ ދޭން ފެށުމާ އެކު ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައި. --ފޮޓޯ:އޭއެފްޕީ

އަފްޣާނިސްތާނުގެ ހޮސްޕިޓަލަށް ހަމަލާ ދޭން ފެށުމާ އެކު ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައި. --ފޮޓޯ:އޭއެފްޕީ

ހޮސްޕިޓަލަށް ހަމަލާ ދޭކަން ދިފާއީ ވުޒާރާ އިން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އަދި ހަމަލާގައި އެއްވެސް މީހަކު މަރުވި ކަމަށް ދިފާއީ ވުޒާރާ އިން އަދި ނުބުނެ އެވެ.