Roadha Mihaaru
އެމެރިކާ ސިފައިން ފޭބީ އަފްގާނުގެ މުދާތައް ހަލާކުކޮށްފަ

އެމެރިކާ ސިފައިން ފޭބީ އަފްގާނުގެ މުދާތައް ހަލާކުކޮށްފައި

15 ސެޕްޓެމްބަރ 2021

އެމެރިކާ ސިފައިން އަފްގާނިސްތާނު އަޅުވެތިކޮށްގެން 20 އަހަރު ތިބުމަށް ފަހު، މިދިޔަ އޮގަސްޓް 30 ވަނަ ދުވަހު އެ ގައުމުން ފައިބައިގެން ދިޔައިރު، އަފްގާނިސްތާނު ރައްޔިތުންގެ މުދަލާ މެދު ކަންތައް ކުރީ ވަރަށް އަނިޔާވެރި ވަރަށް އިހާނެތި ގޮތަކަށް ކަމަށް އަފްގާނު ސަރުކާރުން ބުނެފި އެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނު އަޅުވެތިކޮށްގެން 20 އަހަރު ތިބުމަށް ފަހު، މިދިޔަ އޮގަސްޓް 30 ވަނަ ދުވަހު އެ ގައުމުން ފައިބައިގެން ދިޔައިރު، އަފްގާނިސްތާނު ރައްޔިތުންގެ މުދަލާ މެދު ކަންތައް ކުރީ ވަރަށް އަނިޔާވެރި ވަރަށް އިހާނެތި ގޮތަކަށް ކަމަށް އަފްގާނު ސަރުކާރުން ބުނެފި އެވެ.

އަފްގާނިސްތާނުގައި ތާލިބާނުން އެކުލަވައިލި ވަގުތީ ސަރުކާރުގެ ހާރިޖީ ވަޒީރު އަމީރު ޚާން މުއްތަގީ ވިދާޅުވި ގޮތުގައި، އަވައްޓެރި ގައުމުތަކުންނާއި ބައިނަލްއަގުވާމީ މުޖްތަމައުން ވެސް ތާލިބާނުންނަށް ކުރިމަތިކުރަނީ އިތުރު ފިއްތުންތަކެވެ. ހާރިޖީ ވުޒާރާގެ އިމާރާތުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އަމީރު ޚާން، ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވައިލެއްވީ، އަފްގާން އެކަހެރި ކޮށްލުމުގެ ބަދަލުގައި، މިހާރު އޮތް ވަގުތީ ސަރުކާރަށް އެއްބާރުލުން ދީ، އަފްގާނިސްތާނު ރައްޔިތުންނަށް އެހީތެރިވުމަށެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިޔައިރު، އެންމެ ބޮޑަށް ގެއްލުން ދިން އެއް ތަނަކީ ކާބުލް ވައިގެ ބަނދަރެވެ. އެމެރިކާ ސިފައިން އެތަނަށް އެތައް ގެއްލުންތަކެއް ދީ ސާމާނުތައް ހަލާކުކޮށްފައި ހުރުމުން، އަލުން ވައިގެ ބަނދަރު ބޭނުންކުރެވޭ ވަރުވީ، ގަތަރުގެ ފަންނީ ތަޖުރިބާކާރުންގެ ޓީމަކުން، ދެ ހަފުތާ ވަންދެން ގިނަ މަރާމާތުތަކެއް ކޮށް، ވަސީލަތްތައް ގާއިމުކުރުމުންނެވެ.

ތާލިބާންގެ ހަނގުރާމަވެރިއަކު، ކާބުލްގެ ވައިގެ ބަނދަރަށް ލިބިފައި ހުރި ގެއްލުންތައް ނޫސްވެރިންނަށް ދައްކާލަނީ. --އޭއެފްޕީ

ތާލިބާންގެ ހަނގުރާމަވެރިއަކު، ކާބުލްގެ ވައިގެ ބަނދަރަށް ލިބިފައި ހުރި ގެއްލުންތައް ނޫސްވެރިންނަށް ދައްކާލަނީ. --އޭއެފްޕީ

އޭގެ އިތުރުން، އެމެރިކާ އިން އަފްގާނިސްތާނު ސިފައިންނަށް ދީފައި ހުރި އަސްކަރީ އެތައް އުޅަނދެއް ވެސް އެމެރިކާ ސިފައިން ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފަ އެވެ. ކާބުލް ވައިގެ ބަނދަރުގެ އަސްކަރީ ފަޅީގައި ހުރި އަސްކަރީ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުކުރި އިރު، އެ ތަކެއްޗަކީ އަފްގާނިސްތާނުގެ ގައުމީ ދިދަ ކުރަހައި އަފްގާނު އަސްކަރިއްޔާގެ ނަންވެސް ޖަހާފައި ހުރި ތަކެއްޗެވެ.

އަސްކަރީ ވައިގެ އުޅަނދުތަކުގެ އިތުރުން، އަފްގާނު ސިފައިންގެ އެއްގަމު އުޅަނދުތަކަށް ވެސް އެމެރިކާ ސިފައިން ވަނީ ގެއްލުންދީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފަ އެވެ.

ތާލިބާނުން މިހާރު އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ އިރު، ތާލިބާންގެ ހަނގުރާމަވެރިން މިހާރު ބޭނުންކުރަމުން އަންނަ އަސްކަރީ އުޅަނދުތަކަކީ، އެމެރިކާ ސިފައިން ފައިބައިގެން ދިޔުމުން، އަފްގާނު ސިފައިންނާ ދެކޮޅަށް ތާލިބާނުން ކުރި ހަނގުރާމައިގައި، އެމީހުންގެ އަތުން ތާލިބާނުން އަތުލައިގަތް އުޅަނދުތަކެވެ. އަދި ސަރުކާރު ސިފައިން އަމާންދީފައި ބައެއް ޕްރޮވިންސްތަކުން ފައިބައިގެން ދިޔަ އިރު، އެމީހުން ދޫކޮށްލި ހަތިޔާރާއި އަސްކަރީ އުޅަނދުތަކެވެ.

އޭނާ ވިދާޅުވީ ތާލިބާނުން މިހާރު އުފައްދާފައިވާ ވަގުތީ ސަރުކާރު ދެމިއޮތްހައި ހިނދަކު، ބޭރުގެ އިންވެސްޓަރުންނަށް އަފްގާނިސްތާނުގައި އެއްވެސް ބިރެއް ނެތް ކަމަށެވެ. އަފްގާނިސްތާނުގައި ކުރިން އޮތް ދާހިލީ ހަނގުރާމަ އާއި ލޭއޮހޮރުވުން ނިމުމަކަށް އައިކަން ކަށަވަރުކޮށްދެއްވަމުން، އަމީރު ޚާން އެދިވަޑައިގަތީ، އިންސާނީ އެހީތެރިކަމާއި ސިޔާސީ ކަންކަން މަސްހުނި ނުކުރުމަށެވެ.

ތާލިބާނުންގެ ސަރުކާރު މިހާރު ބޭނުންވަނީ މުޅިން އާފެށުމަކުން އަފްގާނިސްތާނުގެ ތާރީހު ލިޔަން ފަށަން ކަމަށާއި އެ ގޮތުން، ދުނިޔޭގެ ހުރިހާ ގައުމުތަކާ އެކުގައިވެސް އަފްގާނިސްތާނުން ރަނގަޅު ގުޅުމެއް އުފައްދަން ބޭނުންވާ ކަމަށް ވެސް ހާރިޖީ ވަޒީރު ވިދާޅުވި އެވެ. އެ ގޮތުން އެންމެ އިސްކަން ދޭ ގައުމުތަކުގެ ތެރޭގައި އެމެރިކާ ވެސް ހިމެނެ އެވެ.

އަފްގާނިސްތާނުގައި ތާލިބާނުން ގާއިމުކުރި ސަރުކާރު ބަލައިނުގަންނަ ގައުމުތަކާ ބެހޭ ގޮތުން، ހާރިޖީ ވަޒީރު ވިދާޅުވީ، އެ ގައުމުތަކުން އަފްގާނިސްތާނާ މެދުގައި ގެންގުޅެނީ ނުރަނގަޅު ސިޔާސަތެއް ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ގައުމަކުން އަފްގާނިސްތާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، އެއްވެސް ގައުމަކާ ދެކޮޅަށް އަފްގާނިސްތާނުގެ ބިން ބޭނުންކުރުމުގެ ފުރުސަތު ވެސް އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަފްގާނިސްތާނު އަލުން އާރާސްތުކުރަން ބޭނުންވަނީ، މުޅި އަފްގާނިސްތާނު ބައިވެރިކޮށްގެންނެވެ. އެހެންކަމުން، ގައުމު ދޫކޮށް ވަގުތީ ގޮތުން އެހެން ގައުމުތަކަށް ދިޔަ މީހުންނާއި، ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ދިޔަ މީހުން، އެމީހުންގެ މުދަލާއެކު އެނބުރި ގައުމަށް އައުމަށް، ހާރިޖީ ވަޒީރު ގޮވައިލެއްވި އެވެ.

އޭނާ ވިދާޅުވީ އަފްގާނިސްތާނުގެ އެއްވެސް ސަރަހައްދެއްގައި މިހާރު ހަނގުރާމައެއް ނުހިނގާ ކަމަށެވެ. އެހެންކަމުން، އަފްގާނިސްތާނުގެ ރައްޔިތުންނަށް ގައުމުގައި ނުއުޅެވެންވީ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.