މެންޗެސްޓާ ޔުނައިޓެޑުން ގަބޫލުކުރާ ފެންވަރަށް މާކޯޝް ރަޝްފޯޑް އަންނަން ދެން އޭނާ ބަހައްޓާނީ އެކަހެރިކޮށްފައި ކަމަށް އެ ކްލަބްގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
25 ޑިސެމްބަރ 2024
މެންޗެސްޓާ ޔުނައިޓެޑުން ގަބޫލުކުރާ ފެންވަރަށް މާކޯޝް ރަޝްފޯޑް އަންނަން ދެން އޭނާ ބަހައްޓާނީ އެކަހެރިކޮށްފައި ކަމަށް އެ ކްލަބްގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ރަޝްފޯޑް ސްކޮޑުގައި ހިމަނާފައި ނުވެ އެވެ. މެންޗެސްޓާ ސިޓީ އާއި ޓޮޓްނަމް ހޮޓްސްޕާސް އަދި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ރަޝްފޯޑަށް ފުރުސަތު ނުދިނުމުން އިނގިރޭސި މީޑިއާތަކުން އަޑު ފެތުރީ އޭނާ ޓީމުން ބާކީ ކުރީ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް ބުނުމުން ކަމަށެވެ.
އެކަމަކު އަމޯރިމް ބުނީ ރަޝްފޯޑް އެކަހެރި ކުރީ ތަމްރީނުތަކުގައި ވެސް އެކަށީގެންވާ ވަރަށް ޕާފޯމް ނުކުރެވޭތީ ކަމަށެވެ.
"އެންމެ ރަނގަޅު ހާލަތު އަތުވެއްޖެ ކަމަށް އަހަންނަށް ގަބޫލުކުރެވޭ ހިސާބުން އަހަރެންގެ ނިންމުން ބަދަލު ކުރާނަން. އެ ހާލަތު އަންނަން ދެން އަހަރެން މި އަމަލު ކުރާނީ ޓީމަށް އެންމެ ފައިދާ ހުރި ގޮތަށް،" ރަޝްފޯޑް އެކަހެރި ކުރުމާ ގުޅޭ ގޮތުން އަމޯރިމް ބުންޏެވެ.
"އަހަރެން ކޮންމެ ދުވަހަކު އޭނަ އާ ވާހަކަ ދައްކަން. ކޮންމެހެން އިންޓަވިއުއެއް ކުރާކަށް ނޫން. އޭނާގެ ކުޅުން ރަނގަޅު ކުރުމަށް ވާހަކަ ދައްކަނީ."
އަމޯރިމް ބުނީ ޓީމަށް ކުޅެން ރަޝްފޯޑް ބޭނުންވާ ކަމަށެވެ. އަދި އެކަމަށް އޭނާ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސްޕޯޓިން ލިޒްބަންގެ ކުރީގެ ކޯޗު ބުންޏެވެ.
"އޭނާ އެކަހެރި ކުރުމަކީ އަހަރެންގެ ނިންމުމެއް. ހަމައެކަނި އަހަރެންގެ އަތް މަތީގައި އޮތް ކަމެއް،" އަމޯރިމް ބުންޏެވެ. އުމުރުން 27 އަހަރުގެ ފޯވާޑް އަންނަ ސީޒަނުގައި އިޓަލީގެ ލީގަށް ބަދަލުވުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
ޓީމުން ޖާގަ ލިބޭތޯ ރަޝްފޯޑް ހާއްސަ ތަމްރީނުތަކެއް
ޔުނައިޓެޑުގެ ޓީމުން ރަޝްފޯޑް ދެން ނުފެނިދާނެ
ރަޝްފޯޑް ވިއްކާލަން ޔުނައިޓެޑުން ބާޒާރަށް ނެރެފި
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ޔުނައިޓެޑުން އިތުރު 200 މުވައްޒަފުން ވަކި ކުރަނީ
ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ނިއުޒިލެންޑުން ކޯޓަށް
މާޓިނޭޒްގެ ނަސީބު ގޯލުން ޔުނައިޓެޑަށް ހިނިތުންވުން
އެންމެ ދަށް ޓީމޭ އަމޯރިމް ބުނުމުން އަސަރުކުރި: ބްރުނޯ