މީހުންނަށް ނޭނގި ޕާޓީ ބަދަލުކުރާ ކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
30 ޑިސެމްބަރ 2024
މީހުންނަށް ނޭނގި ޕާޓީ ބަދަލުކުރާ ކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ "މިހާރު" އަށް ވިދާޅުވީ އެ ކަހަލަ ޝަކުވާތަކެއް ލިބިގެން އެ މައްސަލަތައް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް، އެއީ މާ ގިނަ އަދަދެއްގެ ޝަކުވާ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދޭތެރެދޭތެރެއިން އެކަމުގެ ޝަކުވާ އާދޭ އެކިއެކި ޕާޓީތަކަށް، މީހުންނަށް ނޭނގި ވައްދާފައިވާ ކަމުގެ،" ޒަކަރިއްޔާ ވިދާޅުވި އެވެ.
އެމްޑީޕީގެ ދަފްތަރުގައި ތިބި މެމްބަރުންނަށް ނޭނގި އެ މީހުން އެހެން ޕާޓީތަކުގެ ދަފްތަރުގައި ހިމަނަމުންދާ ކަމަށް ބުނެ އެ ޕާޓީން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުން އެހެން ޕާޓީތަކުގެ ދަފްތަރުގައި އަދި ވަކިން ހާއްސަކޮށް، ވެރިކަންކުރާ ޕީއެންސީގެ ދަފްތަރުގައި ހިމަނަމުންދާ ކަމުގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.
އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި 2005 ވަަނަ އަހަރުން ފެށިގެން ހުންނެވި، އަދި އެމްޑީޕީ ސަރުކާރުގައި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ތޯރިގް (މަނަދޫ ތޯރިގް) ވެސް އޭނާ މިހާރު އޮތީ ޕީއެންސީގެ ދަފްތަރަށް ބަދަލުކޮށްފައި ކަމަށް ވިދާޅުވެ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅުއްވާފައިވެ އެވެ. މަނަދޫ ދާއިރާގެ ރައީސްގެ މަގާމުގައި ހުންނެވި ތޯރިގް ވަނީ އޭނާގެ ޒާތީ މައުލޫމާތު ވަގަށް ބޭނުންކޮށް ޕީއެންސީއަށް ފޯމު ފުރާފައިވާ މައްސަލަ ބަލައިދިނުމަށް އެދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ފޮނުއްވި ސިޓީ ވެސް ސޯޝަލް މީޑިއާގައި އާންމުކުރައްވައިފަ އެވެ.
އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީއެންސީ ވެއްޖެ
ފޯމުތަކުގެ މައްސަލަ ބަލަން އެމްޑީޕީން ވެސް އެދިއްޖެ
އަންނަ އަހަރުގެ ބަޖެޓުން ފައިސާ ދޫކުރާނީ 5 ޕާޓީއަކަށް
އީސީން އަންގާ ކަންކަން ކުރާ އިސްލާހާ ޕާޓީތަކުން ދެކޮޅު
ވޯޓު ގަތުން ހުއްޓުވަން ރާއްޖޭން މަސައްކަތްކުރަން ޖެހޭ
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
ބައި އިލެކްޝަންގެ ގިނަ ގޮނޑިތައް ސަރުކާރަށް
ވަގު ފޯމުގެ މައްސަލަ ޕީޖީން ނުބަލާތީ ކަންބޮޑުވުން!
އިހްސާން ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅަނީ
އޮޅުވާލި ފޯމުތަކުގެ ހެކިންނަށް ފިޔަވަޅު އެޅިތޯ ބަލަނީ