Roadha Mihaaru

މާފަންނުން ފެން ހިންދާ ޕަމްޕް ސްޓޭޝަނަށް މިނިސްޓްރީން ވަގުތީ ހައްލެއް ހޯދައިފި

މާފަންނު ސަހަރާގައި ހުންނަ ފެން ހިންދާ ޕަމްޕް ސްޓޭޝަން މަރާމާތުކޮށް ސަރުކާރުން ވަގުތީ ގޮތުން ހައްލެއް ހޯދައިފި އެވެ.

ޕަމްޕް ސްޓޭޝަނަށް މިނިސްޓްރީން ވަގުތީ ހައްލެއް ހޯދައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

11 ޖެނުއަރީ 2025

މާފަންނު ސަހަރާގައި ހުންނަ ފެން ހިންދާ ޕަމްޕް ސްޓޭޝަން މަރާމާތުކޮށް ސަރުކާރުން ވަގުތީ ގޮތުން ހައްލެއް ހޯދައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާލެއަށް ވިއްސާރަކޮށް ފެންބޮޑުވާ ކޮންމެ ފަހަރަކު ވެސް އެކި ހިސާބުތަކުގައި ހުރި ވާރޭ ފެން ހިންދާ ޕަމްޕް ސްޓޭޝަންތައް އިންސްޕެކްޓުކޮށް، އެ ތަންތަން ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލާ ކަމަށެވެ. މިއަދު މާލޭގައި ފެންބޮޑުވުމާ ގުޅިގެން މާފަންނު ޕަމްޕް ސްޓޭޝަން ބެލި އިރު، އެ ސްޓޭޝަނާއި އެއާ ގުޅާފައި ހުރި ހޮޅިތައް ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރިކަން ފާހަގަކުރެވުނު ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މާފަންނު ޕަމްޕް ސްޓޭޝަން ވަގުތީ ގޮތުން މަރާމާތުކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ސްޓެލްކޯ އަދި އާރުޑީސީން ކުރަނީ.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

މާފަންނު ޕަމްޕް ސްޓޭޝަން ވަގުތީ ގޮތުން މަރާމާތުކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ސްޓެލްކޯ އަދި އާރުޑީސީން ކުރަނީ.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

އެ ޕަމްޕް ސްޓޭޝަނަށް ގެއްލުން ލިބުނީ މާލޭ ސިޓީ ކައުންސިލުން ސަހަރާ ހުސްކުރުމުގެ މަސައްކަތްކުރުމުގައި އެއްވެސް ވަރަކަށް ބެލުމެއް ނެތި އެތަން ކޮނެފައި ވާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސިޓީ ކައުންސިލުން އެ މަސައްކަތް ކޮށްފައި ވަނީ ވެސް މިނިސްޓްރީއާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް، އަދި އެއްވެސް އެންގުމެއް ވެސް ނެތި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ޕަމްޕް ސްޓޭޝަންތަކާއި ނެޓްވޯކް ޗެކުކޮށް، އާރުސީޑީ އާއި ސްޓެލްކޯގެ އެހީތެރިކަމާ އެކު، މާފަންނު ސަހަރާގައި ހުރި ޕަމްޕް ސްޓޭޝަން ވަގުތީ ގޮތުން މިހާރު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ.

މާފަންނު ޕަމްޕް ސްޓޭޝަން ވަގުތީ ގޮތުން މަރާމާތުކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ސްޓެލްކޯ އަދި އާރުޑީސީން ކުރަނީ.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

މާފަންނު ޕަމްޕް ސްޓޭޝަން ވަގުތީ ގޮތުން މަރާމާތުކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ސްޓެލްކޯ އަދި އާރުޑީސީން ކުރަނީ.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު "މިހާރު"އަށް ވިދާޅުވިީ މާފަންނު ސަހަރާގައި ހުންނަ ފެން ހިންދާ ޕަމްޕް ސްޓޭޝަން ހަލާކުވީ މާލޭ ސިޓީ ކައުންސިލުން އެތަން ހުސްކުރަން ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުގެ އިހުމާލުންނެވެ. އަދި، އެއީ ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ވެސް ބެލެވެ އެވެ.

މާލޭގެ މޭޔަރު އަލީ އާޒިމް ވިދާޅުވީ އެ ޕަމްޕް ސްޓޭޝަން ހަލާކުވެފައި ހުންނަތާ ގާތްގަނޑަކަށް ފަސް މަސް ވެދާނެ އެވެ.

އެކަމަކު، އެ ވާހަކަ ދޮގުކޮށް މުއްތަލިބް ވިދާޅުވީ މި މަހުގެ ތިންވަނަ ދުވަހު މާލެއަށް ވިއްސާރަކުރި އިރު ވެސް އެ ސްޓޭޝަން މަސައްކަތްކުރި ކަމަށާއި އެއްވެސް މައްސަލައެއް އޭރު ފާހަގަކުރެވިފައި ނުވާ ކަމަށެވެ. މާލެ އަށް ވިއްސާރަކުރާ ކޮންމެ ފަހަރަކު މިނިސްޓްރީގެ މުވައްޒަފުން މާލޭގެ އެކި ތަންތަނުގައި ހުރި ޕަމްޕް ސްޓޭޝަންތަކުގެ ހާލަތު ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.