މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިދިޔަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 73،953 އުޅަނދު ޗެކްކޮށް، 7،606 އުޅަނދާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
13 ޖެނުއަރީ 2025
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިދިޔަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 73،953 އުޅަނދު ޗެކްކޮށް، 7،606 އުޅަނދާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ޓްރެފިކް އަދި ޓޯވިން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ފުލުހުން ވަނީ 66،347 މީހަކަށް ނަސޭހަތްދީފަ އެވެ. ވަޔަލޭޝަން ސްލިޕް ދިނީ 7،606 މީހަކަށެވެ.
ފިޔަވަޅު އެޅި އުޅަނދުތަކުގެ ތެރޭގައި ދެފުރޮޅުލީ 2،005 އުޅަނދާއި ހަތަރު ފުރޮޅުލީ 133 އުޅަނދު ހިމެނެ އެވެ.
ފުލުހުން ބުނި ގޮތުގައި ނުރައްކާތެރިކޮށް ދުއްވުމުގެ 293 މައްސަލައެއް މިދިޔަ އަހަރު ފާހަގަކުރެވުނެވެ. އޭގެ ތެރޭގައި ދެފުރޮޅުލީ 271 އުޅަނދާއި ހަތަރު ފުރޮޅުގެ 22 އުޅަނދު ހިމެނެ އެވެ.
ޓޯކުރި އުޅަނދުތަކުގެ ތަފްސީލު:
- ޖުމްލަ 15،514 އުޅަނދު ޓޯކުރި.
- ޓޯކުރި އުޅަނދުތަކުގެ ތެރޭގައި 11،645 ސައިކަލު
- 2،567 ކާރު ޓޯކުރި
- 478 ޕިކަޕު އަދި 369 ވޭން ޓޯކުރި
- 87 ޓްރަކް ޓޯކުރި
ފުލުހުން ބުނި ގޮތުގައި އެ އުޅަނދުތަކުގެ ތެރެއިން 546 އުޅަނދު ނައްތާލި އެވެ. އަދި 13،562 އުޅަނދެއް ވެރިފަރާތާ ހަވާލުކުރި ކަމަށް ބުންޏެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން މިދިޔަ އަހަރު ފުލުހުން ކުރި މަސައްކަތް.
ފުލުހުން ބުނީ މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެހެންވެ، އެކްސިޑެންޓު މަދުކުރުމަށް ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އޭގެ ތެރޭގައި ފުރާނައަށް ނުރައްކާވާ ފަދަ އެކްސިޑެންޓުތައް މަދުކުރުމަށް އެކަމަށް ހާއްސަ މަސައްކަތް ކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.
މާލޭގައި ބަރު ވެހިކަލް ނުދުއްވަން އެދިއްޖެ
ރަޖިސްޓްރީނުކޮށް މަގުމަތީގައި ހުންނަ ވެހިކަލްތައް ނަގަނީ
މާލޭ މަގުތަކުން 40 ވެހިކަލް ރޭ ޓޯކޮށްފި
ރޯދަމަހާ އެކު މާލޭގެ ޓްރެފިކް ބޮއްސުންލައިފި
ބާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް މާދަމާ ފަށަނީ
މާދަމާ މާލޭގައި ބޮޑެތި ވެހިކަލްތައް ދުއްވުން މަނާ
ޓްރެފިކް މެނޭޖުކުރަން ބައެއް މަގުތައް ބަންދު
ސްކޫލްތައް ކައިރިން ވެހިކަލްތައް ނަގަން އަންގައިފި
ބަރުގޮނު އަޅާ ނަމަ ލައިޓްގައި ގިނައިރުވާ އަދަބެއް ދެނީ
މިދިޔަ ހަފްތާގައި 759 އުޅަނދުގައި ސްޓިކާ ޖެހި