އެސްޓޯނިއާ އިން ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި އިނޮވޭޝަންގެ ދާއިރާ އިން ހޯދާފައިވަނީ ތައުރީފު ހައްގު ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
އެސްޓޯނިއާ އިން ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި އިނޮވޭޝަންގެ ދާއިރާ އިން ހޯދާފައިވަނީ ތައުރީފު ހައްގު ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، އެސްޓޯނިއާގެ ރައީސް ރައީސް އަލާރް ކަރިސްގެ ދައުވަތަކަށް މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވެވި ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި އެސްޓޯނިއާ އިން ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދާއިރާ އިން އެހާ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރީ އެ ގައުމުގެ ރައީސް ކަރިސްގެ ދުރުވިސްނުންފުޅާއި އިސްނެންގެވުމާ އެކު އެވެ.
"އަދި އެ މަނިކުފާނު ވަނީ އެސްޓޯނިއާއަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ޒަރިއްޔާއިން މުޖުތަމައުތައް ބާރުވެރިކުރުމުގެ ލާމަސީލު މިސާލެއްކަން ފާހަގަކުރައްވައި، އެ ގައުމުގެ ތަޖުރިބާއިން އިބުރަތް ލިބިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ވިހާތަނުން އެސްޓޯނިއާގެ ކޮންމެ ކުއްޖަކަށް ޑިޖިޓަލް އައިޑީ ކާޑެއް މިހާރު ދޫކުރެ އެވެ، އާންމު ހިދުމަތްތައް ހޯދައި، އިލެކްޓްރޯނިކް މުއާމަލާތްތައް ރައްކާތެރިކަމާ އެކު ކުރުމުގައި އެސްޓޯނިއާ އަކީ މިހާރު ފާހަގަކުރެވޭ އެއް ގައުމެވެ.
ރައީސް މުއިއްޒާއި އެސްޓޯނިއާގެ ރައީސް ކަރިސް އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވަނީ މިއީ ރާއްޖޭގެ އެންމެ މަތީ ވެރިޔަކު އެސްޓޯނިއާ އަށް ކުރައްވާ ތާރީހީ އެންމެ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ، މި ދަތުރުފުޅުން ރަމްޒު ކޮށްދެނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުގެ މެދުގައި އޮތް އެއްގޮތް ވިސްނުމާއި އެކަމަށް ދޭ ސަމާލުކަން ކަމަށެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، ރައީސް މުއިއްޒުގެ ވާހަކަފުޅު ނިންމައިލެއްވީ ރާއްޖެ އާއި އެސްޓޯނިއާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ އަޒުމު އައުކުރައްވަމުންނެވެ. އަދި ވިދާޅުވީ، ދެ ގައުމު ވެސް އޮތީ އެކުގައި މަސައްކަތް ކުރުމުގެ އައު ބާބެއްގެ ފެށުމާ ހަމައިގައި ކަމަށެވެ.
."..އެ ގުޅުމަކީ އެއް ގައުމު އަނެއް ގައުމަށް އިހުތިރާމުކޮށް، އެއްބައިވަންތަކަމުގެ އަސާސްތަކެއްގެ މައްޗަށް ބިނާވާ، ދެމެހެއްޓެނިވި އުޖާލާ މުސްތަގުބަލަކަށް މަސައްކަތް ކުރުމުގެ ބާބެއް ކަމުގައި ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ރައީސް މުއިއްޒު އިއްޔެ ވަނީ އެސްޓޯނިއާގެ ރައީސް ކަރިސްއާ ވެސް ބައްދަލުކުރައްވައިފަ އެވެ.
ރައީސް މުއިއްޒާއި އެސްޓޯނިއާގެ ރައީސް ކަރިސް އިއްޔެ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ދޭދޭ ގުޅުން ބަދަހިކުރުމާއި ޓޫރިޒަމާއި ތައުލީމު އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ، ދެ ގައުމުން އެކުގައި މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސައިބަސެކިއުރިޓީ އާއި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން އިލްމު ހިއްސާ ކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ރައީސް މުއިއްޒާއި އެސްޓޯނިއާގެ ރައީސް ކަރިސް އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އިޔާދަކުރަނިވި ހަކަތަ އާއި ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ދާއިރާގެ މާހިރުން އެސްޓޯނިއާގައި ތިބިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއީ ރާއްޖެ އަށް އަގުހުރި ނަމޫނާތަކެއް ކަމަށެވެ. ރާއްޖޭގައި ޑިޖިޓަލް ތަރައްގީ ގާއިމުކޮށް، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމުގައި ދެ ގައުމުން އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުގައި ވެސް އެ މަނިކުފާނު މަޝްވަރާ ކުރެއްވި އެވެ.
"ދެ ރައީސުންވެސް ވަނީ، ބައިނަލްއަގުވާމީ ސެކިއުރިޓީއާ މެދު ހިޔާލުބަދަލުކުރައްވައި، ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުން ހިއްސާކުރާ ކަންކަމުގައި އެއްބާރުލުން ދިނުމަށް، އަޒުމު ކަނޑައަޅުއްވައިފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
"ދިވެހިންނަށް ފައިދާވާ ހުރިހާ މަގަކުން ކުރިއަށްދާނަން"
ރައީސް މުއިއްޒަށް އެސްޓޯނިއާއިން ހޫނު މަރުހަބާއެއް
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
ސަރުކާރުން ދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރަނީ
މިއީ ރާއްޖެ-އެސްޓޯނިއާގެ ގުޅުމުގެ އާ ދައުރެއްގެ ފެށުން
ރާއްޖޭން ޔޫކްރެއިން ކޮޅަށް ބުރަވި ވާހަކަ ދޮގުކޮށްފި
ރައީސް މުއިއްޒުގެ ޝުކުރު އެސްޓޯނިއާގެ ރައީސަށް
"އެސްޓޯނިއޯއަކީ ރާއްޖެއިން ކުރާ ދަތުރުގައި ނަމޫނާއެއް"
"ޑިޖިޓަލް ރާއްޖެ"ކުރިއަރުވަން އެސްޓޯނިއާގެ އެހީތެރިކަން
ޑިޖިޓަލް ކުރިއެރުންތައް ރައީސް ބައްލަވާލައްވައިފި