ރާއްޖޭގެ އަވަށްޓެރި ގައުމުތަކަކީ އެންމެ ގާތް ރަހުމަތްތެރިން ކަމަށާއި އެއީ ބަދަލު ނުކުރެވޭނެ ހަގީގަތެއް ކަމަށް ވިޔަސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހީނަރު ނުވާ ގޮތަށް ހުރިހާ ގައުމުތަކާ އެކު ގުޅުން ބަދަހިކޮށް، ދިވެހިންނަށް ފައިދާވާނެ ހުރިހާ މަގެއް ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އަވަށްޓެރި ގައުމުތަކަކީ އެންމެ ގާތް ރަހުމަތްތެރިން ކަމަށާއި އެއީ ބަދަލު ނުކުރެވޭނެ ހަގީގަތެއް ކަމަށް ވިޔަސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހީނަރު ނުވާ ގޮތަށް ހުރިހާ ގައުމުތަކާ އެކު ގުޅުން ބަދަހިކޮށް، ދިވެހިންނަށް ފައިދާވާނެ ހުރިހާ މަގެއް ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޔޫރަޕުގެ ގައުމެއް ކަމަށްވާ އެސްޓޯނިއޯ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވިދާޅުވި ގޮތަށް، މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ، ރާއްޖޭގެ މަސްލަހަތު ހިމާޔަތްވާ ގޮތަށް ދިވެހިންނަށް އިސްކަން ދިނުމުގެ ސިޔާސަތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަވަށްޓެރިން އަޅުގަނޑުމެންނަށް ވަރަށް މުހިންމު ވާނެ. އެ ހަގީގަތެއް ބަދަލެއް ނުވާނެ. އެ ހަގީގަތް އޮވެމެ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެބަޖެހޭ ދިވެހިންނަށް ފައިދާވާ ހުރިހާ މަގެއް ފަހި ކުރަން،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ފައިދާވާ މަގުތައް ބަލައި، ކުރިއަށް ދިޔުމުގައި، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ދިވެހިންގެ މަސްލަހަތު އަބަދުވެސް އިސްވާނެ އެވެ.
"...ދިވެހި ރައްޔިތުންނަށް ކުރިއެރުން ލިބޭނެ މަގުތައް ފަހިވާ ގޮތަށް އެހީތެރިކަން ދޭ ހުރިހާ ގައުމަކާ އެކީ، މި ދެންނެވި ގޮތަށް އަޅުގަނޑުމެންގެ މިނިވަން ހިމާޔަތް ކުރެވިފައި، ކުރިއަށް ދެވެންޏާ އަޅުގަނޑު ބޭނުން ގާތް ގުޅުން ބާއްވަން،" ރައީސް ވިދާޅުވި އެވެ.
އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް މި ސަރުކާރުން ގެންގުޅޭ ތަސައްވަރު ހާސިލްކުރުމަށް މި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށެވެ.
އެސްޓޯނިއާ އަކީ ޑިޖިޓަލް އިގުތިސާދެއް ބިބާކުރުމުގައި މުޅި ދުނިޔޭގައި ވެސް ނަމޫނާ ގައުމެއް ކަން ފާހަގަކުރައްވައި، ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އާންމު ހިދުމަތްތައް ޑިޖިޓަލައިޒް ކުރަން ފަށާފައިވާ މަސައްކަތުގައި އެސްޓޯނިއާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން މި ދަތުރުފުޅުގެ ތެރެއިން ވަނީ ލިބިވަޑައިގެންފަ އެވެ.
"އަޅުގަނޑުމެންގެ ޕަބްލިކް ސާވިސްތައް 100 ޕަސެންޓު ޑިޖިޓަލައިޒް ކުރަން ބޭނުން. ޒަމާނުއްސުރެ ކަރުދާހުން އާކައިވް ކުރުން ޑިޖިޓަލް އާކައިވްއަކަށް ބަދަލުކުރަން ބޭނުން،" ރައީސް ވިދާޅުވި އެވެ.
އެހެންކަމުން، މި އަމާޒަށް ވާސިލުވުމަށް، އެ ކަން ކާމިޔާބު ކަމާއެކު ކުރަމުންދާ އެސްޓޯނިއާ ފަދަ ގައުމެއްގެ އެހީތެރިކަން ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ތައުރީފު ހައްގު
ރައީސް މުއިއްޒަށް އެސްޓޯނިއާއިން ހޫނު މަރުހަބާއެއް
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
ސަރުކާރުން ދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރަނީ
މިއީ ރާއްޖެ-އެސްޓޯނިއާގެ ގުޅުމުގެ އާ ދައުރެއްގެ ފެށުން
ރާއްޖޭން ޔޫކްރެއިން ކޮޅަށް ބުރަވި ވާހަކަ ދޮގުކޮށްފި
ރައީސް މުއިއްޒުގެ ޝުކުރު އެސްޓޯނިއާގެ ރައީސަށް
"އެސްޓޯނިއޯއަކީ ރާއްޖެއިން ކުރާ ދަތުރުގައި ނަމޫނާއެއް"
"ޑިޖިޓަލް ރާއްޖެ"ކުރިއަރުވަން އެސްޓޯނިއާގެ އެހީތެރިކަން
ޑިޖިޓަލް ކުރިއެރުންތައް ރައީސް ބައްލަވާލައްވައިފި