ރާއްޖެއިން ވަގަށް ބައި ޓަނުގެ މިޔަރު މަސް ބޭރުކުރަން އުޅުނު ކުންފުނީގެ ނަން ކަސްޓަމްސް އިން ސިއްރުކޮށްފި އެވެ.
30 ޖެނުއަރީ 2025
ރާއްޖެއިން ވަގަށް ބައި ޓަނުގެ މިޔަރު މަސް ބޭރުކުރަން އުޅުނު ކުންފުނީގެ ނަން ކަސްޓަމްސް އިން ސިއްރުކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު"ން ފޮނުވި ސުވާލުތަކަށް ކަސްޓަމްސްއިން މިއަދު ދިން ޖަވާބުގައި ބުނީ ރާއްޖެއިން 582 ކިލޯގެ މިޔަރު މަހާއި މަޑިމަސް ބޭރުކުރަން އުޅުނު ކުންފުނީގެ ނަން ސިއްރުކުރީ އެއީ މިވަގުތު ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ ކަމަށެވެ.
ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން، ރާއްޖެއިން ބޭރުކުރުން މަނާތަކެތި ބޭރުކުރަން އުޅުނުކަން އެނގުނީ މިދިޔަ ނޮވެމްބަރު މަހު ކަސްޓަމްސުން ޝިޕްމަންޓެއް ފާސްކުރުމުގެ ތެރޭގަ އެވެ.
ކަސްޓަމްސުން އޭރު ބުނެފައިވަނީ އެ ތަކެތި ބޭރުކުރަން އުޅުނީ ލޮނު މަހުގެ ގޮތުގައި ކަމަށެވެ. އެކަމަކު، މެރިން ރިސާޗް ސެންޓަރުން އިތުރަށް ޓެސްޓު ހެދުމަށްފަހު، އެއީ މިޔަރު މަހާއި މަޑި މަސް ކަމަށް ކަށަވަރުކޮށް ދީފައިވާ ކަމަށް ކަސްޓަމްސުން ބުންޏެވެ.
އޭގެފަހުން މިދިޔަ މަހު ކަސްޓަމްސް އިން ވަނީ އެ ތަކެތި ނައްތާލައިފަ އެވެ.
ކަސްޓަމްސުން ބުނީ މިޔަރު މަސް ބޭރުކުރަން އުޅުނު ކުންފުނީގެ މައްސަލަ ކަމާބެހޭ އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް، ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބުނެ އިތުރު ތަފްސީލެއް ނުދެ އެވެ.
މިޔަރާއި މަޑީގެ ބާވަތްތަކަކީ ރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގެ ދަށުން ހިފުމާއި ބޭނުން ކުރުމާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުން ވެސް މަނާ ބާވަތްތަކެވެ.
ވަގަށް މިޔަރު ބޭރުކުރަން އުޅުނު ކުންފުނި އާންމުކޮށްފި
ބޭރުކުރަން އުޅުނު ބައިޓަނުގެ މިޔަރު މަސް ހިފަހައްޓައިފި
243 ކިލޯ މިޔަރުއުރަހައިިގެ މައްސަލަ އަދިވެސް ނުނިމޭ
ގިނަ އަދަދެއްގެ މިޔަރު އުރަހަ އެއާޕޯޓުން ހިފަހައްޓައިފި
ކަސްޓަމްސްއާ ހެދި މިޔަރު އުރަހައިގެ މައްސަލަ ހުއްޓިފައި
މިޔަރު އުރަހަ އަތުލައިގަތް މައްސަލައިގެ ތަހުގީގު ނުނިމޭ
މިޔަރު އުރަހަ ބޭރުކުރި ބަޔަކު ހާމަކުރާނީ ތަހުގީގަށްފަހު
އަތުލައިގަތް މިޔަރު އުރަހައިގެ އަގު 2.6 މިލިއަން
429 ކިލޯގެ މިޔަރު އުރަހަ އެއާޕޯޓުން ހިފަހައްޓައިފި
ވަގަށް އެތެރެކުރަން އުޅުނު 400 ވޭޕް އަތުލައިގެންފި