Roadha Mihaaru
ގިނަ އަދަދެއްގެ މިޔަރު އުރަހަ އެއާޕޯޓުން ހިފަހައްޓައިފި

ވައިގެ މަގުން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ އަތުލައިގެންފި

26 އޯގަސްޓް 2021

ވައިގެ މަގުން ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ މިއަދު އަތުލައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ވައިގެ މަގުން ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ މިއަދު އަތުލައިގެންފި އެވެ.

އެކަމަކު ކަސްޓަމްސް އިން ބުނި ގޮތުގައި އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އަތުލައިގެންފައި ވަނީ ކިތައް ކިލޯގެ މިޔަރު އުރަހަކަމެއް އަދި ސާފެއް ނުވެ އެވެ.

"މިއަދު [އެތަކެތި] އަތުލައިގެންފައި ވަނީ. އެކަމަކު އެއީ މިޔަރު އުރަހަތަކެއްކަން ސީދާ އެނގޭނީ ޓެސްޓްކުރުމަށް ފަހު،" ކަސްޓަމްސްގެ އޮފިޝަލު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެއާ ކާގޯ ކޮންޓެއިނަރެއް ފުރާ މިޔަރު އުރަހަ ހުރި މަންޒަރު ފެނެ އެވެ.

މި ކޮންޓެއިނަރުގައި ހުރި މިޔަރު އުރަހަތައް ކަރުދާސް ފޮށިތަކަކަށް އަޅާ މަންޒަރު ފެންނައިރު ބެލެވޭ ގޮތުގައި އެ މަސައްކަތް ކުރަމުންދިޔައީ އެއާޕޯޓުގެ ސްޓާފުންނެވެ.

މި ތަކެތި ބޭރުކުރަން އުޅުނު ބަޔަކާ ބެހޭ މައުލޫމާތެއް ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން ވެސް މިގޮތަށް ވައިގެ މަގުން މިޔަރު އުރަހަ ބޭރުކުރަން އުޅެނިކޮށް އެއާޕޯޓުން އަތުލައިގެންފައިވެ އެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރުގެ އެއްވެސް ބާވަތެއް ހިފުމާއި ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި މީގެ އެކްސްޕޯޓު ވެސް މަނަލެވެ.