އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަންހެނުން ސާރާ ނަތަންޔާހޫގެ މައްޗަށް ފުލުހުން ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަންހެނުން ސާރާ ނަތަންޔާހޫގެ މައްޗަށް ފުލުހުން ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
މިކަން ހާމަވީ ނަތަންޔާހޫއާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ކުރިއަށް ގެންދާ ކޮރަޕްޝަންގެ ދައުވާތަކަށް ނުފޫޒު ފޯރުވައި ހުރަސްއެޅުމަށް ސާރާ މަސައްކަތްކުރާ ކަމަށް ބުނެ، އިޒްރޭލުގެ ނެސެޓުގައި ހިމެނޭ އިދިކޮޅު މެންބަރަކު ފޮނުވި ސިޓީއަކަށް ފުލުހުން ދިން ޖަވާބެއްގަ އެވެ.
ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ، ނެސެޓްގެ މެމްބަރު ނާމާ ލަޒީމީ އާދީއްތަ ދުވަހު އެކްސްގައި އެ ސިޓީ ހިއްސާކޮށް ބުނެފައިވަނީ ޖިނާއީ ތަހުގީގެއް ފަށާފައިވަނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށާއި އެއީ އިޒްރޭލުގެ ޗެނަލް 12 ގެ އުވްޑާ ނިއުސް ޕްރޮގްރާމުގެ ތަހުގީގަށް ފަހު ކަމަށެވެ.
އެ ޗެނަލްގެ ތަހުގީގުގައި ތުހުމަތުކުރާ ގޮތުގައި ސާރާ ނަތަންޔާހޫ އޭނާގެ ފިރިމީހާގެ މައްޗަށް ހިނގަމުންދާ ކޮރަޕްޝަންގެ ޝަރީއަތުގައި މުހިންމު ހެކިވެރިއަކަށް ބިރު ދެއްކުމަށް މަސައްކަތް ކުރި އެވެ. މީގެ އިތުރުން ބަންޑާރަ ނައިބާއި އޭނާގެ ނައިބު އަދި ފިރިމީހާއާ ދެކޮޅު ކަމަށް ބެލެވޭ އެހެނިހެން މީހުންނަށް އުނދަގޫކުރުމުގެ ގޮތުން މުޒާހަރާތަކެއް ވެސް ރާވައި ހިންގި ކަމަށް އޭގައި ބުނެ އެވެ. ދައުލަތުގެ ވަކީލުގެ އޮފީހުން ބުނީ އެ ތަހުގީގަކީ އިޒްރޭލު ފުލުހުންނާއި ދައުލަތުގެ ވަކީލުގެ އޮފީހުގެ ސައިބާ ޑިޕާޓްމަންޓާ އެކު ކުރިއަށް ގެންދާ ތަހުގީގެއް ކަމަށެވެ.
ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައި ޝަރީއަތް ފަށާފައި ވާއިރު އޭނާ އަކީ ބޮޑުވަޒީރުކަމުގައި ހުއްޓާ ދައުވާ ލިބޭ އިޒްރޭލުގެ ފުރަތަމަ ލީޑަރެވެ.
ފުރަތަމަ މައްސަލާގައި ނަތަންޔާހޫ އާއި އޭނާގެ އަންހެނުން ސާރާގެ މައްޗަށް ތުހުމަތު ކުރަނީ ސިޔާސީ މަންފާގެ ބަދަލުގައި ބިލިއަނަރުންގެ އަތުން 260،000 ޑޮލަރަށް ވުރެ އަގުހުރި ލަގްޒަރީ ސާމާނު ގަބޫލުކުރުމެވެ. އޭގެ ތެރޭގައި ސުއްޓާ އާއި ގަހަނާ އަދި ޝެމްޕޭން ހިމެނެ އެވެ. މި ހަދިޔާ ދިން މީހުންގެ ތެރޭގައި އިޒްރޭލަށް އުފަން ހޮލީވުޑްގެ ޕްރޮޑިއުސަރު އާނޮން މިލްޗާން އާއި އޮސްޓްރޭލިއާގެ ބިޒްނަސް އެގްޒެކެޓިވް ޖޭމްސް ޕެކާ ހިމެނެ އެވެ.
އަނެއް ދެ މައްސަލައަކީ ނަތަންޔާހޫ އިޒްރޭލުގެ ދެ މީޑިއާއެއްގައި "ރަނގަޅު ކަވަރޭޖެއް" ގެނައުމަށް މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
އެއް ކަމަކީ ވާދަވެރި ދުވަހު ނޫހެއް "ބަލިކަށިކުރުމަށް" އެއްބަސްވެ، އިޒްރޭލުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޔެޑިއޯތު އަހްރޯނޯތުގެ ޕަބްލިޝަރު އާނޮން މޮޒޭސްއާ އެކު އެއްބަސްވުމަކަށް އައުމަށް ބޮޑުވަޒީރު މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.
އިޒްރޭލުގެ މިނިވަންވި ރަހީނުން އެދެނީ ސުލްހަވާން
"ރަހީނުކުރީ ހަމާސް އިން، ދުޝްމަނަކީ ނަތަންޔާހޫ"
އިޒްރޭލުން ފަލަސްތީނުގެ ގައިދީން މިނިވަނެއް ނުކުރި
އީރާންގެ ކަންތައް ނިންމާލާނަން ކަމަށް ނަތަންޔާހޫ ބުނެފި
އަލުން ހަމަލާތައް ފަށާނެކަމުގެ އިންޒާރު ނަތަންޔާހޫ ދީފި
"ނަތަންޔާހޫ އަށް ފެންނަނީ އަވާމެންދުރެއް"
ޓްރަމްޕުގެ ޕްލޭން ތަންފީޒުކުރާނަން: ނަތަންޔާހޫ
ސުލްހައިން ފަހިވާންޖެހޭނީ ފަލަސްތީނު ދައުލަތެއް: ސްޓާމާ
ހަމަލާތައް އަލުން ފަށަންޖެހޭ ނަމަ ފަށާނަން: ނަތަންޔާހޫ
ނަތަންޔާހޫ ހޮސްޕިޓަލުން ދޫކޮށްލުމާ އެކު މަޖިލީހަށް