Roadha Mihaaru
އެޓަލާންޓާ ޗެމްޕިއަންސް ލީގާ ގާތަށް

އެޓަލާންޓާ ޗެމްޕިއަންސް ލީގާ ގާތަށް

20 މެއި 2019

ނޭޕްލްސް (މެއި 20) – އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާ 1-1 އިން އެއްވަރުވި ނަމަވެސް އެޓަލާންޓާ އިން ޗެމްޕިއަންސް ލީގުގެ ފުރުސަތު ބޮޑުކުރިއިރު ނަޕޯލީ އަތުން 4-1 އިން ބަލިވެ އިންޓަ މިލާނަށް ފަހު މެޗަށް އިންތިޒާރުކުރަން ޖެހިއްޖެ އެވެ.

ނޭޕްލްސް (މެއި 20) – އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާ 1-1 އިން އެއްވަރުވި ނަމަވެސް އެޓަލާންޓާ އިން ޗެމްޕިއަންސް ލީގުގެ ފުރުސަތު ބޮޑުކުރިއިރު ނަޕޯލީ އަތުން 4-1 އިން ބަލިވެ އިންޓަ މިލާނަށް ފަހު މެޗަށް އިންތިޒާރުކުރަން ޖެހިއްޖެ އެވެ.

އިޓަލީ ލީގުން ޗެމްޕިއަންސް ލީގުގެ ޖާގަ މިހާތަނަށް ކަށަވަރުކޮށްފައިވަނީ ޗެމްޕިއަން ޔުވެންޓަސް އާއި ދެ ވަނައިގައި އޮތް ނަޕޯލީންނެވެ. އަނެއް ދެ ޖާގަ އަށް ވާދަކުރަނީ 66 ޕޮއިންޓާ އެކު ހެޑް-ޓު-ހެޑް އިން ތިން ވަނައިގައި އޮތް އެޓަލާންޓާ އާއި 66 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް އިންޓަ އަދި 65 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތް އޭސީ މިލާނާއި 63 ޕޮއިންޓާ އެކު ހަ ވަނައިގައި އޮތް އޭއެސް ރޯމާ އެވެ.

ފަހު މެޗުގައި އަމިއްލަ ދަނޑުގައި ސަސުއޮލޯ އަތުން މޮޅުވެގެން އެޓަލާންޓާ އަށް އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނެ އެވެ. އިންޓަ އަށް ވެސް ފަހު މެޗުން އެމްޕޮލީ އަތުން މޮޅެއް ލިބިއްޖެ ނަމަ ޗެމްޕިއަންސް ލީގަށް ދެވޭނެ އެވެ. ރޭ ފްރޮސިނޯނޭ އަތުން 2-0 އިން މޮޅުވި މިލާނަށް ފުރުސަތު ލިބެން އޮތީ ފަހު މެޗުން ސްޕާލް އަތުން މޮޅުވެ އަދި އެޓަލާންޓާ އާއި އިންޓަގެ ތެރެއިން ޓީމަކަށް މޮޅުނުވެވިއްޖެ ނަމަ އެވެ. ރޯމާ އަށް ފުރުސަތު އޮތީ ފަހު މެޗުން ޕާމާ އަތުން މޮޅުވެ އަދި އަނެއް އެޓަލާންޓާ، އިންޓަ އަދި މިލާން ކުޅޭ މެޗުތަކުން ބަލިވެގެންނެވެ.

ރޭ ޔުވެންޓަސްގެ ދަނޑުގައި އެޓަލާންޓާ ކުޅުނު މެޗުގައި އެ ޓީމުގެ ޔޮސިޕް އިލިސިޗް 33 ވަނަ މިނެޓުގައި ލީޑު ނަގާފައި އޮއްވާ ޔުވެންޓަސް އިން އެއްވަރުކުރީ 80 ވަނަ މިނެޓުގައި މާރިއޯ މަންޗުކިޗް ޖެހި ގޯލުންނެވެ. މި ސީޒަނަށް ފަހު ކްލަބް ދޫކޮށް ކޯޗު މަސިމިލިއާނޯ އެލެގްރީ އާއި ޑިފެންޑަރު އަންދްރޭ ބަރްޒާލީ އަށް ރޭގެ މެޗުގައި ސަޕޯޓަރުން ވަނީ އަލްވަދާއު ކިޔައިފަ އެވެ.

އިންޓަ ކޮޅަށް ރޭ ނަޕޯލީގެ ފަބިއަން ރުއިޒް ދެ ލަނޑު ޖެހިއިރު އަނެއް ދެ ގޯލް ކާމިޔާބުކުރީ ޕިއޮޓްރޭ ޒިއެލިންސްކީ އާއި ޑްރިއެސް މާޓިންސް އެވެ. އިންޓަގެ ހަމައެކަނި ގޯލް މެޗުގެ ފަހުކޮޅު ޕެނަލްޓީއަކުން ޖެހީ މައުރޯ އިކާޑީ އެވެ.

އަމިއްލަ ދަނޑުގައި ފްރޮސިނޯނޭ އަތުން މިލާން މޮޅުވި މެޗުގައި ގޯލްތައް ޖަހައިދިނީ ކްރިސްޓޮފް ޕިއޮންޓެކާއި ސޫސޯ އެވެ. މިލާނުގެ ސަޕޯޓަރުން ވަނީ 10 އަހަރަށް ފަހު އެ ކްލަބް ދޫކޮށްލާ އިޓަލީ ފުލްބެކް އިގްނާޒިއޯ އަބާޓޭ އަށް ރޭގެ މެޗުގައި އަލްވަދާއު ކިޔައިފަ އެވެ.