ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކުގައި މި އަހަރު ފެށުނު ފަހުން މިހާތަނަށް 70 މީހަކު ޝަހީދުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކުގައި މި އަހަރު ފެށުނު ފަހުން މިހާތަނަށް 70 މީހަކު ޝަހީދުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މި އަދަދު ހާމަކުރުމުގެ ކުރިން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ އޮފީހުން އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ހުޅަނގު އައްސޭރީގައި ހިންގަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށެވެ.
ފަލަސްތީނުގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހުޅަނގު އައްސޭރީގައި މިހާރު ކުރިއަށްދަނީ ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު ގެއްލުވާލުމަށާއި ނަސްލު ނައްތާލުމުގެ މަގްސަދުގައި އިޒްރޭލުން ރާވާފައިވާ ޕްލޭންތައް ތަންފީޒުކުރުން ކަމަށެވެ. ރައީސް އައްބާސް މި އަމަލުތައް ކުށްވެރި ކުރައްވާ ކަމަށް ބަޔާނުގައިވެ އެވެ.
ރާމަﷲ ގައި ހުންނަ ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ފަހުން ބުނި ގޮތުގައި "މި އަހަރު ފެށުނު ފަހުން ހުޅަނގު އައްސޭރީގައި 70 މީހަކު ޝަހީދުކޮށްފި" އެވެ. މީގެތެރޭގައި 10 ކުޑަކުދިންނާއި އަންހެނަކާއި އުމުރުން ދުވަސްވީ ދެ މީހުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހުޅަނގު އައްސޭރީގެ އުތުރުގައި ޖަނީންގައި 38 މީހުން އަދި ތޫބާގައި 15 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި އިޒްރޭލުން ހިފާފައިވާ އިރުމަތީ ގުދުސްގައި އެކަކު ޝަހީދުވި ކަމަށް އެ އިދާރާއިން ބުންޏެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގައި ބޮޑު އޮޕަރޭޝަނެއް ފެށީ އިޒްރޭލަށް ނުރައްކާކުރާ މުޖާހިދުން ގިނަ އަދި އެފަދަ ޖަމާއަތްތަކުގެ ބާރު ގަދަ ޖަނީން އިން އެ ޖަމާއަތްތައް ނައްތާލަން ކަމަށް ބުނެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖެމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރުމަށް އެ ގައުމަށް ދާން ތައްޔާރުވެފައި ވަނިކޮށް ރުދައިނާ ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީއަށް ވިދާޅުވީ މިއީ "މާ ބޮޑަށް ލަސްނުވަނީ އެމެރިކާއިން ހުއްޓުވަންޖެހޭ" މައްސަލައެއް ކަމަށެވެ.
ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް މެދުކަނޑާލަން އިޒްރޭލާއި ހަމާސްއިން ހެދި އެއްބަސްވުން ތަންފީޒުކުރަމުން ދިޔަ ނަމަވެސް ފަލަސްތީނުގެ އެހެން ހިސާބުތަކުގައި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.
ހުޅަނގު އައްސޭރިން އެތައް ހާސް ބަޔަކު ނެރެލައިފި
ހުޅަނގު އައްސޭރީގައި މާބަނޑު މީހަކު ޝަހީދުކޮށްލައިފި
އިޒްރޭލުން ހުޅަނގު އައްސޭރި ފޭރެން އުޅޭތީ ކަންބޮޑުވުން
ބިން ފޭރުމުގެ ބޮޑު ޕްލޭން އިޒްރޭލުން ތަންފީޒުކުރަނީ
ފަލަސްތީނު މީހަކު ވެހިކަލެއްގެ ބޮނެޓް މަތީ އައްސާފައި!
ހަމަލާގެ ތުހުމަތުވާ ފަލަސްތީނު މީހެއްގެ ގެ ގޮއްވާލައިފި
އިޒްރޭލު އެޖެންޓުން ހޮސްޕިޓަލަކަށް ވަދެ ބަޔަކު މަރައިފި
"ހަމާސްއަށް ތާއީދުކުރާ" ދަރިވަރުންތަކެއް ހައްޔަރުކޮށްފި
މީހެއްގެ ގައިމަތިން އިޒްރޭލު ސިފައިން ވެހިކަލް ދުއްވި
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި