ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މާދަމާ ފެށުމަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕުގެ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.
05 ފެބުރުއަރީ 2025
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މާދަމާ ފެށުމަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕުގެ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހެވެ.
ފަލާހުގެ އަރިހުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ޑެޕިއުޓީ ޕީޖީ ލީޑަރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުގެ އިތުރުން ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގަތެވެ.
ޕީއެންސީގެ ލީޑަޝިޕާއި އެ ޕާޓީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އޮތް ގުޅުން ހީނަރުވެ، މައްސަލަތަކެއް ޖެހިފައިވާ ކަމުގެ އަޑުގަދަ ވެފައިވާ ދުވަސްވަރެއްގައި ބޭއްވި މި ބައްދަލުވުމުގައި އަބްދުއްރަހީމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ނަމަވެސް ފަލާހު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިނުގެންނެވީ ޕާޓީގެ އެތެރޭގައި ސިޔާސީ ގޮތުން އުފެދިފައިވާ އެއްވެސް މައްސަލައަކާ ގުޅިގެން ނޫނެވެ.
އާ ދައުރަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުން ބޭއްވި ޕީޖީ ބައްދަލުވުން -- ފޮޓޯ: ޝުޖާ
ފަލާހު ވިދާޅުވީ، ޕީޖީ ގްރޫޕުން ގިނައިން ކުރަނީ ސިޔާސީ މަސައްކަތްތަކަށް ވާތީ، މަޖިލިހުގެ ރައީސްކަމާ އަބްދުއްރަހީމް ހަވާލުވެވަޑައިގެންނެވި ފަހުން ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ސެކިއުރިޓީއާ އެ ނޫން ވެސް ސަބަބުތަކާ އެކު ކުއްލިއަކަށް ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަކީ އެ މަނިކުފާނަށް ދަތި ކަމެއްގެ ގޮތުގައި ފަލާހު ފާހަގަކުރެއްވި އެވެ.
އާންމުކޮށް ވެސް ޕީޖީ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވަނީ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން އޭނާ ކަމުގައި ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވި ގޮތުގައި މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ މަޖިލީހުގެ އާ ދައުރުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ މެދުގަ އެވެ.
އާ ދައުރަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުން ބޭއްވި ޕީޖީ ބައްދަލުވުން -- ފޮޓޯ: ޝުޖާ
މާދަމާ ހެނދުނު 9:00 ގައި ބާއްވާ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެ އެވެ. ރައީސް މުއިއްޒުއާ ސިޔާސީ ގޮތުން ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަބްދުއްރަހީމް ކަމަށް އެނގިފައި ވެ އެވެ.
ރައީސް މުއިއްޒާ އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާ ކަމުގެ ވާހަކަތައް ދެއްކެވެން ފެށީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަކިކުރެއްވުމާ އެކުގަ އެވެ.
މައިނޯރިޓީ އަށް ދޭން ޖެހޭ ޖާގަ ދޭނަން: ޕީއެންސީ
ވޯޓުގައި ބައިވެރި ނުވީ ދެ މެމްބަރެއް: ފަލާހު
ވިޕާހިލާފުވި ޕީއެންސީގެ މެންބަރުންނަށް ފިޔަވަޅު އަޅަނީ
"ކޯހުގައި ކިޔަވަން އިސް ނެގީ ޕީއެންސީގެ މެމްބަރުން"
"މީޑިއާ ކޮމިޝަން ބިލް އެންޑޯޒް ކުރާނީ ދިރާސާކޮށްފައި"
މުރައިދޫގޭ މުވައްޒަފުންގެ އަދަދު ސިއްރުކުރަން ފާސްކޮށްފި
ގޯތި ބެހުމަކީ ހިންގި އެންމެ ބޮޑު ހިޔާނާތް: ފަލާހު
މިއީ އެންމެ ހާޒިރީ ރަނގަޅު މެމްބަރުންނަށް ވާނެ:ފަލާހު
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލަށް ޕީއެންސީގެ ތާއީދު
ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް މަޖިލިހުން އުފައްދަނީ