މާލެއަށް ކުރިމަތިވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް އަޅަން ނިންމާފައިވާ ޕާކިން ބިލްޑިންތައް އަޅާނީ އިންޑިއާގެ ސަރުކާރުގެ އެހީގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފަ އެވެ.
06 ފެބުރުއަރީ 2025
މާލެއަށް ކުރިމަތިވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް އަޅަން ނިންމާފައިވާ ޕާކިން ބިލްޑިންތައް އަޅާނީ އިންޑިއާގެ ސަރުކާރުގެ އެހީގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފަ އެވެ.
ރައީސް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ މާލޭގައި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ޕާކިން މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިން ނުވަތަ ކުޑަ އިންޓްރެސްޓުގައި ދޭ ލޯނުގެ އެހީގައި މާލޭގެ ހަތަރު ސަރަހައްދެއްގައި ތިމާވެއްޓާ ރަށްޓެހި އަދި އިއާދަކުރަނިވި ހަކަތައިން ޕަވަ ޖެނެރޭޓްކުރާ ޕާކިން ބިލްޑިންތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
"މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި އަހަރު ފެށުމަށް މަސައްކަތް ކުރެވެމުންދާކަން އުފަލާ އެކު ފާހަގަކޮށްލަން،" ރައީސް ވިދާޅުވި އެވެ.
ޕާކިން ބިލްޑިން އެޅުމަށް މާފަންނު ސަހަރާ އާއި ހެންވޭރު ސަހަރާ ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ވަނީ ފަށައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ.-- ފޮޓޯ: މަޖިލިސް
މާލޭގައި ޕާކިން ޖާގަ ތަނަވަސްކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އޭގެ ތެރޭގައި ޕާކިން އިމާރާތް ނުވަތަ ޕާކިން ބިލްޑިން އެޅުން ވެސް ހިމެނެ އެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައި ޕާކިން ބިލްޑިންތަކެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ހުޅުމާލޭގައި އެޗްޑީސީން ވަނީ 6،000 ޕާކިން ޖާގަ ލިބޭނެ ގޮތަށް 15 ޕާކިން ބިލްޑިން އަަޅަން ނިންމައިފަ އެވެ. އަދި އެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ވަނީ ކަނޑައަަޅައިފަ އެވެ.
ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ
ބައެއް ވަޒީރުންނަށް ރުހުން ނުދިނީ ބޭރު ބަޔަކު ރުއްސަން
އަބްދުއްރަހީމް މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހު ފަށަނީ
ދެ އިންތިހާބު އެއްކޮށްލުމާއެކު، މުހިންމު ބިލުތަކެއް!
ގެދޮރުވެރިކަމުގެ ލޯނު ޖުލައި މަހު ދޫކުރަން ފަށަނީ
4،000 ފްލެޓް ސެޕްޓެމްބަރުގެ ކުރިން ދޫކޮށް ނިންމަނީ
ފްލޯޓިން ސޯލާ ޕްރޮޖެކްޓް 2027 އަށް ނިންމަނީ
"މިނިވަންކަމަށް ލޮޅުމެއް އަރާފާނެކަމަކަށް ދޫނުދޭނަން"
ރިޔާސީ ބަޔާނަށް ހުރަސްއެޅި މެމްބަރުން ނެރެފި