ރާއްޖޭގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ނުދެއްވުމަކީ އެ މަނިކުފާނުގެ އަޒުމު ކަމަށާއި އެއީ އެކަމަށް ދުވަހަކު ވެސް ފަރުވާކުޑަކޮށް ނުލައްވާނެ ގައުމީ ވާޖިބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
06 ފެބުރުއަރީ 2025
ރާއްޖޭގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ނުދެއްވުމަކީ އެ މަނިކުފާނުގެ އަޒުމު ކަމަށާއި އެއީ އެކަމަށް ދުވަހަކު ވެސް ފަރުވާކުޑަކޮށް ނުލައްވާނެ ގައުމީ ވާޖިބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރާފާނެ ކަންކަމަކީ އެ މަނިކުފާނު އަމިއްލަ ނަފްސުގެ މައްޗަށް ލާޒިމުކުރާ އަދި ދުވަހަކު ވެސް ފަރުވާކުޑަކޮށް ނުލައްވާނެ ކަންކަން ކަމަށެވެ.
އެހެންވެ، ކަނޑާއި އެއްގަމާއި ވައިގެ ގޮތުން ވެސް އަމިއްލަ ގައުމު އަމިއްލައަށް ދިފާއު ކުރެވޭނެ ވަރުގެ ގާބިލުކަން އުފައްދަން މި މަސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމްއެންޑީއެފް ކޯސްޓްގާޑު ދެގުނަކޮށް، ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުތައް ހޯދުމުގެ މަސައްކަތާއި ކޯސްޓްގާޑުގެ އިތުރު މަރުކަޒުތައް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެެ.
"ކޯސްޓްގާޑުގެ ސްޕެޝަލް އޮޕަރޭޝަންތަކަށް ސްޕެޝަލް ބޯޓު ސްކޮޑްރަން 3 ނޮވެމްބަރު 2024 ގައި ވަނީ އުފައްދައި ހިދުމަތަށް ނެރެފައި،"
ރައީސް ވިދާޅުވީ ވައިގެ މަގުން ގައުމު ދިފާއުކުރުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ. މިދިޔަ އަހަރުގެ މާޗު 15 ގައި އެމްއެންޑީއެފް އެއާކޯ އުފެއްދި ސަބަބަކީ ވެސް ޒަމާނީ އަސްކަރީ ގާބިލުކަން އިތުރުކުރުން ކަމަށާއި އެއާ އެކު އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ ހިދުމަތް ފެށުމުން، ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ބޭރުގެ އުޅަނދުތަކެއް ވެސް، އެ ވެހިކަލްތަކުގެ އެހީގައި ހޯދާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް މުއިއްޒު މިއަދު މަޖިިލިހުގެ އިދާރާ އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުބާ ދަންނަނަވަނީ.---ފޮޓޯ: މަޖިލިސް
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އެއާ ސްޓޭޝަން ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ.
- އެމްއެންޑީއެފްގެ މެރީން ކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މިއަހަރު މަސައްކަތް ކުރެވޭނެ.
- ގިރިފުށި ޓްރެއިނިން މަރުކަޒުގެ ޖާގަ އާއި ވަސީލަތްތައް އިތުރުކުރެވޭނެ.
- އިންސާނީ ގާބިލުކަމާއި ވަސީލަތްތަކުގެ މުއްސަނދިކަމާއި ނިޒާމީ ހަރުދަނާކަން ޒަމާނީ ފެންވަރުގައި ގެނެވޭނެ.
- ފަޔާ އެންޑް ރެސްކިއު އަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މުހިއްމު ކަންކަން ވެސް މިއަހަރު ފެށޭނެ.
ފުލުހުންގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ އަމަން އަމާންކަމާއި ލޯ އެންޑް އޯޑާ ބެލެހެއްޓުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުން ހޯދައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިއަދާ ހަމައަށް 27 ރަށެއްގައި ޕޮލިސް ސްޓޭޝަން ވަނީ ހުޅުވައިފަ އެވެ. އަދި ފުލުހުންގެ ހިދުމަތް ނެތް 39 ރަށެއްގައި މި އަހަރު އެ ހިދުމަތް ގާއިމުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާރު ވަގުތީ ޕޮލިސް ސްޓޭޝަންތައް ހަދައިގެން ހިދުމަތް ދެމުން އަންނަ 20 ރަށުގައި ވެސް ދާއިމީ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
އެއާ އެކު، މުޅި ރާއްޖެ އަށް ފުލުހުންގެ ހިދުމަތް ފުޅާވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ނަތީޖާއެއްގެ ގޮތުން މި އަހަރު ނިމޭއިރު ފުލުހުންގެ ހިދުމަތް ގާއިމުވެފައި ނުވާ އެއްވެސް ރަށެއް ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޑްރަގާއި ގޭންގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ފަށާފައިވާ ބޮޑު މަސައްކަތަށް ބޭނުންވާ ކެޕޭސިޓީ، ފުލުހުންގެ ހިދުމަތުގައި އިތުރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.
މާލޭގައި ޕާކިން ބިލްޑިންތައް އަޅަނީ އިންޑިއާގެ އެހީގައި
ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ
ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހު ފަށަނީ
ދެ އިންތިހާބު އެއްކޮށްލުމާއެކު، މުހިންމު ބިލުތަކެއް!
ގެދޮރުވެރިކަމުގެ ލޯނު ޖުލައި މަހު ދޫކުރަން ފަށަނީ
4،000 ފްލެޓް ސެޕްޓެމްބަރުގެ ކުރިން ދޫކޮށް ނިންމަނީ
ފްލޯޓިން ސޯލާ ޕްރޮޖެކްޓް 2027 އަށް ނިންމަނީ
ރިޔާސީ ބަޔާނަށް ހުރަސްއެޅި މެމްބަރުން ނެރެފި
ރިޔާސީ ބަޔާން އިއްވުން ފެބްރުއަރީ 6 ގައި
ރިޔާސީ ބަޔާނަށް ކުރި ތައުރީފާއެކު އިިދިކޮޅަށް ސުވާލެއް!