އުތުރު އިންޑިއާގެ ހިމާލިޔާ ފަރުބަދަތަކުގެ މަތިން ރާއްޖެއަށް އަންނަ ނުސާފު ވައިން ރާއްޖޭގެ ޖައްވު ތަޣައްޔަރުވި މިންވަރު މިދިޔަ ޖެނުއަރީ މަހު ފެށުނު އިރުވައި މޫސުމާ އެކު އިތުރުވި އެވެ. މުޅި ރާއްޖެ ވަށައިލި މި ފުސްގަނޑުގެ ބޮޑުކަން، މޯލްޑިވިއަންގެ ޕައިލެޓް މައުމަން ސައުދު އެކްސްގައި ހިއްސާކުރި ފޮޓޯތަކަކުން ފެނެ އެވެ.
09 ފެބުރުއަރީ 2025
އުތުރު އިންޑިއާގެ ހިމާލިޔާ ފަރުބަދަތަކުގެ މަތިން ރާއްޖެއަށް އަންނަ ނުސާފު ވައިން ރާއްޖޭގެ ޖައްވު ތަޣައްޔަރުވި މިންވަރު މިދިޔަ ޖެނުއަރީ މަހު ފެށުނު އިރުވައި މޫސުމާ އެކު އިތުރުވި އެވެ. މުޅި ރާއްޖެ ވަށައިލި މި ފުސްގަނޑުގެ ބޮޑުކަން، މޯލްޑިވިއަންގެ ޕައިލެޓް މައުމަން ސައުދު އެކްސްގައި ހިއްސާކުރި ފޮޓޯތަކަކުން ފެނެ އެވެ.
ހުޅުމާލޭ ސަރަހައްދު މަތިން ހޭޒްގެ މަންޒަރު-- ފޮޓޯ:މައުމަން
މައުމަންގެ މި ފޮޓޯއަކީ މިދިޔަ ހަފްތާ ތެރޭގައި މާލޭ ސަރަހައްދުގެ މަތިން ދަތުރުކުރަމުން ނަގާފައިވާ ފޮޓޯތަކެކެވެ. މި ފޮޓޯތަކުގައި، ވިލާތަކުގެ ވަކި ހިސާބަކުން ނުސާފު ވައި ފަށަލަ ވަރަށް ސާފުކޮށް ފެނެ އެވެ. މައުމަން ބުނި ގޮތުގައި ގާތްގަނޑަކަށް 6،000 - 7،000 ފޫޓާ ދެމެދަށް މި ފަށަލަ ހުރެ އެވެ. އަދި ދެ ފަށަލަ ވަކިވާ މި މަންޒަރަކީ ގާތްގަނޑަކަށް 10،000 ފޫޓު މަތިން ނަގާފައިވާ ފޮޓޯއެކެވެ.
"އަހަރު ދެބައިވަންދެން ކަހަލަ ގޮތަކަށް މިގޮތަށް ފެންނަން ހުރޭ. އެ ދުވަހެއްގައި ވައި ހުންނަ ގޮތަކުން ފަށަލައިގެ ބޮޑުމިން ބަދަލުވާކަން ފާހަގަކުރެވޭ،" މައުމަން ބުންޏެވެ.
ނުސާފު ވައިފަށަލައިން ޖައްވު ފުސްވެފައި. -- ފޮޓޯ މައުމަން ސައުދު
މި ފޮޓޯތަކުގައި ފެންނަން ހުރި ވައިގެ ކޮލިޓީ ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރެކެވެ. އެ މިންވަރުގައި ހުންނަ ނަމަ ހައި ރިސްކް މީހުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ އެވެ.
އެކްސްގެ މި ޕޯސްޓްގެ ކޮމެންޓުތަކުގައި ވައި ސާފު ދުވަސްތަކުގެ ބައެެއް އޭރިއަލް ފޮޓޯތައް ވެސް މީހުންވަނީ ހިއްސާކޮށްފަ އެވެ. މި ފޮޓޯތަކުގައި މާ ދުރުގައި ހުންނަ ރަށްތަކާއި ފަޅުތައް ވެސް ވަރަށް ސާފުކޮށް ފެނެ އެވެ. އެކަމަކު ވައި ނުސާފުވުމުން ފެންނަނީ އަޅި ދުންތަކެެވެ.
ވައިސާފު ދުވަހެއްގައި މި މަންޒަރުތައް ފެންނަ ގޮތް ތަފާތު -- ފޮޓޯ މައުމަން ސައުދު
އާންމުކޮށް ރާއްޖެއަށް ހޭޒްގެ އަސަރު ކުރަނީ އިރުވައި މޫސުމުގެ އުތުރު ހަޅައިގައި ބޭ އޮފް ބެންގަލްގެ ކަނޑުން އަންނަ ވަޔާ އެކުގަ އެވެ. އެކަމަކު، މި އަހަރު އިރުވައި މޫސުމުގެ ހަޅަ ޖަހަން ފެށުމުގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުގައި ހޭޒްގެ އަސަރު ފެނުނެވެ. އޭރު ތަޣައްޔަރު ވައި އައީ އަރަބި ކަނޑުންނެވެ. އޭގެ، ސަބަބެއް ކަމަށް ބެލެވުނީ އުތުރު އިންޑިއާގެ ސަރަހައްދުގައި އެ ދުވަސްވަރު އުފެދުނު ބާރުގަދަ ތޫފާން "ފެންގާލް"ގެ ވައިގެ މިސްރާބު ހުރި ގޮތެވެ.
އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން، ލޮލަށް ފެންނަ ދުރުމިން ދަށްވެ އެވެ. އެކަމުގެ ސަބަބުން ދަތުރުފަތުރަށް ވެސް އުނދަގޫވެ އެވެ.
When reaching a higher altitude, the haze layer over the Maldives becoming strikingly clear. You can see a distinct layer separating the air below from clear air above. The haze is from aerosols from Himalayan that moves towards Maldives with easterly winds. Air quality ranged pic.twitter.com/fvqqv7JyjL
— Mauman (@mauman707) February 8, 2025
އޭޝިއާ ސަރަހައްދުގައި ވައި ނުސާފުވުމުގެ މައްސަލަ ބޮޑެވެ. އަދި މިއީ ފުއްޕާމޭގެ ކެންސަރު ޖެހުމަށް މިހާރު މެދުވެރިވާ އާންމު ސަބަބުތަކުގެ ތެރޭގައި ހިމެނިފައިވާ ކަމެކެވެ. ފުއްޕާމޭގެ ކެންސަރު ޖެހިގެން މުޅި ދުނިޔެއިން އަހަރަކު ހަތް މިލިއަން މީހުން މަރުވެ އެވެ.
ނުރައްކާތެރިވާ މިންވަރަށް ވައި ނުސާފު!
ރާއްޖޭގެ ފުސްކަން އިންޑިއާގެ ތަޣައްޔަރު ވަޔާ ގުޅިފައި
ވައި ނުސާފުކޮށް އޮންނަތާ ހަފްތާއެއް ވަނީ!
ވައި ނުސާފުވުމުން ރައްކާތެރިވާން އެޗްޕީއޭގެ އިލްތިމާސެއް
އިންޑިއާގެ ތަޣައްޔަރު ވައިން ރާއްޖެ ފުސްވެއްޖެ
ދިއްލީގެ ވައި ތަޣައްޔަރުވެ ނުރައްކާ ހާލަތަކަށް
އައްޑޫގެ ވައިގެ ސާފުކަން ބަލަން ސެންސަރެއް ހަރުކޮށްފި
ލަންކާގެ ވައި ނުސާފުވުން ކުޑަކުރުމަށް ބައިސްކަލް
ދުން ބޯވުމުން ނިއު ދިއްލީގެ ސްކޫލްތައް ބަންދުކޮށްފި
އިންޑިއާގެ ނުސާފު ވައި ބޭނުންކޮށްގެން މުށި ހަދަނީ