އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި އެވެ.
09 ފެބުރުއަރީ 2025
އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި އެވެ.
އާ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން އެޖެންޑާކޮށްފައިވާއިރު، މި މައްސަލަ ވަނީ މާދަމާގެ އެޖެންޑާގައި ހިމަނައިފަ އެވެ. އެޖެންޑާގައި ވަނީ ހަރަދު ކުޑަކުރުމަށް ކުރިއަށް އޮތް ދެ އަހަރު ދުވަހު އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވުމަށެވެ.
ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ރައީސް ވަނީ ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ތިން ބާރުގެ އިސް ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރުމަށް ނިންމަވައިފަ އެވެ.
މީގެ އިތުރުން ރައީސްގެ އަމިއްލަފުޅު މުސާރައިން 50 ޕަސެންޓް އުނިކުރުމަށް ވެސް އެމަނިކުފާނު ވަނީ ނިންމަވައިފަ އެވެ. ރައީސްގެ މިހާރުގެ މުސާރައަކީ 100،000ރ. އެވެ. މި އިސްލާހާ އެކު ރައީސް ދެން ނަންގަވާނީ 50،000ރ. ގެ މުސާރައެކެވެ.
ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ވެރިންގެ މުސާރައިގެ 10 ޕަސެންޓް އުނިކުރަން ރައީސް ނިންމަވައިފި https://t.co/c0bftwWnpi
— Mihaaru (@Mihaarunews) October 23, 2024
• ސިޔާސީ ހުރިހާ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން.
• ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން. އަދި ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ. ކަމަށް ކަނޑައެޅުން.
• މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރަން ހުށަހެޅުން
• ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރަން ހުށަހެޅުން
މާދަމާގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ދެން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި މިނިސްޓްރީތަކަށް ގެނައި ބަދަލުތަކަށް ރުހުން ހޯދުމާއި، ޓޫރިޒަމާއި އެންވައިރަމެންޓް އެއްކޮށްލުމާ ގުޅިގެން މިނިސްޓަރު ތޯރިގް އިބްރާހިމަށް ރުހުން ހޯދުމުގެ މައްސަލަ ހިމެނެ އެވެ.
އޭސީސީ އާއި އީސީގެ ނައިބު ރައީސް ކަނޑައެޅުމުގެ މައްސަލަ ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.
މީގެ އިތުރުން ސަރުކާރުގެ ފަރާތުން އަލަށް ހުށަހަޅާ އިދާރީ ދާއިރާތައް ލާމަރުކަޒީ ކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ވެސް ވަނީ މާދަމާގެ އެޖެންޑާގައި ހިމަނައިފަ އެވެ.
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ސަރުކާރުގެ އިގްތިސާދީ ރިފޯމް ބިލަށް ތާއީދު: އެމްޑީޕީ
މާލީ ހާލަތުގެ ހަގީގަތް ކިޔައިދޭން ނާޒިމްގެ އިލްތިމާސް
ދަރަނިތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފި: އަމީރު
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ބަޖެޓާ މެދު އެމްއެމްއޭގެ ބޮޑެތި ކަންބޮޑުވުންތަކެއް!
41 ބިލިއަން ރުފިޔާގެ ބަޖެޓް މާދަމާ ހުށަހަޅަނީ
ފައިސާ ހޯދަން ދަތި، މަޝްރޫތައް ވަނީ ލަސްކޮށްފައި
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް