ޓެކްސީގެ ހިދުމަތް ދޭ މީހުންގެ މަސައްކަތާއި ހައްގުތަކަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުން އަމަލުތައް ބަހައްޓާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
10 ފެބުރުއަރީ 2025
ޓެކްސީގެ ހިދުމަތް ދޭ މީހުންގެ މަސައްކަތާއި ހައްގުތަކަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުން އަމަލުތައް ބަހައްޓާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ އަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
އެ މައްސަލާގައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތަކުގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު 11 ގައި ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖަށް އިޖާ ބަދިނުމެއް ނެތި، ފުލުހުން ހުރަސް އަޅާފައިވާ ކަމަށެވެ.
"ހުޅުމާލޭ ހައިވޭއަށް އަރާ ހިސާބުގައި ސުލްހަވެރިކަމާ އެކު އިހުތިޖާޖުގައި ހަރަކާތްތެރިވަމުން ދިޔަ ޓެކްސީ ޑްރައިވަރުން ހައްޔަރުކޮށް، އިހުތިޖާޖުގައި ބައިވެރިވިވެފައިވާ ޓެކްސީތައް ޓޯކޮށްފައިވަނީ ސުލްހަވެރިކަމާ އެކު، އެއްވެ އުޅުމުގެ މިނިވަންކަމާއި މުދާ މިލްކުކުރުމާއި މަސައްކަތް ކުރުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް،" ކުއްލި މައްސަލާގައިވެ އެވެ.
މި އިހުތިޖާޖުގެ ސަބަބުން މީހެއްގެ ފުރާނަ އަށް އަދި މުދަލަކަށް ވެސް ގެއްލުން ވެފައި ނުވާއިރު، މިއީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި މީކާއިލް ފާހަގަކުރެއްވި އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ފަށައިފަ އެވެ.
ނަމަވެސް، ކުއްލި މައްސަލައަށް ބަހުސް ކުރެއްވި ޕީއެންސީ ގިނަ މެންބަރުން ވަނީ މިއީ ސިޔާސީ މަގްސަދެއްގައި ހުށަހަޅާފައިވާ ކުއްލި މައްސަލައެއްގެ ގޮތުގައި ވިދާޅުވެފަ އެވެ.
ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖު ރާވާފައިވަނީ އެމްޑީޕީން އަޑީގައި އޮވެ ކަމަށާއި އޭގެ ސަބަބުން މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރި އެތައް ސަތޭކަ ބަޔަކަށް އޭގެ އަސަރު ކުރި ކަމަށް ވެސް ޕީއެންސީގެ މެމްބަރުން ވިދާޅުވި އެވެ.
ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގެ ތެރެއިން ދުއްވާ އެއްޗިއްސަށް ހުޅުމާލެ އިން ހައިވޭ އަށް ނޭރޭ ގޮތަށް އަދި އާންމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް އަމަލު ކުރި ކަމަށް ބުނެ ތިން މީހަކު ހައްޔަރުކޮށް، 22 ކާރު ފުލުހުން ޓޯކުރި އެވެ.
ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރަން އުޅޭތީ އެކަމާ ދެކޮޅަށެވެ. ނަމަވެސް، ސަރުކާރުގެ ޓެކްސީ ލައިނާ ގުޅޭ އެއްވެސް މަސައްކަތެއް އަދި ނުފަށާ ކަމަށް ޓްރާންސްޕޯޓުން ފަހުން ވަނީ ބުނެފަ އެވެ.
އިހުސާންގެ މައްސަލަ ހޫނުވެ މީކާއިލް ތަޅުމުން ނެރެފި
އަބްދުއްރަހީމްގެ ރައްދު: "މި އިނީ މިނިވަންކަމާ އެކު"
ފަނޑިޔާރުންގެ އަދަދު މަދުކުރާތީ ހުށަހެޅި މައްސަލަ ބޭރު
މުޒާހަރާކުރި ޓެކްސީ ޑްރައިވަރުންނަށް ދައުވާކޮށްފި
އޮޅުވާލި ފޯމުތަކުގެ ހެކިންނަށް ފިޔަވަޅު އެޅިތޯ ބަލަނީ
ބަންދުކުރި ދެ ޑްރައިވަރުން ދޫކޮށްލައިފި
އިހުތިޖާޖަށް ނުދާ ޓެކްސީތައް ވެސް ޓޯކުރި: ޑްރައިވަރުން
މަގު ބްލޮކްކުރި އިތުރު ޓެކްސީޑްރައިވަރަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރުން ބަންދުކުރި މައްސަލަ ހައި ކޯޓަށް
ހައްޔަރުކުރި ޓެކްސީ ޑްރައިވަރުންގެ ވަނަވަރު އާންމުކޮށްފި