އަގު ހުރި އިނާމުތަކަކާ އެކު، ސިމްޑީގެ މި އަހަރުގެ ރޯދަ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
17 ފެބުރުއަރީ 2025
އަގު ހުރި އިނާމުތަކަކާ އެކު، ސިމްޑީގެ މި އަހަރުގެ ރޯދަ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
ސިމްޑީގެ ހުރިހާ ފިހާރަތަކާއި އެ ކުންފުނީގެ މޮބައިލް އެޕުން 500ރ. އިން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް އަންނަ މަހުގެ ނިޔަލަށް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. ރޯދަމަހުގެ ކޮންމެ ހަފުތާއަކު ކުރިއަށް ގެންދާ ލަކީޑްރޯއަކާއި މުޅި ޕްރޮމޯޝަނުގެ ގްރޭންޑް ލަކީޑްރޯއެއް ވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލައިފަ އެވެ.
މާފަންނުގައި ހުންނަ ސިމްޑީ ސީޕީޑީ ފިހާރައިގެ އެތެރެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ޕްރޮމޯޝަނުގެ ގްރޭންޑް ލަކީޑްރޯގެ އިނާމަކީ ކެނޮން ބްރޭންޑުގެ ޕަވަޝޮޓް ޖީ7 އެކްސް މާކް 3 ކެމެރާއެކެވެ. މިއީ މި ދުވަސްވަރު ދުނިޔޭގެ ކޮންޓެންޓް ކްރިއޭޓަރުންގެ މެދުގައި އެންމެ މަގުބޫލު އެއް ކެމެރާއެވެ. އަދި އެއީ 4ކޭ ކޮލިޓީގެ ވީޑިއޯ ނެގުމުގެ ގާބިލުކަން ހުންނަ ފަސޭހައިން ލައިވް ސްޓްރީމް ކުރުވޭނެ ފީޗާތައް ހިމެނޭ ކެމެރާއެކެވެ.
ޕްރޮމޯޝަންގެ ކޮންމެ ހަފުތާއަކަށް ވަކި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެ އިނާމުތަކަކީ:
- ޕާސަނަލް ކެއާ ހެމްޕާއެއް
މި ޕްރޮމޯޝަނުގެ ފުރަތަމަ ހަފުތާގެ އިނާމަކަށް ހުށަހަޅާފައިވާ ޕާސަނަލް ކެއާ ހެމްޕާގައި ހިމެނެނީ ޝެރަމީ ބްރޭންޑުގެ ބޭބީ އެސެންޝަލްސް އާއި ޕެންޓީން އަދި ހެންޑް އެންޑް ޝޯލްޑާސްގެ ހެއާކެއާ ޕްރޮޑަކްޓުތަކާއި ވެލްވެޓް ބޮޑީ އާއި ހޭންޑް ވޮޝް އާއި އޯލޭ ސްކިން ކެއާ އާއި ގޯލްޑް ކޮލޯން އާއި ޖިލެޓް ގްރޫމިން ޕްރޮޑަކްޓްސްގެ އިތުރުން އީކޯ ޕްލަސް ހައިޖީން ޕްރޮޑަކްޓާއި ޓައިޑް ބްރޭންޑުގެ އޯމޯ އަދި ސްޕްލޭޝް ވެޓް ވައިޕްސް ހިމެނޭ ޕެކެކެވެ.
- ގޯމޭ އެސެންޝަލްސް ހެމްޕާއެއް
މި ޕްރޮމޯޝަންގެ ދެ ވަނަ ހަފުތާ އަށް ހުށަހަޅާފައި ވަނީ ގޯމޭ އެސެންޝަލްސް ގިފްޓް ހެމްޕާއެކެވެ. އެ ހެމްޕާގައި ހިމެނެނީ ބީރެންބާގުގެ ކޮންޑިމެންޓްސް، ދިލްމާ ޓީ، ދުނާރު ބާސްމަތީ ރައިސް، ގަރޮފަލޯ ޕާސްތާ، ނޫރު ސަންފްލާވާ އޮއިލް އަދި ކެޑްބަރީ، މައިބިޒްކަޓް އާއި ޕާފެޓީގެ އެކި އުފެއްދުންތަކާއި ފަޔާ ބުލް ރާމަން އާއި އެކި ވައްތަރުގެ ނަޓު ޕެކެޓުތަކެވެ.
- އިލޮކްޓްރަލަކްސް ޓޭބަލް ޓޮޕް އަވަނެއް
މި ޕްރޮމޯޝަންގެ ތިން ވަނަ ހަފުތާ އަށް ހުށަހަޅާފައި ވަނީ އިލޮކްޓްރަލަކްސްގެ އަވަނެކެވެ. އެ އަވަނަކީ ބޭނުން ކުރަން ފަސޭހަ، އެއްވަރަކަށް ހޫނުމިން އަވަނަށް ފެތުރޭ، ބޭކިން އާއި ގްރިލިން އަދި ރޯސްޓިންއަށް ވެސް ބޭނުން ކުރެވޭނެ އަވަނެކެވެ.
- އިލޮކްޓްރަލަކްސް އިސްތިރިއަކާއި ވެޓް/ޑްރައި ވެކިއުމް ކްލީނާ
ޕްރޮމޯޝަނުގެ ހަތަރު ވަނަ ޕްރޮމޯޝަނަށް ހުށަހަޅާފައި ވަނީ އިލޮކްޓްރަލަކްސްގެ އިސްތިރިއަކާއި ދިޔާ ތަކެއްޗާއި ހިރަފުހާއި ކުނި ސާފުކުރުމަށް ބޭނުން ކުރެވޭނެ ވެކިއުމް ކްލީނާ އެކެވެ.
މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ދޭ އިނާމުތަކުގެ ގުރުއަތުލުން އެ ހަފުތާއެއްގައި ބާއްވާނެ އެވެ. ޕްރޮމޯޝަނުގެ ބޮޑު އިނާމުގެ ގުރުއަތު ނެގުން އޮންނާނީ މި އަހަރުގެ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހު އެވެ.
ސިމްޑީ އިން މި އަހަރަށް ވެސް ރޯދަ ހަދިޔާ ޕެކުތަކެއް ވަނީ ތައާރަފްކޮށްފަ އެވެ. ތިން ސައިޒެއްގެ ރޯދަ ހަދިޔާ ޕެކުތައް ތައާރަފްކޮށްފައި ވާއިރު 199ރ. ގެ ގިފްޓު ޕެކާއި 499ރ. ގެ ގިފްޓު ޕެކާއި 999ރ. ގިފްޓު ޕެކު ވެސް ހިމެނެ އެވެ. މި ގިފްޓު ޕެކުތަކަކީ ސިމްޑީ އިން ވިއްކާ ޕްރިމިއަމް ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް ހިމަނާ ތައްޔާރުކޮށްފައިވާ ޕެކުތަކެކެވެ. އެ ޕެކުތައް ހާއްސަ މެސެޖެއް ހިމަނައި، ސިމްޑީ އިން ޑެލިވަރީ ވެސް ކޮށްދެ އެވެ.
ސިމްޑީ އަކީ 200 އަށް ވުރެ ގިނަ ބްރޭންޑުގެ 15،000 އަށް ވުރެ ގިނަ ޕްރޮޑަކްޓު ވިއްކާ ކުންފުންޏެކެވެ. ސިމްޑީގެ ފިހާރަތައް މާލެ އަދި ހުޅުމާލޭގައި ވެސް ހުރެ އެވެ.
ސިމްޑީގެ ފުރަތަމަ ހަފްތާގެ އިނާމުތައް ދީފި
ރޯދަ ހަދިޔާއަކަށް ފޮނުވާނެ ހަދިޔާ ޕެކުތައް ސިމްޑީގައި
ހަތް އަހަރު ވުމުން ނަމާދު، ރޯދަހިފަން ބާރު އަޅަންޖެހޭ
މި ރީތިކަމާއި ފުރިހަމަ ކަމުގެ ތެރެއަށް ގެއްލިފައި
މަންމައަށް ކިޔަވައިދޭން ފެށި ގޮތަށް ގުރުއާނުގެ ތެރޭގައި
ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ
ދިގު ވާހަކަ: ޑައިރީއަށް ފަހު - 7
އެމްއެޗްއޭއިން ކޮންމެ ދުވަހަކު 1000ރ. ދެނީ
އެސްޓީއޯއިން ހޯލްސޭލުކޮށް ކާށި ވިއްކަނީ
ނޫރު- ވީހާ ވެސް ލަސްކޮށް ހާރުކެއުމުގެ މުހިންމުކަން