Roadha Mihaaru

ސިމްޑީގެ ރޯދަ ޕްރޮމޯޝަނުގެ ފުރަތަމަ ހަފުތާގެ އިނާމުތައް ދީފި

ސިމްޑީގެ ފިހާރަތަކުގައި މިހާރު ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަނުގެ ފުރަތަމަ ހަފުތާގެ ގުރުއަތު ނަގައި، ނަސީބުވެރިޔާ އަށް އިނާމު ދީފި އެވެ.

ސިމްޑީގެ ފުރަތަމަ ހަފްތާގެ އިނާމުތައް ދީފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

09 މާޗް 2025

ސިމްޑީގެ ފިހާރަތަކުގައި މިހާރު ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަނުގެ ފުރަތަމަ ހަފުތާގެ ގުރުއަތު ނަގައި، ނަސީބުވެރިޔާ އަށް އިނާމު ދީފި އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ސިމްޑީ އިން ފުރަތަމަ ހަފުތާ އަށް ހުށަހެޅީ އެ ކުންފުނިން އެތެރެކޮށް ވިއްކާ އެކި ބާވަތުގެ ކާބޯތަކެތި ހިމެނޭ ގިފްޓު ހެމްޕާއެކެވެ. އެ ގިފްޓު ހެމްޕާގައި ހިމެނެނީ، ބީރެންބާގް، ކެޑްބަރީ ސިލްކް ޗޮކޮލެޓް، ދިލްމާ ޓީ، ދުނާރު ބާސްމަތީ ރައިސް، ފަޔާބުލް ރާމަން، ގަރަފަލޯ ޕާސްތާ، ލިސްޓް ނަޓްސް، މައި ބިޒްކަޓް ޗޮކޮލެޓް، ނޫރު ސަންފްލާވާ ތެޔޮ، އޮޓޯ ނަޓްސްޓް، ޓާޓާ ސޯލްޓް އަދި މެންޓޮސް ރޯލްސް އެވެ.

އިނާމު ލިބުނު ނަސީބުވެރިޔާއާ އެކު ސިމްޑީ ޓީމުގެ ބައެއް މެމްބަރުން.

އިނާމު ލިބުނު ނަސީބުވެރިޔާއާ އެކު ސިމްޑީ ޓީމުގެ ބައެއް މެމްބަރުން.

ސިމްޑީއިން ރޯދަ މަހަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ވެސް ހާއްސަ އިނާމެއް ނަސީބުވެރި އެއް ކަސްޓަމަރަކަށް ދޭން ވަނީ ނިންމައިފަ އެވެ. އަންނަ ހަފުތާއަށް ހުށަހަޅާފައި ވަނީ ޕާސަނަލް ކެއާ ހެމްޕާއެކެވެ. އެއީ ޝެރަމީ ބްރޭންޑުގެ ބޭބީ އެސެންޝަލްސް އާއި ޕެންޓީން އަދި ހެންޑް އެންޑް ޝޯލްޑާސްގެ ހެއާކެއާ ޕްރޮޑަކްޓުތަކާއި ވެލްވެޓް ބޮޑީ އާއި ހޭންޑް ވޮޝް އާއި އޯލޭ ސްކިން ކެއާ އާއި ގޯލްޑް ކޮލޯން އާއި ޖިލެޓް ގްރޫމިން ޕްރޮޑަކްޓްސްގެ އިތުރުން އީކޯ ޕްލަސް ހައިޖީން ޕްރޮޑަކްޓާއި ޓައިޑް ބްރޭންޑުގެ އޯމޯ އަދި ސްޕްލޭޝް ވެޓް ވައިޕްސް ހިމެނޭ ޕެކެކެވެ.

މި ޕްރޮމޯޝަނުގެ ތިން ވަނަ ހަފުތާ އަށް ހުށަހަޅާފައި ވަނީ އިލޮކްޓްރަލަކްސް ޓޭބަލް ޓޮޕް އަވަނެކެވެ. އަދި ފަހު ހަފުތާގައި ހިމެނެނީ އިލޮކްޓްރަލަކްސް އިސްތިރިއަކާއި ވެޓް/ޑްރައި ވެކިއުމް ކްލީނާއެކެވެ. މި ޕްރޮމޯޝަނުގެ އެންމެ ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ ކެނޮން ބްރޭންޑުގެ ޕަވަޝޮޓް ޖީ7 އެކްސް މާކް 3 ކެމެރާއެކެވެ.

މިއީ މި ދުވަސްވަރު ދުނިޔޭގެ ކޮންޓެންޓް ކްރިއޭޓަރުންގެ މެދުގައި އެންމެ މަގުބޫލު އެއް ކެމެރާއެވެ. އަދި އެއީ 4ކޭ ކޮލިޓީގެ ވީޑިއޯ ނެގުމުގެ ގާބިލުކަން ހުންނަ ފަސޭހައިން ލައިވް ސްޓްރީމް ކުރުވޭނެ ފީޗާތައް ހިމެނޭ ކެމެރާއެކެވެ.

މި ޕްރޮމޯޝަންގައި ސިމްޑީގެ ހުރިހާ ފިހާރަތަކާއި އެ ކުންފުނީގެ މޮބައިލް އެޕުން 500ރ. އިން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.