Roadha Mihaaru

ރޯދަ ހަދިޔާއަކަށް ފޮނުވާނެ ހަދިޔާ ޕެކުތައް ސިމްޑީގައި

ކުރިއަށް އޮތް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުންނާއި އެ މަހަށް މަރުހަބާ ކިޔުމަށް އާއިލާ އާއި ރައްޓެހިންނަށް ފޮނުވާނެ ރޯދަ ހަދިޔާ ޕެކުތަކެއް ސިމްޑީ އިން މި އަހަރު ވެސް ތައާރަފުކޮށްފި އެވެ.

ރޯދަ ހަދިޔާއަކަށް ފޮނުވާނެ ހަދިޔާ ޕެކުތައް ސިމްޑީގައި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

18 ފެބުރުއަރީ 2025

ކުރިއަށް އޮތް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުންނާއި އެ މަހަށް މަރުހަބާ ކިޔުމަށް އާއިލާ އާއި ރައްޓެހިންނަށް ފޮނުވާނެ ރޯދަ ހަދިޔާ ޕެކުތަކެއް ސިމްޑީ އިން މި އަހަރު ވެސް ތައާރަފުކޮށްފި އެވެ.

ސިމްޑީން މި ފަހަރު ވަނީ ތިން ބާވަތެއްގެ ޕެކުތަކެއް ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި 199ރ. ގެ ޕެކަކާއި 499ރ. ގެ ޕެކަކާއި 999ރ. ގެ ޕެކެއް ހިމެނެ އެވެ. ރޯދަ ހަދިޔާގެ ގޮތުގައި ސިމްޑީން ނެރެފައިވާ ގިފްޓު ޕެކުތަކުގެ ތެރޭގައި ހިމެނެނީ އެ ކުންފުނިން ވިއްކާ ޖޫސް ހަދަން ބޭނުންކުރާ މޯނިން ބްރޭންޑުގެ ސިރަޕާއި އިލީ ކޮފީ އާއި ދުނާރު ރައިސް ފަދަ ޕްރޮޑަކްޓުތަކެކެވެ.

ސިމްޑީ އިން ބުނިގޮތުގައި "ރޯދަ ހަދިޔާ" ޕެކުތައް ކަސްޓަމަރު ބޭނުން މީހަކަށް ޑެލިވަރީ ކޮށްދޭނެ އެވެ. ސިމްޑީ އެޕް މެދުވެރިކޮށް އޯޑަރު ކުރާއިރު، ފޮނުވަން ބޭނުންވާ މީހާގެ އެޑްރެސް ޖެހުމުން، އެ މީހަކަށް "ރޯދަ ހަދިޔާ" ޕެކު ޑެލިވަރީ ކޮށްދޭނެ އެވެ. މި ޕެކުތައް ފޮނުވާ އިރު، ޕެކު ދޭން ބޭނުންވާ މީހާ އަށް ހާއްސަ މެސެޖެއް ދޭން ބޭނުން ނަމަ އެ މެސެޖެއް ވެސް ހިމެނޭނެ އެވެ.

ސިމްޑީ އިން ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ތައާރަފްކުރި ރޯދަ ޕެކުތަކުގެ އިތުރުން އަގުހުރި އިނާމުތަކެއް ހުށަހަޅާފައިވާ ރޯދަ ޕްރޮމޯޝަން ވެސް ވަނީ ފަށައިފަ އެވެ. އެ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ ކެނޮން ބްރޭންޑުގެ ޕަވަޝޮޓް ޖީ7 އެކްސް މާކް 3 ކެމެރާއެކެވެ. ކޮންމެ ހަފުތާއަކަށް ހާއްސަ ގިފްޓު ހެމްޕާތަކެއް ހިމެނޭ ހަދިޔާތަކެއް މި ޕްރޮމޯޝަންގައި ހިމެނެ އެވެ.

ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ސިމްޑީގެ ފިހާރަތަކުން ނުވަތަ މޮބައިލް އެޕް މެދުވެރިކޮށް 500ރ. އިން މަތީގެ ވިޔަފާރި ކޮށްގެންނެވެ.

ސިމްޑީ އަކީ 200 އަށް ވުރެ ގިނަ ބްރޭންޑުގެ 15،000 އަށް ވުރެ ގިނަ ޕްރޮޑަކްޓު ވިއްކާ ކުންފުންޏެކެވެ. ސިމްޑީގެ ފިހާރަތައް މާލެ އަދި ހުޅުމާލޭގައި ވެސް ހުރެ އެވެ.