ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވާން އެއް ގަޑިިއިރު ދިނުމަށް އާންމު ކޮމިޓީން ފާސްކޮށްފި އެވެ.
17 ފެބުރުއަރީ 2025
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވާން އެއް ގަޑިިއިރު ދިނުމަށް އާންމު ކޮމިޓީން ފާސްކޮށްފި އެވެ.
އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ގާނޫނު އަސާސީއާ ހިލާފަށް ކުރައްވާފައިވާ ކަމަށެވެ. އޭގެ މައިގަނޑު ކަމަކަށް ފާހަގަކޮށްފައި އޮތީ ޑީއެންއާރު ޑޭޓާތައް ބޭނުންކޮށްގެން ޕީއެންސީ އަށް މީހުން ވެއްދުމުގެ ތުހުމަތެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ޖުމްލަ ވަގުތަކީ ދެ ގަޑިއިރެވެ.
ކޮމިޓީން މިއަދު ނިންމީ އޭގެ ތެރެއިން އެއް ގަޑިއިރު އިހުސާން ޖަވާބުދާރީވުމަށް އަދި ބާކީ ގަޑިއިރު މެންބަރުންގެ ސުވާލާއި ބަހުސަށް ޖާގަ ދިނުމަށެވެ.
މެންބަރުންގެ ސުވާލަށް ލިބޭ ވަގުތު ކުޑަވުމުން ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، ޕީއެންސީ މެންބަރުން ވަނީ އިހުސާނަށް ގިނަ ތުހުމަތުތަކެއް ކުރެވޭތީ ޖަވާބުދާރީވާން ގިނަ ވަގުތުތަކެއް ދޭން ޖެހޭ ކަން ފާހަގަކުރައްވައިފަ އެވެ.
- ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް، އެ ނިޒާމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުން. މި އެއްބަސްވުމުގެ ދަށުން އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހުން.
- ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއެޅުން.
- އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށް ނަގައި، އެ މީހުންގެ ރުހުމަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދުން.
- އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަައިވާ ސައްހަ ނޫން ފޯމުތަކުގައި ހުރި މައުލޫމާތަކީ ޑީއެންއާރު ޑޭޓާބޭސް އަށް އެކްސެސް އޮތް މީހަކަށް ނޫނީ ނުލިބޭނެ މައުލޫމާތަކަށް ވާއިރު، ޑީއެންއާރުގެ ޑޭޓާބޭސްގެ ހުރިހާ ކަމެއް ބަލަހައްޓަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާންގެ ބެއްލެވުމުގެ ދަށުންކަން.
އިހްސާން މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ނަމަވެސް، އިތުބާރު ނެތްކަމުގެ ވޯޓަކުން ވަޒީރަކު މަގާމުން ވަކިކުރަން ބޭނުންވާ މިންވަރަށް އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި ނެތެވެ. އަދި މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ކޮންޓްރޯލް ކުރަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ.
އިހުސާންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!
އޮފީހުގައި ސިޔާސީ މަސައްކަތެއް ދެން ނުކުރާނެ: އިހުސާން
ނުފޫޒު އޮތްނަމަ ކުރީގެ ވެރިން ތިބޭނީ ޖަލުގައި:އިހުސާން
އިހުސާންގެ މައްސަލަ ހޫނުވެ މީކާއިލް ތަޅުމުން ނެރެފި
"ބެސްޓިނެޓް މައްސަލާގައި އިހުމާލުވީ ކުރީ ސަރުކާރުން"
ފަޒްނާގެ ފޮޓޯގައި ގެންގުޅެނީ އެމްޑީޕީ ވޯޓާސް ލިސްޓު!
އިހުސާނަށްވުރެ ގާބިލް ހޯމް މިނިސްޓަރެއް ރާއްޖެ ނުދެކޭ
އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ
މިނިސްޓަރު އިހުސާން ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި
އޮޅުވާލި ފޯމުތަކުގެ ހެކިންނަށް ފިޔަވަޅު އެޅިތޯ ބަލަނީ