Roadha Mihaaru

ބެސްޓިނެޓް މައްސަލާގައި އިހުމާލުވީ ކުރީ ސަރުކާރުން، އޭސީސީއަށް ހުށަހަޅާނަން: އިހުސާން

ރާއްޖޭގެ އެކްސްޕެޓް ސިސްޓަމް ހަދަން އެއްބަސްވެފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ އެކު ހެދި އެއްބަސްވުމާ މެދު ގޮތެއް ނުނިންމައި އެކަމުގައި އިހުމާލުވި ކުރީ ސަރުކާރުގެ ވެރިންގެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

"ބެސްޓިނެޓް މައްސަލާގައި އިހުމާލުވީ ކުރީ ސަރުކާރުން"
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

25 ފެބުރުއަރީ 2025

ރާއްޖޭގެ އެކްސްޕެޓް ސިސްޓަމް ހަދަން އެއްބަސްވެފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ އެކު ހެދި އެއްބަސްވުމާ މެދު ގޮތެއް ނުނިންމައި އެކަމުގައި އިހުމާލުވި ކުރީ ސަރުކާރުގެ ވެރިންގެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އިހުސާންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށް، އޭނާ މަގާމުން ވަކިކުރަން އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވުމަށް މިނިސްޓަރު މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށްފަ އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލާގައި ހިމެނޭ އެއް ތުހުމަތަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް އެ ނިޒާމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހޭ ގޮތަށް އެއްބަސްވުން ހެދީ ފައިދާއެއް ވާން އޮތް ކަމަކުން އިތުރު ގެއްލުމެއް ލިބޭ ގޮތަށް ކަމަށް މައްސަލާގައިވެ އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލާގައި މިނިސްޓަރު އަލީ އިހުސާން ޖަވާބުދާރީވެވަޑައިގަންނަވަނީ: އޭނާ ވަނީ އެކްސްޕެޓް ސިސްޓަމް ހެދުމަށް ހަވާލުވި ކުންފުންޏާ އެކު ސަރުކާރުން ބަދަލުކޮށްފައިވާ ހުރިހާ ލިޔެކިޔުމެއް ދައްކާލާފައި. -- ފޮޓޯ: މަޖިލިސް

އިތުބާރު ނެތް ކަމުގެ މައްސަލާގައި މިނިސްޓަރު އަލީ އިހުސާން ޖަވާބުދާރީވެވަޑައިގަންނަވަނީ: އޭނާ ވަނީ އެކްސްޕެޓް ސިސްޓަމް ހެދުމަށް ހަވާލުވި ކުންފުންޏާ އެކު ސަރުކާރުން ބަދަލުކޮށްފައިވާ ހުރިހާ ލިޔެކިޔުމެއް ދައްކާލާފައި. -- ފޮޓޯ: މަޖިލިސް

މިކަމަށް ޖަވާބުދާރީވަމުން އިހުސާން ވިދާޅުވީ، ރާއްޖެއަށް ގެންނަ ބިދޭސީ މަސައްކަތްތެރިންގެ ޕްރޮސެސް ފުރިހަމަ ކުރަން ބެސްޓިނެޓް އާއެކު އެއްބަސްވުމެއްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ.

އޭރު އެއްބަސްވެފައި އޮތީ 15 އަހަރުގެ މުއްދަތަށް ކަމަށާއި 2019 ވަނަ އަހަރު ރާއްޖެއަށް ބަންގްލަދޭޝްއިން މަސައްކަތްތެރިން އެތެރެކުރުން ހުއްޓުވަން ނިންމުމާއެކު 15 އަހަރުގެ މުއްދަތަށް ހެދި އެއްބަސްވުމަށް އަމަލުކުރުން ހުއްޓުނީ ކަމުގައި އިހުސާން ވިދާޅުވި އެވެ.

އެގްރީމެންޓުތަކާއި ސިޓީތައް މަޖިލީހުގައި ދައްކާލައްވަމުން އިހުސާން ވިދާޅުވީ އެ ކުންފުނިން މިދިޔަ ސަރުކާރަށް އެއްވެސް ޑިމާންޑެއް ވެސް ކޮށްފައި ނުވާ ކަމަށް ބުނި ނަމަވެސް މިދިޔަ ސަރުކާރުގައި ވަކީލުން މެދުވެރިކޮށް އެއްބަސްވުމަށް ހަދާނެ ގޮތަކާ މެދު ލިޔެކިޔުން ބަދަލުކޮށްފައިވާ ކަމަށެވެ.

ކުރީ ސަރުކާރުން ބަދަލުކޮށްފައިވާ ލިޔެކިޔުންތައް:

- 26 ސެޕްޓެމްބަރު 2019 : އެގްރީމެންޓާ ގުޅިގެން 13.7 މިލިއަންގެ އިންވެސްޓްމެންޓެއް ކޮށްފައިވާތީ ތަފްސީލް ހާމަކޮށް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އިމިގްރޭޝަނަށް އެ ކުންފުނިން ސިޓީ ފޮނުވި؛ އިހުސާން ވިދާޅުވި ގޮތުގައި އެ ސިޓީއަށް ސަރުކާރުން ޖަވާބު ދީފައި ނުވޭ.

- 11 ޑިސެންބަރު 2019 :މި ކަމުގެ ސަބަބުން ގާނޫނީ މައްސަލަތައް ނިކުތުމުގެ ފުރުސަތު އޮތް ކަމަށާއި ދިވެހި ދައުލަތަށް މާލީ ބުރައެއް އުފުލަން ޖެހިދާނެ ކަމަށް ބުނެ އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު އޭރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ ލަފައެއް ހޯދުމަށް އެދިފައިވޭ ؛ އިހުސާން ވިދާޅުވި ގޮތުގައި އެ ކަމަށް އޭޖީއިން ލަފައެއް ދީފައިނުވޭ.

- 23 ޑިސެންބަރު 2019 : އޭޖީގެ ލަފާ ނުލިބުމުން، އެކްސްޕެޓް ސިސްޓަމް ބަލަހައްޓަމުން ގެންދިޔަ އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ސިޓީ ފޮނުވައިވޭ

- 29 ޑިސެންބަރު 2019 : މަޝްވަރާކޮށް ޕޮލިސީ ލެވެލް ޑިސިޝަނެއް ނެގުމަށް އޭޖީ އޮފީހުން ލަފާ ދީފައިވޭ

- 10 އޮގަސްޓު 2020 : ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުނީގެ ލޯ ފާމަކުން ސިޓީ ފޮނުވާފައިވޭ

- 8 އޮކްޓޯބަރު 2020 : އޭޖީ އޮފީހުން އިމިގްރޭޝަނަށް ލަފާ ދީފައިވޭ؛ އިހުސާން ވިދާޅުވި ގޮތުގައި އެ ސިޓީގައި އޭޖީ އޮފީހުން ވަނީ އެ ސިސްޓަމް ބޭނުން ކުރުމާމެދު ތިން ވުޒާރާއަކާއެކު އެއްބަސްވުމަށް އައިސްފައިވާ ކަމަށް އިހުސާން ވިދާޅުވި.

- 01 ނޮވެންބަރު 2020 - ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، އިމިގްރޭޝަނުން ސިޓީ ފޮނުވާފައިވޭ ލަފައަކަށް އެދި؛ އިހުސާން ވިދާޅުވި ގޮތުގައި ކުރީ ސަރުކާރު ނިމުނުއިރު ވެސް އެ ސިޓީއަށް އެއްވެސް ޖަވާބެއް ދީފައިނުވޭ

- 21 މާޗް 2022 - ބެސްޓިނެޓް ކުންފުނިން 13.7 މިލިއަން ރުފިޔާގެ ބަދަލެއް އަނެއްކާ ވެސް ޑިމާންޑުކުރުމުން އޭޖީއަށް އަދި އިކޮނޮމިކް މިނިސްޓަރަށް އަލުން އެދުނު،

- 06 ޖުލައި 2022 - ސަރުކާރުން ޖަވާބު ނުދޭތީ ހަތް ދުވަހުގެ ޓާމިނޭޝަން ސިޓީއެއް ފޮނުވި

- 25 އޮގަސްޓު 2022 - އެގްރީމެންޓު ބާތިލް ވެފައިވާތީ ޖަވާބެއް ނެތް ކަމަށް އޭޖީ އޮފީހުން ބުނި.

- 09 އޮކްޓޯބަރު 2022 - އެއްބަސްވުން އުވުނު ކަމަށް އޭޖީން ބުނެފައިވޭ.

- 24 މާޗް 2023 - އެއްބަސްވުން ބާތިލް ވުމާ ގުޅިގެން ކުންފުނިން ވަނީ 13.7 މިލިއަން ޑޮލަރު ދޭން އެންގި.

އިހުސާން ވިދާޅުވި ގޮތުގައި އޭގެ ފަހުން އޭޖީ އޮފީހުން އަންގާފައިވަނީ އޭރު އޮތް ސެޓްލްމެންޓް ކޮމިޓީއަށް ލައިގެން، އެއްބަސްވުމަކަށް ދިއުމަށް ނަމަވެސް، އެއަށް ވެސް އަމަލު ކޮށްފައި ނުވަނީސް ވެރިކަން ނިމިގެން ދިޔައީ ކަމަށެވެ.

އިތުބާރު ނެތް ކަމުގެ މައްސަލާގައި މިނިސްޓަރު އަލީ އިހުސާން ޖަވާބުދާރީވެވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލިސް

އިތުބާރު ނެތް ކަމުގެ މައްސަލާގައި މިނިސްޓަރު އަލީ އިހުސާން ޖަވާބުދާރީވެވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި މި ސިސްޓަމް ގެނައުމުން ވޯކް ޕާމިޓްގެ ގޮތުގައި ދިވެހި ދައުލަތަށް 1.3 މިލިއަން ރުފިޔާ ވަދެގެން ދާނެ އެވެ. މިއީ ކުރިން އަމަލު ކުރަމުން ދިޔަ ސިސްޓަމަށް ވުރެ ގިނައިން ކަން ފާހަގަކޮށް ކުރީގެ ސިސްޓަމުން ހޯދަން ޖެހޭ ފައިސާ ވެސް ނުހޯދި އޮތް ކަމަށް އިހުސާން ވިދާޅުވި އެވެ.

"ބަރާބަރު އާ ސިސްޓަމަކަށް ގޮސްގެން 700 މިލިއަނުން، 1.3 ބިލިއަން ރުފިޔާއަށް އާމްދަނީ އަހަރަކު އަރުވާލެވޭތީ އަޅުގަނޑުމެން މި ސިސްޓަމާ ދިމާލަށް ދާން ޖެހުނީ. މި ބޭފުޅުން ވިދާޅުވީ ދައުލަތަށް 400 ރުފިޔާ ގެއްލުންވެޔޭ. އަޅުގަނޑު މި ބުނަނީ ދައުލަތަށް 500 އެތައް މިލިއަން ރުފިޔާ އިތުރަށް ފައިދާ ވާ ވާހަކަ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ، މި މައްސަލާގައި ދައުލަތަށް ކަމެއް ވާން އޮއްވައި ގެއްލުން ކުރުވައިފި ކަމަށް އިދިކޮޅުން ތުހުމަތުކުރި ނަމަވެސް، އެކަން އެގޮތަށް ކޮށްފައި އޮތީ ކުރީ ސަރުކާރުން ކަމަށެވެ.

ނިމިދިޔަ ފަސް އަހަރު ތެރޭގައި މި މައްސަލައަށް ހައްލެއް ނުހޯދައި ދައުލަތަށް އެތައް މިލިއަނަކުން ފައިދާވާން އޮތް މައްސަލައެއްގައި ގެއްލުން ދީފައިވާތީ، ކުރީ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އޭސީސީއަށް ހުށަހަޅާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.