Roadha Mihaaru

އިމާރާތުގެ މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ދަނީ ކުރިއަށް: ބޭފެންސީ

ބޭފެންސީން މިހާރު މަސައްކަތް ކުރަމުން އަންނަ ރެޒިޑެންޝަލް ޕްރޮޖެކްޓުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ބޭފެންސީގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދޭ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

23 ފެބުރުއަރީ 2025

ބޭފެންސީން މިހާރު މަސައްކަތް ކުރަމުން އަންނަ ރެޒިޑެންޝަލް ޕްރޮޖެކްޓުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިދިޔަ ޑިސެމްބަރު މަހު، އިމާރަތް އެޅުމަށް ބޭނުންވާ ޕައިލިން ފައުންޑޭޝަނުގެ މަސައްކަތް ނިމުމަށް ފަހު، ކުރިއަށް ހުރި މަސައްކަތްތައް ހަލުވި ސްޕީޑުގައި ކުރިއަށް ދާ ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ޕައިލިން ފައުންޑޭޝަން ކެފުމުގެ މަސައްކަތާއި، ކޮންކްރީޓު އެޅުމުގެ މަސައްކަތްތައް އަދި ބޭސްމަންޓު ސްލެބުތައް ވޯޓާޕްރޫޕް ކުރުމުގެ މަސައްކަތްތަކާއި ބޭސްމަންޓުގެ ގިނަ މަސައްކަތްތަކެއް ނިންމާފައިވާ ކަމަށެވެ.

ބޭފެންސީ ރެޒިޑެންސް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ.

ބޭފެންސީ ރެޒިޑެންސް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ.

ބޭފެންސީން ބުނީ އެ ކުންފުނިން އެޅުމަށް ހަމަޖެހިފައިވާ ރެޒިޑެންޝަލް އިމާރާތުގެ ގާތްގަނޑަކަށް 14ބުރިއާ ހަމައަށް ބޭނުންވާ ސްޓީލް ބާތަކާއި، ކޮންކްރީޓް އަދި ފޯމްވޯކަށް ބޭނުންވާ ބިލިންޑިން މެޓީރިއަލްތައް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރިއަށް ދަނީ ބޭސްމަންޓު ފައުންޑޭޝަންގެ ރީއެންފޯސްމަންޓު މަސައްކަތްތަތައް ކަމަށެވެ. ބޭފެންސީން ބުނީ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ނަމަ، މާޗު މަހުގެ 20 ވަނަ ދުވަހު ބޭސްމަންޓް ސްލެބް އެޅުމުގެ މަސައްކަތް ނިންމައި އިމާރާތް އެޅުމަށް ގްރައުންޑް ލެވަލްގައި ކުރަން ހުރި މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ. އަދި މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް ސާފޭސް ކޮންސްޓްރަކްޝަނުގެ މަސައްކަތް އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ފެށޭނެ ކަމަށް ބުންޏެވެ.

ބޭފެންސީން ބުނި ގޮތުގައި މަސައްކަތްތައް ކުރިއަށް ދަނީ އެންމެ ފުރަތަމަ ކަނޑައެޅި ތާރީހުތަކަށް ވުރެ އަވަހަށެވެ. މިކަމުގެ ސަބަބުން އިމާރާތް ނިމުމާއި ގާތްވުމުން، އިމާރާތް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ކަންތައްތަކަށް ވަގުތު ދެވޭނެ ކަމަށް ބުންޏެވެ. އަދި އެ ކުންފުނީގެ އެންމެ އިސް އަމާޒަކީ ކޮލެޓީ ކަށަވަރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުން ކަމަށް ވެސް ބުންޏެވެ.

ބޭފެންސީ އަކީ ސިންގަޕޫރުގެ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖޭގައި މަސައްކަތް ކުރަނީ ރާއްޖޭގައި ރީ-ރަޖިސްޓަރީކޮށްގެންނެވެ. މި ކުންފުނިން ލަގްޒަރީ ރެޒިޑެންސް ކޮމްޕްލެކްސްއެއް އަޅަނީ ހުޅުމާލޭގަ އެވެ.